ކޮވިޑް-19 ޖެހިގެން އަނެއްކާވެސް އައްޑޫ ސިޓީން މީހަކު ނިޔާވެއްޖެއެެވެ.

ނިޔާވެފައި ވަނީ އުމުރުން 87 އަހަރުގެ އަންހެނެކެެވެ.

އައްޑޫން ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައް ވަނީ މިފަހަކުން އިތުރުވެފައެވެ. އެގޮތުން މީގެ ހަފްތާއެއް ކުރިން 81 އަހަރުގެ އަންހެނަކުވެސް ވަނީ ކޮވިޑްގައި ނިޔާވެފައެވެ. އަދި އޭގެ ދެ ދުވަސް ކުރިން ދެ މީހަކު ވަނީ ކޮވިޑްގައި ނިޔާވެފައެވެ. އެ ދުވަހު ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 86 އަހަރުގެ މީހަކާއި، 74 އަހަރުގެ މީހެކެވެ. އެ ދެ މީހުންނަކީވެސް ފިރިހެނުންނެވެ.

އެ ސިޓީން އެ ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 10 އަރާފައެވެ.

އަދި ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 244 އަށް އަރާފައެވެ.

ރާއްޖޭގައި މިފަހަކުން އަނެއްކާވެސް ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައް ވަނީ އިތުރުވެފައެވެ. މިހާރު ކޮވިޑްގައި ނިޔާވަމުންދާ ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. ރާއްޖެއަށް ކޮވިޑްގެ ބޮޑު ރާޅު އެރިއިރު ޒުވާން އުމުރުގެ މީހުންނާއި ކުޑަކުއްޖަކުވެސް ވަނީ އެ ބަލީގައި ނިޔާވެފައެވެ.

މިހާރު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 88386 އަށް އަރައެވެ. އޭގެތެރެއިން 86168 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު