އައްޑޫސިޓީގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓްގައި ޒުވާނަކު ނިޔާވެއްޖެއެވެ.
މައުލޫމާތު އެނގޭ މީހަކު "ވަގުތު" އަށް ވިދާޅުވީ، މީގެ ކުޑައިރުކޮޅެއް ކުރިން ހިނގި މި އެކްސިޑެންޓްގައި ޒުވާނާ ނިޔާވެފައިވަނީ ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އެސަރަހައްދުގައި ހުރި ފާރެއްގައި ޖެހިގެން ކަމަށެވެ. މި ހާދިސާ ހިނގިއިރު ސައިކަލުގައި އިނީ އެ ޒުވާނާ އެކަންޏެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ހިތަދޫއަށް ނިސްބަތްވާ ޒުވާން ފިރިހެނެކެވެ.
ޒުވާނާ ނިޔާވެފައިވާއިރު، މި އެކްސިޑެންޓްގައި އެ ޒުވާނާއަށް ލިބިފައިވާ ޒަހަމްތަކުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުވާނާ ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ވަނީ ނިޔާވެފައެވެ.
މި ހާދިސާއާއި ގުޅިގެން އަދި ހޮސްޕިޓަލުގެ ބަހެއް ލިބިފައެއް ނުވެއެވެ.
އެކްސިޑެންޓާއި ގުޅޭ ގޮތުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ފާރެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށް 00:30 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެކްސިޑެންޓް ވިއިރު ސައިކަލް ދުއްވަން އިން 24 އަހަރުގެ ޒުވާނާ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުން ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ.
އަޅަމެން އެންމެންނަށް ރައްކާތެރިކަން ދެއްވާށި ، އާމީން
މިހާރު ކޮވިޑުގައި މަރުވާވަރައްވުރެ އިތުރުވެއްޖެ. ކޮއްމެ ދުވަހަކު މީހަކު އެކްސިޑެންޓުވެ ނުވަތަ ގޮތްނޭގޭ ގޮތަކައް މަރުއެބަވޭ.