ޓްރާންސްޕޯޓް މިނިސްޓްރީން ދެމުން އަންނަ ހިދުމަތްތައް ދިނުމުގައި މިހާރު ލަސްތަކެއް ކުރިމަތިނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީއާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން މިނިސްޓްރީގެ އިސްބޭފުޅުން ވަނީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ހުރިހާ މެންބަރުންގެ ވެސް ޝަކުވާއަކަށްވީ ޓްރާންސްޕޯޓުގެ ހިދުމަތް ލަސްވެގެން ރައްޔިތުންގެ ފަރާތުން ލިބެމުންދާ ޝަކުވާއެެވެ. އެއަށް ހައްލެއް ނުލިބޭތީވެސް މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އެ ސުވާލު ކުރިމަތި ކުރުމުން ނަހުލާ ވިދާޅުވީ ހިދުމަތްތަކާ ގުޅިގެން މަޖިލީހުން އަަބަދު ޝަކުވާ ކުރައްވަމުން ގެންދަވާއިރު އެއްވެސް އިރަކު މައްސަލަތަކުގެ ތަފްސީލެއް ނުދެއްވާ ކަމަށެވެ.

"ވަކި ކަމެއް ވިދާޅުވެއްޖެނަމަ ފަސޭހަވާނެ" ނަަހުލާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓުގެ އޮންލައިން ޕޯޓަލްއަށް މިހާތަނަށް 91،006 ފަރާތަކުން ހިދުމަތަށް އެދިފައިވާ ކަމަށާއި، އޭގެ ތެރެއިން 96 އިންސައްތަ ހިދުމަތް މިހާރު ފޯރުކޮށް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއަށް ފަހު ނަހުލާ ވިދާޅުވީ ކުރިއާއަޅައި ބަލާއިރު އެ މިނިސްޓްރީގެ ހިދުމަތްތައް ވަރަށް ބޮޑު ތަނުުން ރަނގަޅު ކުރެވިފައިވާ ކަމަށެވެ.

"ހަތަރު ޕަސެންޓްގެ ހިދުމަތް ނުނިމި އޮތީ. އަޅުގަނޑު ގަބޫލުކުރާ ގޮތުން ޓްރާންސްޕޯޓްގެ ހިދުމަތް ލަހެއް ނޫން މިހާރު" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ އޭގެ ފަހުގައި ކުރެއްވީ މުވައްޒަފުން މަދުކަމުގެ ޝަކުވާއެވެ. އޭނާ ވިދާޅުވީ މި ވަގުތު ހިދުމަތް ދޭން ތިބީ 21 މުވައްޒަފުން ކަމަށެވެ. އެހާ މަދު މުވައްޒަފަކު ތިބިއިރުވެސް ރަނގަޅަށް މަސައްކަތް ކުރަނީ މަދު މުވައްޒަފެއް ކަމަށް ވިދާޅުވިއެވެ.

"ދުވާލެއްގެ މައްޗަށް ހުށަހަޅަ 100 އެޕްލިކޭޝަން. އެއެއް މުވައްޒަފަކު 50 އެޕްލިކޭޝަންއަށް އެއްފަހަރު ހިދުމަތްދޭ. އަނެއް މުވައްޒަފު ހިދުމަތް ދެނީ ހަތަރު އެޕްލިކޭޝަން" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވި ގޮތުގައި މުވައްޒަފުން ހޯދަން ދަތިތައް ހުރިއިރު ސިވިލް ސާވީސްގެ ގާނޫނީ އޮނިގަނޑު އޮންނަ ގޮތުން އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ މުވައްޒަފުންވެސް ވަކިކުރުންވެސް އެއީ ކުރެވޭ ކަމެއް ނޫން ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. އަލީ

    ކަލޭމެނައް ލަހެއްނުވާނެ އެއްކަމެއްވެސް. އަހަރުމެނައް ދުނިޔެމަތީ ކަން ކަން ފެންނަލޭ ލަހީކަންނޭންގެ އެހެން ވީއިރު!!!

    21
  2. ދެރަ

    ނޫން ވވވ.ލަސް. އުޅަނދެއް ނުވަތަ ވެހިކަލެއްގެ ރެޖިސްޓްރީ ބަދަލުކުރުން ، މިއުޑުދަށުގައިވާ އެންމެ އުނދަގޫކަންކަން. ކަމިޝަންނުލިބޭނަމަ ޒަމާންދިޔައީ. ރަގަނޅުކޮށްލަދެއްވާ...!

    21
  3. ހުސޭން

    ކަމަނާގެ ތިމާގެ މީހުންގެ ޖީބުތަށް ފުރޭތީ ކަމަނާއަށް ލަހެށްނުވާނެ ކަމެއްނިންމަށްވެއްޖެނަމަ މިޖެހެނީ ކަމަނާގެ ތިމާގެ މީހާއަށް 5ހާސް 6 ރުފިޔާ ގެ ސަޔެށްދޭން ނޫނީ އެކަމެއްނިމެއް ނަގާ 7 މަސް 8 މަސް މިބުނީ ވެހިކަލެށްގެ ރަޖިސްޓުރީ ކޮންލުންކަމަށްވިޔަސް

    19
  4. ހުސޭން

    ލަސް ކަމަނާ ތިކިއުންވަނީ ކިހާވަރެއްވީމަތޯ ވެހިލެށް ރަޖިސްޓުރީކުރުން ނުވަތަ ބަދަލް ކުރުން މިއިންކަމެއް ކަމަނާގެ އާއިލާގެ މީހަކަށް ސައެއްނުދީ 5 މަސްދުވަހުގެ ކުރިން ނިންމާދީފައި އޮތް އެއްމެ ކަމެއް ކަމަނާހާމަ ކޮށްދީބަލަ !

    12
  5. ޙަސަނާ

    ދެން މަގުމަތިން ހޮވައިގެން ކުލަދޮން ބޮންދުންކޮޅެއް ތިތަނައްވައްދަބަލަ ..

    12
  6. ޝިއުނީ

    ޓުރާންސްޕޯޓުގެ ޚިދުމަތްތައް އަވަސްތޯ ލަސްތޯ ބުނާނީ އެތަނުގެ މިނިސްޓަރެއްނޫން.. އެވާހަކަ ބުނަން ޖެހޭނީ އިންޑިޕެންޑެންޓު ބަޔެއް.

    17
  7. ފަޒްނީ

    މި ރާއްޖޭގައި މެނޭޖްމަންޓު ދާއިރާއިން ތަޖުރިބާ ހޯދައި މަތީތައުލީމު ހާސިލްކޮއް ކަމުގެ ދާއިރާއިން މާސްޓާރސް ހަދައިގެން ތިބޭ މީހުން އެކަހެރިކޮއްފަ ވަޒީރުކަމައް މިލަނީ ބަނޑިޔާ ޖެހުމާއި މޭކަޕް ކުރަން އުޅެފަ ކަމުގެ އެއްވެސް ޚަބަރެެއް ނޭނގޭ މީހުން. ދެން ކިހިނެތް ރަނގަޅުވާނީ. މ
    ދެން މިކަހަލަ މީހުން ލާ ސަރުކާރުތަކައް ވޯޓުލާ ރައްޔިތުން ނުޖެހޭ އިނގޭތޯ ކަންކަން ލަސްވެގެން ޝަކުވާކުރާކައް. ވޯޓުލީދުވަހު އެއޮތީ އެޝަކުވާތައް ކުރުނުގެ ހައްގު އަމިއްލައަށް ދޫކޮއްލާފަ. ދެންވާހަކަ ނުދައްކާތިބޭ ރައްޔިތުންތައް.

    16
  8. ނަޒްލާ މުސްތަފާ

    ނުވެސް ދަންނާނެ! 😂😂😂

  9. ފަސީ

    ޢެންމެންވެސް ޝަކުވާ ކުރަނީ ހަމަ ލަސްވީމަ. އަނެއްކާ އެވަރަށް ދޮގުހަދާ އެތާ ތިބޭމީހުން. އުޅަނދެއް ރަޖިސްޓްރީ ކުރަންވިޔަސް ލައިސަންސެއް ހައްދަންވިޔަސް އެތައް ދުވަހެއްނަގާ. ދެން ލަހެއް ނޫނޭ އެބުނަނީ ކޯޗެއް ބަލައިގެންބާ. ސިޓީ ކައުންސިލް، ޓްރާންސްޕޯޓް މީ މަސައްކަތް ލަސްކަމުގެ އެންމެ މަތީ ސަނަދު ދޭންވެފަވާ ދެއޮފީސް.

    8
    1
  10. ވަގުތުން ވަގުތަށް

    ޖާސިމަަށްތޯއެވެ ؟

  11. ލަސް

    ލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސްލަސް ލަސް ލަސް !!!!!

  12. ާަަައަހުމަދު

    މިހާރުވެސް މިއުޅެނީ ރަޖިސްޓުރީ ތައް ވަރައްލަސް

  13. މުހަންމަދު

    މީގެ 1400 އަހަރު ކުރިން ޖާހިލުން ކަންކަމަށް އިސްވާނެ ކަން އިސްލާމްދީން މީސްތަކުންނަށް ބުނެދީފަވޭ، ނަސީބެއްނު ދުނިތެ ހިގާލެއް ލަހީއޭ ނުބުނިކަން.....

  14. ޖާން

    ނަހޫ އަށް ލަހެއްނުވާނެ އެއްވެސް ކަމެއް.

  15. ގުނބޯ ބެ

    ޢާނ ލަހެއް ނޫންތާ ޑްރައިވިން ލައިސެންސް މުއްދަތު ހަމަވެގެން އާކޮށްލަން 6 މަސް، ސާބަހޭ ކުރިއަށް

  16. ޖާބެ

    6 އައެއްކަ ޖަނަރޭޝަން ބަދަލުވާއިރުވެސް ފިނިހަކަ ސްޕީޑްގަ އެމީހެއްގެ ސިކުޑީގެ ސްޕީޑްގަތާ ދަތުރުކުރާނީ ، ފިނިހަކަ ދުވެލީގަ މިސަރުކާރު އޮތީ

  17. ޚަދީޖާ

    މި ބުރާންތި އަބަދު އުޅެނީ ކޮންމެވެސް ބަޔަކު ވަޒީފާއިން ވަކި ނުކުރެވިގެން.

  18. މަރީ

    އެއްގިތަކަށް ވެސް ލަހެއް ނޫން. ލަސް އެއީ ކޯއްޗެއް ކަންވެސް ނޭނގޭނެ ޓްރާންސްޕޯޓް މިނިސްޓްރީއަކަށް

  19. ސަނީމާ

    މި މީހާ ހަވާލުވި ފަހުން ޙިދުމަތްތައްވީ ލަސް، ކޮރަޕްސަންވީ ތިންގުނަ.. މީނަ މަގާމުން ދުރު ކުރަންފެނޭ

  20. އިސްރާ

    ޑޮމެއިން ބޭރު ކުރާ އަޑުއިވޭ، މީނަ އައް ބައި ލިބޭ ގޮތައް، އެކަން ބަލަން ޖެހޭ

  21. ފަރީސާ

    އެންމެ ކޮރަޕްޓް މީހާ މީ

  22. ައަހޫ

    ހުސްވަގުން އުޅޭ ތަނެއް.ރަޖިސްޓުރީ ވެސް ނުވާއުމުރުގެ ވެހިކަލް ތައްވެސް 25000ދިނީމާ ވާތަނެއް ތީ .ރަޖިސްޓުރީ ދުވަސް ކޮޅަކަށް ދުރުކޮއްފައި އަނެއްކާ މަގާމަށް އަބުރާ އާދެވޭނެ.

  23. އަބްދޫ

    ތިޔަހެން ބުރުގާއަލައިގެން އިނަކަސް ކަމަކު ނުދާނެ ކަންކަމުގެ ހައްލު ހޯދެންވާނެ. ބްރިޖް މަތީގަ އެއާޕޯޓް މަގަދިމާލުގެ ލައިޓްގަ ކާރު ލައިނާ ސައިކަލް ލައިން އެއްލައިނަކަށް އަރަންޖެހިފާ އޮތް ދަތިކަން ހައްލުކުރެވެން އޮތް އިރު ވެސް ވަގުތީ ދާއިމީ ލައިނެއްހެން ކާރާއި ބަހާއި ސައިކް އެއް ލައިނަކަށް އަރާ ލައިޓް ހުރަސް ކުރާތާ 2 އަހަރު ވަރު ވެދާނެ. އެ ރަނގަޅުކުރާން ވިސްނާ ބަޔަކު ނެތް. ހުޅުލޭ އެއާޕޯޓް މަގުން އައިސް ހުޅުމާލެއަށް ދިއުމަށް ގޮޅިއަޅާ ހިސާބުގަ 3 ލައިން އެބައޮތް ނޫންބާ. އެތަނުން އެއްލައިން ހުޅުމާލެއިން މާލެ އަށް ބެރިޖަށް އަރަން އަންނަމީހުން ފަޅިޔަށް ލުމަށްފަހު އެއާޕޯޓަށް ގޯޅިއަޅަންޖެހޭ މީހުން ތިބޭ ލައިނަށް ހަދައިފިނަމަ ލައިންކިޔޫ ބޮޑުވެގެން އުނދަގޫ ބޮޑުވެގެން އުޅެން ނުޖެހޭނެދޯ . 2 އަހަރެއްހާ ދުވަސް ވެގެން ދައިރު ވަގުތީ ދާއިމީގަ އޮތުމުން ޓްރާންސްޕޯޓުން ކަންކަން ކުރުމުގެ ގާބިލްކަން ނެތޭ ބުނަންޖެހިދާނެ.