މާލެއަތޮޅު ކައުންސިލް އިދާރާގެ 10ވަނަ ، ޤުރުއާން މުބާރާތުން އެއްވަނަ ސުކޫލަކަށް ހުރާ ސުކޫލު ހޮވިއްޖެއެވެ.

މި މަހު 15 އިން 16އަށް އޮތް އޮންލައިންކޮށް ކުރިއަށް ދިޔަ މި މުބާރާތުގެ ނަތީޖާފާޅު ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބަލައިގެން ކިޔެވުމުގެ ބަޔާއި ހިތުން ކިޔެވުމުގެ ބައިން ފަސް އުމުރުފުރައެއް ހިމެނޭ ގޮތަށެވެ.

މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮތްޕާއި، ބަލައިގެން ކިޔުމުގެ ގޮފި އެއްކޮށް ކިޔެވުމުން މުޅި މުުބާރާތުން އެއްވަނައަށް ހުރާ ސްކޫލް ގޮސްފައިވަނީ ޖުމުލަ 6،342 މާރކްސް ލިބިގެންނެވެ. މި މުބާރާތުން ދެވަނައަށް ގުރައިދޫ ސްކޫލް ގޮސްފައިވާއިރު، ތިންވަނައަށް ގޮސްފައިވަނީ މާފުށި ސްކޫލެވެ.

މުޅި މުބާރާތުން ދެބައި އެއްކޮށްގެން ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ބަލާއިރު، މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ހުރާ ސްކޫލްގެ ދަރިވަރު، އައިޝަތް ޒަހާ ބިންތް އަލީއެވެ. ދެވަނަ އަދި ތިންވަނަވެސް ހުރާ ސްކޫލުން ކާމިޔާބު ކޮށްފައިވާއިރު، ދެވަނައަށް ހޮވިފައިވަނީ އަޒްކާ ބިންތް މުހައްމަދު ސިދުގީއެވެ. މުބާރާތުން ތިންވަނަ ދެދަރިވަރަކަށް ލިބިފައިވެއެވެ. އެއީ މުޙައްމަދު އިޔާން އަޙްމަދު އަދި މުޙައްމަދު މައިސާން އިޙްސާންއެވެ.

މުބާރާތުން ވަނަތައް ހާސިލްކޮށްފައިވާ ދަރިވަރުން:

ބަލައިގެން ކިޔެވުމުގެ ބައި

6 އަހަރުން ދަށް: 1ވަނަ އާރާ މުޙައްމަދު ޢައްޒާމް (ގުރައިދޫ ސުކޫލު)

2ވަނަ: ޢާއިޝަތު ޔަނާ ޔާމީން (ގުރައިދޫ ސުކޫލު)

3ވަނަ: ޚަލަފް މުޙައްމަދު ޟަމީރު (ގުރައިދޫ ސުކޫލު)

9 އަހަރުން ދަށް:1ވަނަ ފާތިމަތު ލުޔޫނާ މުޙައްމަދު (ކ.އަތޮޅު ތައުލީމީ މަރުކަޒު،ތުލުސްދޫ)

1ވަނަ: ސުމައްޔާ ބިންތި ޙުޝާމް ޢަބްދުއްސައްތާރު (ގުރައިދޫ ސުކޫލް)

2ވަނަ: ޢާއިޝަތު ރިވާ ބިންތު އަޙުމަދު ވިޝަލް (ކ.އަތޮޅު ތައުލީމީ މަރުކަޒު،ތުލުސްދޫ)

3ވަނަ: މަރިޔަމް މިއްލީ މުޝްޢަބު (ކ.އަތޮޅު ތައުލީމީ މަރުކަޒު،ތުލުސްދޫ)

3ވަނަ: މަރިޔަމް ޔޫލީ ޝަރީފް (ހުރާ ސުކޫލް)

12 އަހަރުން ދަށް:

1ވަނަ: ޢާއިޝަތު ޒަހާ ބިންތު އަލީ (ހުރާ ސުކޫލް)

2ވަނަ: ޢާއިޝަތު ލީސާ ޢިރްފާން (ގާފަރު ސުކޫލް)

2ވަނަ: ޢާއިޝަތު ސަނަން ޝާފިޢު (ހުރާ ސުކޫލް)

3ވަނަ: ޢާއިޝަތު ނަބާ ނިހާލް (ގުރައިދޫ ސުކޫލް)

3ވަނަ: ފާތިން ޢަބްދުﷲ ނަޖީބު (ގުރައިދޫ ސުކޫލް)

15 އަހަރުން ދަށް:

1ވަނަ: މުޙައްމަދު އިޔާން އަޙްމަދު (ހުރާ ސުކޫލް)

1ވަނަ: މުޙައްމަދު މައިސާން އިހްސާން (ހުރާ ސުކޫލް)

2ވަނަ: ޢާއިޝަތު އިޝްފާޢު އިސްޙާޤު (ހުރާ ސުކޫލް)

3ވަނަ: ޢާއިޝަތު ޔޫހާ ޟިޔާޢު (ހުރާ ސުކޫލް)

18 އަހަރުން ދަށް:

1ވަނަ: މާނީ ރަޝީދު (ގާފަރު ސުކޫލް)

2ވަނަ: ޝިއާ އަޙްމަދު ޝިހާމް (ގުރައިދޫ ސުކޫލް)

3ވަނަ: އިމްދާ ޙަސަން (ގުޅީ ސުކޫލް)

ހިތުން ކިޔެވުމުގެ ބައި:

6 އަހަރުން ދަށް:

1ވަނަ: މުޙައްމަދު ސިދާން މުސްތަފާ (ގުރައިދޫ ސުކޫލު)

2ވަނަ: އާމިނަތު އިމްޝާ ފަހުމީ (ދިއްފުށީ ސުކޫލު)

3ވަނަ: އާދަމް މަލޫފް އަޙުމަދު (ހުރާ ސުކޫލު)

9 އަހަރުން ދަށް:

1ވަނަ: ޢައިން ބިންތި ޢަބްދުލްމަޖީދު (ގުރައިދޫ ސުކޫލް)

2ވަނަ: ބަރަކާ ބިންތި އަޙްމަދު ފަލާޙް (ގުރައިދޫ ސުކޫލް)

3ވަނަ: އަޙުމަދު އަންޖަލް ބިން އާނިސް (ދިއްފުށީ ސުކޫލް)

12 އަހަރުން ދަށް:

1ވަނަ: އަޒްކާ ބިންތު މުޙައްމަދު ޞިދުޤީ (ހުރާ ސުކޫލް)

2ވަނަ: އަޒީން ބިން ޢަބްދުލްޢަޒީޒް (މާފުށީ ސުކޫލް)

3ވަނަ: ޢައްމާރު ބިން ހުޝާމް ޢަބްދުއްސައްތާރު (ގުރައިދޫ ސުކޫލް)

މުޅި މުބާރާތުން / ބަލައިގެން ކިޔެވުން:

1ވަނަ: ޢާއިޝަތު ޒަހާ ބިންތު ޢަލީ (ހުރާ ސުކޫލް)

2ވަނަ: މުޙައްމަދު އިޔާން އަޙްމަދު (ހުރާ ސުކޫލް)

2ވަނަ: މުޙައްމަދު މައިސާން އިޙްސާން (ހުރާ ސުކޫލް)

3ވަނަ: މާނީ ރަޝީދު (ގާފަރު ސުކޫލް)

މުޅި މުބާރާތުން / ހިތުން ކިޔެވުން:

1ވަނަ: އަޒްކާ ބިންތު މުޙައްމަދު ޞިދުޤީ (ހުރާ ސުކޫލް)

2ވަނަ: ޢައިން ބިންތި ޢަބްދުލްމަޖީދު (ގުރައިދޫ ސުކޫލް)

3ވަނަ: ޢަޒީން ބިން ޢަބްދުލްޢަޒީޒް (މާފުށީ ސުކޫލް)