މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވެސް އެމްޑީޕީން ވަކިވާ ހިސާބަށް ކަންތައް ދިއުމާއި ގުޅިގެން، ޕީޕީއެމްއާ ގުޅުމަށް ދައުވަތު ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލަށް ކުރި ބަހުސްގެ ތެރެއިން ބޮންޑޭ އާއި އަފީފްގެ ނުރުހުން އެ ބިލަށް އަމާޒުވެ، ޕާޓީން ވަކި ކުރިޔަސް ފަރުވާލެއް ނެތް ކަމަށް ވިދާޅުވިއެވެ.

އެހެންވެ އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ އަފީފް އާއި ބޮންޑެއަށް ޕީޕީއެމަށް ދައުވަތު އަރުވައިފައެެވެ.

"އަވަހަށް ވަޑައިގަންނަވާ، މި ދެ މެންބަރުންނަކީވެސް ވަރަށް ތަޖުރިބާކާރު ދެ ބޭފުޅުން، މިވެރިކަން ބަދަލު ކުރުމަށް އެސެޓަކަށް ވާނެ". އާދަމް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ފުލުހުންގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ފުލުހަށް ވައްދާ މީހުން ބެކްގްރައުންޑް ޗެކް ހެދުމުގައި ލުއިތަކެއް ދިނުމަށް ހިމަނާފާއި ވުމުން އެމްޑީޕީގެ، ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަަށް ނިސްބަތްވާ މި ދެ ބޭފުޅުންވެސް ނުހުރެވެ. އަދި މިއީ އެމްޑީޕީގެ އަސާސްތަކާ ތައާރަޒުވާކަމެއް ކަން ދެ ބޭފުޅުންގެ ވެސް ފާހަގަ ކުރެއްވިއެވެ.

ބޮންޑޭ އާއި އަފީފް އެމްޑީޕީން ވަކިވާ ހިސާބަށް ހުޅުފަޅައިގެން ގޮސްފި

އެ ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ބޮންޑޭ ވިދާޅުވީ އެ ބިލުގައި އެމްޑީޕީގެ ސްޓޭންޑެއް ނެތް ކަމަށެވެ.

ބޮންޑޭ ވިދާޅުވީ, އެމްޑީޕީގެ ލޯޯގޯގައި އިންސާފު ފެންނަން އޮތް ނަމަވެސް މިހާރު ފެންނަނީ ތަފާތު މަންޒަރެއް ކަމަށެވެ. އަދި އިންސާފާއި ހަމަހަމަކަމާއި ނަޒާހަތްތެރިކަން ފެންނަން ނެތް ކަމަށެވެ.

އެހެންވެ ޕާޓީން ވަކިވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

"އެ ސްޓޭންޑަޑަށް އަނބުރާ ރުޖޫއަވީމަ ޕާޓީއަށް ވަންނަ ގޮތަށް އަޅުގަނޑު ބޭނުން ހަމަ ރައީސްއަާ ސީރިއަސްކޮށް މަޝްވަރާކުރަން. ދެން އަޅުގަނޑު ހުންނާނީ ދުރުގައި. ފިކުރެއްގެ ދިރުން އެއީ ކޮންމެހެނެއް ސޮއިކުރަން ޖެހޭ އެއްޗެއް ނޫން،" ބޮންޑޭ ވިދާޅުވިއެވެ.

އަދި ފުލުހުންގެ ބިލުގެ އިސްލާހަށް ވޯޓު ނުދެއްވާނެ ކަމަށް އަފީފް ވަނީީ ވިދާޅުވެފަވެ. އަދި ވިޕާ ހިލާފަށް ވޯޓު ނުދީގެން ފިޔަވަޅު އެޅިޔަސް ފަރުވާލެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރިހަމަ ކޮންމެ ފިޔަވަޅެއް އެޅިޔަސް. އަޅުގަނޑަށް ރަނގަޅީ ތި ޕާލިމެންޓްރީ ގްރޫޕުން އަޅުގަނޑު ވަކިކޮށްދެއްވިއްޔާ،" އަފީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސިމާ

    ފިކުރެއްގެ ހަލާކުން ޕީޕީއެމް ވެސްވާނީ ހަލާކު.

    13
    1
  2. ކޮބާތޭ

    އަައްޑޫ އަކީ އެއީ ޓޫރިޒަމް މަންޒިލެއް ނޫނޭ އައްޑޫ މީހުން މޮޔަވެގެންނޭ ތިޔާ އުޅެނީ އައްޑޫ އަކީ އެއީ އިންޑަސްޓްރިއަލް މަސައްކަތް ތައް ކުރަން ރަނގަޅު މަންޒިލެއް ކަން މިހެން ހުރުމުން އައްޑޫ ފަޅު ހިއްކާ ބިން ހިއްކާ އައްޑޫން 1 ހެކްޓަރުގެ ބިން ދޭންވީ އައްޑޫ ގައި ވިޔަފާރި ކުރަން ބޭނުންވާ އެންމެނަށް އަދި ވެސް އައްޑޫން ވާނީ މީހުން މަދޭ މާލޭގައި ސަލާމް ޖަހަން ފައިސާ ނަގާ މެޝިން ގާތުވެސް ބުޅާ އޮންނަ ގޮތަށް އެތިބެނީ އެއީ ވެސް އައްޑޫ މީހުންނޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ ލަދުހަޔާތް ކޮބާތޭ

    6
    3
  3. ނާދިރާތަ

    ގުއިގަނޑަކަށް ސެންޓް ޖަހައިގެން ގައިގަ ހޭކިޔަސް ވާނީ ގުޔަށް. މުޅި މީހާ ނަޖިސްވާނެ.

    18
  4. ޜަނާ

    ފުލުހުންގެ ތެރެއަށް ވައްދަންވީ ލުއިދީގެން ގޭންގް ތަކުގެ މީހުންބާ އަނެއްކާ !

    17
    1
  5. ބުޅި

    އަވަހަށް ވަކިވިއްޔާ ރަގަޅީ. ތި ފިކުރެއް މިރާއްޖެއަކަށް ބޭނުމެއްނުވޭ. ތިއީ ހަލާކުގު ފިކުރު ފާނާކުރުމުގެ ފިކުރު.

    8
    1
  6. ޚޮކި

    އެއީ ފަކުރެއްގެ ދިރުމުގެ ބާނީ އަޑީގަ އިނދެ ޓިކެޓް ނުލިބުނީމަ ކުރާކަމެއް. ދެން ނަޝީދަކަށް ވެރިކަމެއް ނުލިބޭނެ!