ނޮވެމްބަރ 03 ވަނަ ދުވަހަކީ ނަސްރުގެ ދުވަސް ކަމަށް ވާތީ މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެކެވެ.

ނަސްރުގެ ދުވަސް ބުދަ ދުވަހަކާއި ދިމާވުމުން ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް އުއްމީދު ކުރެވުނު ނަމަވެސް ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނޫނެވެ. އެހެންކަމުން އާއްމު އުސޫލުން ބުރާސްފަތި ދުވަހު ހުރިހާ އޮފީސްތަކެއް ވެސް ހުޅުވާނެއެވެ.

ނަމަވެސް ނޮވެމްބަރ މަހުގެ 07 ވަނަ ދުވަސް ކަމަށްވާ އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އެއީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަސް ކަމަށް ވާތީއެވެ. ކޮންމެ އަހަރަކު ވެސް އެދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ފާހަގަ ކުރެއެވެ.

އަންނަ ހަފްތާގެ ބުރާސްފަތި ދުވަސް ކަމަށްވާ ނޮވެމްބަރ 11 ވަނަ ދުވަހު ވެސް ސަރުކާރު ބަންދު ވާނެއެވެ. އެދުވަހު ސަރުކާރު ބަންދު ކުރަނީ އެއީ ޖުމްހޫރީ ދުވަސް ކަމަށް ވާތީއެވެ.

ސަރުކާރު ބަންދު ދުވަސްތައް ހުރިގޮތައް ބަލާއިރު ކުރިއަށް އޮތް ދެހަފްތާ ބަންދަކީ ވެސް ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަންނާނެ "ދެބޮޑު ޗުއްޓީއެވެ."

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނ

    ބަންދެއް ނުވާނެ . ޙުރިހާ ވެރިން ޔޫރަޕުގައި ނާޗަރަނގީ ކުޅެނީ

    9
    3
  2. ޙަސަނާ

    ނަސްރުގެ ދުވަހަކީ މިހާރުގެ ވެރިންލައިކުވާ ދުވަހެއްނޫން...

    11
    3