2018 ޖުލައި 8 ވާ އާދީއްތަ ދުވަހުން ފެށިގެން ހުޅުލޭގެ ދެކުނު ނެރު ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
ދާދި ދެންމެ އެ އޮތޯރިޓީން ކުރައްވާފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ހުޅުލޭގެ ދެކުނު ނެރު ބަންދު ކުރުމަށް ނިންމަވާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތާއި ގުޅިގެން ކަމަށެވެ.
"ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތާއި ގުޅިގެން، 8 ޖުލައި 2018 ވާ އާދިއްތަ ދުވަހުންފެށިގެން ހުޅުލޭގެ ދެކުނު ނެރު ބަންދުކުރުމަށް ވަނީހަމަޖެހިފައި" މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ އިޢުލާނުގައި ބުނެފައިވެއެވެ.
އެ އޮތޯރީޓީން ވިދާޅުވީ، އާދީއްތަ ދުވަހުގެ ހެނދުނު 06:00 އިން ފެށިގެން އުޅަނދުފަހަރު ހުޅުލެފަޅަށް ވަދެ ނިކުމެވުމަށް ބޭނުންކުރާނީ އަލަށް ހަދާފައިވާ ނެރު ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ހިންގަމުންދާ ބިޔަ މަޝްރޫއުގެ ދަށުން މިހާރުވެސް އެއާޕޯޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، އައު ރަންވޭގެ މަސައްކަތާއި، އައު ސީޕްލޭން ޓާމިނަލްގެ މަސައްކަތުގެ އިތުރުން އައު ފަސިންޖަރުންގެ ޓާމިނަލްއާއި އައު ފިއުލް ފާމްގެ މަސައްކަތްވެސް ބާރު ދުވެލީގައި ދަނީ ކުރެވެމުންނެވެ.
ރައީސް ޔާމިން ގެންނަވާ ތަރައްގީ ހަމަޔަގީނުންވެސް އެއްވެސް ރައީސް އަކަށް ނުގެނެ ވޭނެ ޝުކުރިއްޔާ ޕުރެޒިޑެންޓް.