ނޮވެމްބަރު 3 ގެ ހަމަލާ ރޭވި ދިވެހިންނަކީ ބާޣީން ކަމަށް ދަރިވަރުންނަށް ކިޔައި ނުދޭން އަންގާފައި ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިފަދައިން ވިދާޅުވެފައި ވަނީ ނޮވެމްބަރު 3 ގެ ހަމަލާ ރޭވި ދިވެހިންނަކީ ބާޣީން ކަމުގައި ދަރިވަރުންނަށް ކިޔައި ނުދޭން އަންގާފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ވާހަކަތަކެއް ފަތުރަމުން އަންނަ ދަނޑިވަޅެއްގައި އެކަން ދޮގު ކޮށެވެ.

އެގޮތުން އެޑިއުކޭޝަނުން ކުރި ޓުވިޓެއްގައި ވިދާޅުވީ، އެ ހަބަރަކީ އެއްވެސް އަސްލެއް ނެތް ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމަށް ވެސް އެޑިއުކޭޝަނުން ވަނީ ވިދާޅުވެފައެވެ.

"ޤައުމީ ގޮތުން ފާހަގަކުރެވޭ މިފަދަ ދުވަސްތަކުގައި ދަރިވަރުންނާ ގުޅުވާ ސިޔާސީ މަންފާ ހޯދުން މި މިނިސްޓްރީއިން ހަރުކަށި އިބާރާތުން ކުށްވެރިކުރަން." މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަޓޯ

    އިބުރޭ ސޯލިހުއާއި އެމް.ސީ ހަމީދުގެ ބަފާބެ ވެރިކަމަށް ބޫތު ކައިގެން އުޅުން ހަދައިގެން ލިބުނު ލަނޑުގެ ވާހަކަ އަކީ ވަރަށް އިބުރަތްތެރި ވާހަކައެއް.. މަގޭ ދަރިންނަށް ކޮންމެ ދުވަހަކު އެވާހަކަ ކިޔާދޭނަން ..

    12
  2. އަބްދޫ

    ބަފާބެއާ ބައްޕަ ބާގިއަކަށް ވީއިރު ޅީދަރިފުޅާއި ދަރިފުޅަށް އެކަންނޭގި އޮންނާނެތަ؟ ސަރީއަތަށް ސާބިތު ނުވިޔަސް ބާގީންވާނީ ހަމަ ބާގީންނަށް. ބާގީ އާއިލާ އަށް ނިސްބަތްވެފަ ތިބޭނީ ހުސްބާގީން.

    10
    2
  3. ހީކުރާބެ

    މިހާރު ތިޔަވިދާޅުވާގޮތުން އެބަހީވޭ ކޮންމެވެސް ކަމެއް ހިންގެވިކަން ކަމަނާ

    • ކަނބާ

      އެވާހަކަތައް ކިޔައިނުދޭކަށް ސްކޫލްތަކަކަށް ނާންގައެވެ. ނަމަވެސް ސްކޫލް ކުދީންނަށް ކިޔަވައިދޭ އެއްވެސް ފޮތެއްގައި ހިމަނާފައެއް ނުވެއެވެ. ބާޣީންގެ ވާހަކަތައް ކުދީންނަށް ކިޔަދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

  4. ބޯކިރު

    މީނާގެ ކަންކަން މިދަނީ މާ މައްޗަށް ! އޭ މަންޖޭ ކޮންމެވެސް ދުވަހަކުން ގާނޫނު އަ ރާ ހަމަ ވާނެ ކަން ހަނދާން ކު ރާތި ، ވ ސަލާން

  5. ކައުންސެލަރު

    މީސްމީހުންގެ ބަފައިބެ ތަންތަނުގައި ހިމެނެންޏާ ބާޣީންގެ ވާހަކަ ކިޔައިނުދޭން އެދޭނެއެވެ.
    ވަރަށް ސަލާން