އިދިކޮޅު ފަރާތްތަކުން އިންޑިއާއާ ދެކޮޅަށް އަޑު އުފުލަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރުކުރުން ހުއްޓުވަން ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ތުހުމަތު ކުރައްވައިފިއެވެ.

ބޮންޑޭގެ ތުހުމަތުތައް މިގޮތަށް އައީ މިއަދުގެ މަޖިލީހުގެ ގްލޯބަލް ކައުންސިލް ފޯ ޓޮލަރެންސް އެންޑް ޕީސް (ޖީސީޓީޕީ) ގެ ގޮތްޕެއް ކަމަށްވާ، އިންޓަނޭޝަނަލް ޕާލަމަންޓް ފޯ ޓޮލަރެންސް އެންޑް ޕީސް (އައިޕީޓީޕީ) އާ މަޖިލިހާ ދެމެދު ގާއިމު ކުރާ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އާ ގުޅޭ މައްސަލައިގެ ބަހުސްގައެވެ.

ބޮންޑޭ ވިދާޅުވީ އަނިޔާވެރިކަމާއި ހަރުކަށިކަން އިސްކުރަން ބައެއް މީހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އިންޑިއާގެ ސިފައިން ރާއްޖެއިން ބާލުވަން ގޮވާލައި ކުރަމުންދާ މުޒާހަރާތަކަށް އިޝާރާތް ކުރައްވާ ބޮންޑޭ ވިދާޅުވީ، އިންޑިއާކީ ރާއްޖޭގެ އެންމެ ގާތް އަވަށްޓެރިއާއަށް ވާއިރު އެގައުމާ ދެކޮޅަށް ޓުވީޓުކޮށް މަލާމާތްކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އިރުއިރުކޮޅާ ބޭސް ފަރުވާއަށް އިންޑިއާއަށް ދާއިރު އެ ގައުމާ ދެކޮޅަށް މަލާމާތްކޮށް ޓްވީޓް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވި ގޮތުގައި "24 ގަޑިއިރު ހުއްޓުމެއް ނެތި" އިންޑިއާއަށް ފާޑު ކިޔަނީ ޑްރަގުގެ ވިޔަފާރީއަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރަން އުޅޭތީއެވެ.

"ބަަޔަކު މީހުން އަޑީގައި ތިބެގެން މަސައްކަތްކުރަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް"

މި ފަހުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަނެވުނު 200 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗަކީ އިންޑިއާގެ އިންޓެލްއިން ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ތަކެއްޗެވެ.

އުތުރުތިލަފަޅުގައި އިންޑިއާގެ އެހީގައި އަޅަމުންދާ ޑޮކްޔާޑްއާ ގުޅުވައި އިދިކޮޅުން ދައްކަމުންދާ ވާހަކަތައް ރައްދު ދެއްވަމުން ބޮންޑޭ ވިދާޅުވީ އިދިކޮޅުން މަސައްކަތްކުރަނީ ކޯސްޓްގާޑްގެ އުޅަނދުތައް މަރާމާތުކުރުމަކީ އެއީ ކޮށްގެން ނުވާނެ ކަމެއްކަން ރައްޔިތުންނަށް ވިސްނައި ދިނުމަށް ކަމަށެވެ.

"ރައްޔިތުންނަށް ސްލިޕްވޭ އަކީ ގޯސް އެއްޗެއްކަން. ރާއްޖޭގައި އޮޑިއެހެލާ، ކޯސްޓްގާޑް މަރާމާތުކޮށްގެން ނުވާނެކަން ދައްކަން އިދިކޮޅުން މަސައްކަތްކުރަނީ" ބޮންޑެ ވިދާޅުވިއެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ މައްސަލަ މާ ބޮޑަށް ގޯސްވެގެން މިއުޅެނީ އެ އެއްބަސްވުން ހާމަނުކުރާތީއެވެ. އެއީ ބާތިލް އެއްބަސްވުމެއް ކަމަށް ބުނެ އެއްބަސްވުން އުވާލަން އިދިކޮޅުން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޏަޖަނ

    ޑްރަގް ގެ ދޮރެއްވެސް ނޫން ބަންދުވަނީކީ. ތިޔަބައިމީހުންނަށް ޕަސަަންޓު ނާންނަ ދޮރުތަަށް ބަންދުވެފަ ދެންހުރި ދޮރުތައް ފުޅާވަނީ

    36
    1
  2. އަޙްމަދު

    އިންޑިޔާ މިލިޓަރީ އައުޓް ހަޖަމްނުވަނީ ތިބުނި މައްސަލައިން ތިމާމެންނަށް ލެބޭނެ ގެއްލުން ބޮޑުވަނީ. މިބުނީ އިންޑިޔަ މިލިޓަރި ތިބުމުގެ ސަބަބުން ފައިދާ ވާކަމަށް ދެކޭމީހުންގެ ވާހަކަ!

    31
    1
  3. އ މ ރ ބ

    އެހެންވީމާ ތަޔަށް ހުރިހާއެއްޗެއް އިނގޭއިރު، ކީއްވެބާ އެކަންކަން ހުއްޓަން މަސައްކަތް ނުކޮށް އަށްއުރާލާގެން ތިހުރީ، ތަގެ އޮންނަނީ ބޮޑު އަނގަޔެއް، މީހުނަށް މަލާމާތްކުރުން ނޫން ކަމެއް ނުކުރޭ މަޖިލިސްގާ

    27
  4. މުފައްކިރު.

    އޮޅުވާލަން މަސައްކަތް ކުރިޔަސް އިންޑިއާގެ ޙީލަތްތެރި މަކަރުވެރި ވިސްނުމާއި އެވިސްނުން ގަބޫލުކުރި ގޮތް ރައްޔަތުންނަށް އެގޭ. އެހެންވިމާ އިންޑިއާ އައުޓް ނޫން ގޮތެއް ނެތް.

    36
    1
  5. ދިވެހިން

    ބަލަ އިންޑިޔާ އަށް ދަނީ ހިލޭ ތަ ކަލޭމެން ސައުދީއަށް ވެސް އެވަރަށް ބެވި އެކަމު ހައްަޖަށް ވެސް ދޭ އެކަން ކުރަނީ ފައިސާ ދީގެން ޗައިނާ އަށް ބަވަނީ އެކަމު ޗައިނާ ފޯނު އަތުގައި ގޭގެ ފާޚާނާގައި ތަށި މުށީ ޗައިނާ އެތަކެތި ގަނެގެން މަނިކުފާނުވެސް ބޭނުން ކުރަނީ އިންޑިޔާއށް ބޭސް ފަރުވާ އަށް ދިޔަސް ކާބޯ ތަކެތި ގެނެޔަސް ހިލަ ވެލި ވެސް ގެންނަނީ ގަނެގެން އެއީ ހުއްޓޭނެ ކަމެއް ނޫން ކަމެއް ވާއިރަށް ފިޔާ އަލުވި ބިސް ހިލަ ވެލީގެ ވާހަކަ ދައްކަނީ ދުނިޔޭގައި އެމީހުން އެކަނިތަ އެތަކެތި އުފައްދަނީ ޖައިސަންކަރު މީގެ ކުރިން ފޮރިން ސެކްރެޓަރީ އަކަށް ހުރި އިރު 2016 ގައި ވެސް މިބިރު ދެއްކި އޭރު ސަރުކާރުން ބުނީ ކަލޭމެން އެކަނިހޭ ދުނިޔޭގައި އެތަކެތި އުފައްދަނީ އެހެން ބުނެ ގޮންޖަހާފައި ގެނައި ހިލަ ވެލި އަދިވެސް ހުޅުމާލޭގައި އެބަހުރި އަދި މާ އަގުހެޔޮ
    ޖައިސަންކަރަށް ސަލާން

  6. ގލޅ

    ލަދުހަޔާތް ކުޑަމީހުންނާކަންކަން ހަވާލް ކުރުމަކީ ހިތާމަހުރި
    ދެރަ ކަމެކެވެ.

    20
  7. ޤާދިރު

    މިއިން ޒަމާނެއްގައި ރާއްޖެ އެތެރެ ނުކުރާވަރަށް ޑްރަގު ވަނީ ރާއްޖެއަށް ވަނީ އެތެރެކޮށްފައި ކޮބާތަ ތިބުނާ ރާޑަރުތައް، ކަންޑު ބަލަހައްޓަމުން އަންނަ އިންޑިއާ ސިފައިން ލަދެއް ނުގަނޭ ދޯ

    17
  8. މާސްޓަރ

    މިކަމުގައި އަސްލެއްވާކަމަށް ފެންނަން ހުރި ހެކިތަކުން ދޭހަވޭ!

    5
    2
  9. ޏުކުލި ހުއްތު

    ލަދު ހަޔާތްކޮބާ ކަލޭގެ؟ މަގުތަކާ، މިސްކިތްތަކާ، ފަޅުގެތަކާ، ތަންތަން ބަލާލީމަ ނިކަން ރީއްޗަށް ފެންނާނެ ކަލޭމެންނަށް ޑްރަގް ކޮންޓްރޯލް ކުރެވިއްޖެކަން

  10. ބެއްޔާ

    ބޮންޑޭ ޑްރަގްގެ ދޮރުތައް ބަންދު ކުރީމާތޯ ކުރިއަށްވުގެ ގިނައިން މިސަރުކާރު އައިފަހުން ޑްރަގް އެތެރެކުރަނީ. ބޮންޑޭ ލަދެއްވެސް ނުގަނޭދޯ ދޮރުބަންދުކުރާ ވާހަކަ ދައްކާކަށް.

  11. ހަސަން

    މިކަލޭގެއަކީ އިލްމީ ގޮތުން އެއްވެސް އެއްޗެއް ދަންނަ މީހެއްނޫން. ދައްކާނީ މުޅިން ވެސް އުރައްޕެއް ނެތް ފިތުނަ އުފެދޭ ވާހަކަ. މަގުމަތިން މީހުން ހޮވާފައި މަޖިލިހަށް ފޮނުވީމާ ވާނީ މިހެން

  12. މާމީ

    ލޮލުގަ މައްސަލަހުރެގެން ހެން ހީވަނީ

    10
  13. އާދަންބެ

    ޑްރަގް އެތެރެކުރަނީ ޔާމިނޭ އޭނަ ގޮޅިޔަށްލީމަ މިކަން ނިމުނީއޭ ބުނެގެން މުޅި ދައުލަތުގެ ބާރުތަށް ދީފިން. މިހާރު ތިބުނަނީ ޑްރަގް ބަންދުވާނީ އިންޑިއާއަށް މި ގައުމު ދީގެނޭ.

  14. އިންޑިޔާ އައުޓް

    މީނަ ކަންބޮޑުވެގެންމިއުޅެނީ މީނަކުރާ ޑްރަޤް ވިޔަފާރި ބަންދުވެދާނެތީ!

    16
  15. ކޯޗިން

    ބަލ ކޮޗިން ފެރީއަނަނަން ފެށިފަހުން މިހާތިޠަގިވެގެން މިއުޅެނީ ތިޔަކިޔާޑުރަގް ޑުރަގަކީ ރާވައިގެން ހިންގަ ޖަރީމާއެއް ނޭންގެ ކަމައް ހެދިގެން އުޅުނަކަސް ފަޓާހެއް އެތެރެއެއް ނުވޭ ނޮވެމްބަރ 3 ގެ ފަހަކުން ލޮލައވެސް ނުފެނޭ ދެންކޮންމޮޅުވާހަކައެއް އަހަރުމެން ސަލާމް ޖަހަން ޖެހުނަސް ބޭނުމެއްނުވޭ ބޭރުބަޔެއްގެ އަޅުވެތިކަމަކައްދާކަށެއް މިހާރުވެސް މިތިބީ ސަރުކާރުގެ އަޅުވެތިކަމުގަދަށުގައި މުޅިއުމުރައް ރައްޔިތުން ސަރުކާރުތަކުންބޭނުންގޮތެއް ހަދަމުންތިޔަގެންދަނީ

  16. އިންޑިއާ އައުޓް

    މިބޮޑް މިތެޅެނީ ކީއްވެކަން ރައްޔިތުންނޭ އެނގޭތޯ މިރާއްޖެއަށް އެންމެ ގިނަ ޑްރަޤް އެތެރެކުރަނީ އެމްޑީޕީމީހުން އެމީހުން ކައިގެން ބޮއިގެން އެއުޅެނީ ޑްރަޤް ވިޔަފާރިކޮށްގެން އެހެންވެ މިފައިގަޑުމިތެޅިބާލަނީ އިންޑިޔާއިން އެހެންވެ މިއުޅޭ ބޮންޑަމެންގެ ޑްރަޤް ވިޔާރިހުއްޓިދާނެތީ އެތެޅެނީ އެމްޑީޕީ ބޮޑުންނަކީ ޑްރަޤް ވިޔަފާރިކޮށްގެން މުއްސަދިވެފަތިބި ބައިގަޑެއް!

  17. ޙަސަނާ

    އާން އެހެންތާ ވާނީ މިފަހުންވެސް އަތުލި ބޮޑެތި ސިޕުމެންޓުތައް އަތުލާ ހައްޔަރުގަ ތިބީ މޑޕ ގެ މޑޕ އައް މަރުދީގެން ރައްރަށުގަ އުޅޭ މީހުން ކެރޭނަމަ ހައްޔަރުކުރާމީހުންގެ އައިޑީ ކާޑު ނަމްބަރު ހާމަކޮއްލަދީބަލަ އީންޑިއާ އަކާ ޖެހިގަނެގެންބަޔަކުނޫޅޭ ރައްޔިތުން އެދި ގޮވަނީ އިންޑިއާ ސިފައިންގެ ބޭސްތައްމިތާ ނުބަހައްޓާށޭ މޮޔަނުގޮވާބަލަ ބޮންދާ

  18. ސަހަރޯ

    އިންޑިޔާ އައުޓު ގޮވަނީ ތިކަހަލަ މުނާފިގުން ދެނެގަން ނައް ބޭނުން ވާތީ އަދި އަޅުވެތިކަން ބޭނުންނުވާތީ !!

    12
  19. ދިވެހިން

    ޢިންޑިޔާ އައުޓް އެމްޑީޕީގެ އަޑި ނުބައިކަން ވަރައް ބޮޑު

    13
  20. Anonymous

    ބޮންޑޭ އަކީ އިންޑިޔާގެ ޕަޕެޓެއް. މިގައުމައް ޑްރަގްސް އެތެރެ ކުރަނީވެސް ލާދީނީ އެމްޑީޕީ އިން. އެ ބޮނީވެސް ކަލޭމެންގެ ޕާޓީ ކުދިން ގިނައިން

  21. ޝަމާއީލް

    ބޮންޑޭ ކޮއްކޯ ތީ ދޮގު ތި އިންޑިޔާ މީހުން މި ގައުމުގަ އެކިއެކި ލޮކޭޝަންތަކުގަ ބައިތިއްބައިގެން އެމީހުންނަށް ބައި އެޅޭގޮތަށް ސަރުކާރުން މިހާރު އަޑީ ތިބެގެން ހަކުރު (މަސްތުވާތަކެތި)ވިއްކާ ހަދަނި މިގައުމުގެ ޒުވާނުން ހަލާކު ކޮއްލަން. މި ގައުމުގެ ރައްޔިތުންނަށް ދެ ވަނަ ދަރަޖަދީ އިންޑިޔާ މީހުންނަށް ފުރަތަމަ ދަރަޖަ ދިނީ އަދުގެ ސަރުކާރުން ނޫންތޯ؟ ކީއްވެތަ އޮޅުވާލަނި ތި . މީހާރު ރާއްޖޭގަ ތިހުރި ބޮލުރޮދި ކެނޑިފަހުރި ވެރިމީހާ ހެދި ގޮދު ބަލާލަބަ އިންޑިޔާ ސިފައިން ހަނިމައިދޫގަ ނުތިބޭނޭ ކިޔައިފަ. އިންޑިޔާ މީހުންގެ ނުހުރުއްޕާނާ ހުރެ ރާއްޖޭސިފައިނަށް ތިބެން މިހާރު ދަތި ހަނިމައިދޫގަ. ދިވެހި ލޮބްވެތި ދަރިންނޭ އަޅުގަނޑުމެންގެ ދަރިން އަންނަން އޮތް ޖީލުތަކަށް މިގައުމު ހިމޭންކަމާއެކު މިނިވަންގައުމެއް ގޮތުގަ ހަވާލު ކުރަން ބޭނުމިއްޔާ އަވަހަށް ނިކުމެ އިންޑިޔާ ސިފައިން ފައްސާލަންވީ ...

  22. ހަސަން

    އިންޑިއާ އައުޓް.

  23. ސޯލިޙް

    ބޮންޑޭ ކޮއްކޯ ތީ ދޮގު ތި އިންޑިޔާ މީހުން މި ގައުމުގަ އެކިއެކި ލޮކޭޝަންތަކުގަ ބައިތިއްބައިގެން އެމީހުންނަށް ބައި އެޅޭގޮތަށް ސަރުކާރުން މިހާރު އަޑީ ތިބެގެން ހަކުރު (މަސްތުވާތަކެތި)ވިއްކާ ހަދަނި މިގައުމުގެ ޒުވާނުން ހަލާކު ކޮއްލަން. މި ގައުމުގެ ރައްޔިތުންނަށް ދެ ވަނަ ދަރަޖަދީ އިންޑިޔާ މީހުންނަށް ފުރަތަމަ ދަރަޖަ ދިނީ އަދުގެ ސަރުކާރުން ނޫންތޯ؟ ކީއްވެތަ އޮޅުވާލަނި ތި . މީހާރު ރާއްޖޭގަ ތިހުރި ބޮލުރޮދި ކެނޑިފަހުރި ވެރިމީހާ ހެދި ގޮދު ބަލާލަބަ އިންޑިޔާ ސިފައިން ހަނިމައިދޫގަ ނުތިބޭނޭ ކިޔައިފަ. އިންޑިޔާ މީހުންގެ ނުހުރުއްޕާނާ ހުރެ ރާއްޖޭސިފައިނަށް ތިބެން މިހާރު ދަތި ހަނިމައިދޫގަ. ދިވެހި ލޮބްވެތި ދަރިންނޭ އަޅުގަނޑުމެންގެ ދަރިން އަންނަން އޮތް ޖީލުތަކަށް މިގައުމު ހިމޭންކަމާއެކު މިނިވަންގައުމެއް ގޮތުގަ ހަވާލު ކުރަން ބޭނުމިއްޔާ އަވަހަށް ނިކުމެ އިންޑިޔާ ސިފައިން ފައްސާލަންވީ ...

  24. އަލިފް ހ

    އެހެންވެކަންނޭނގެ ވެލާ ބިސްއަޅާހެން މިހާރު އެހާ ގިނައިން ޑްރަގްސް އެ ފެންނަނީ މިހާރު ދޯ؟!