ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީ ކުރި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެެއިން އެޗް5ގައި ދިރިއުޅޭ ރައްޔިތުން އިސްނަގައިގެން ފެށި ސާފް ކުރުމުގެ މަސައްކަތުގައި ހުޅުމާލެ ދާއިރާގެ ކައުންސެލަރ އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގެންފިއެވެ.

ޝުޖާއު އަކީ ހުޅުމާލެ ދާއިރާގެ ރައްޔިތުންނާއި ގުޅޭ ގިނަ ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން އަބަދުވެސް މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ.

ޝުޖާއު މިއަދު ވިދާޅުވީ، ހުޅުމާލެ ހިޔާ-5ގެ ރައްޔިތުން މިއަދު އިސްނަގައިގެން ފެށި ސާފު ކުރުމުގެ މަސައްކަތުގައި ބައިވެރިވުމަކީ އޭނާއަށް ލިބުނު އުފަލެއް ކަމަށެވެ.

"މިއީ ރައްޔިތުންނަށް މިއަދު އުޅެން ޖެހިފައިވާ ހާލު .ހިޔާ މާހައުލު ސާފުކޮށް ބޭއްވުމަށް ސަރުކާރުން އަހައްމިއްޔަތު ދޭމިންވަރު ވަރަށް ކުޑަ". ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހިޔާ ސާފުކޮށް ބޭއްވުމަށާއި ހިޔާގެ ރައްޔިތުންގެ ބަސް އަހާނެ މީހެއްގެ ގޮތުގައި ހުޅުމާލެ ކައުންސިލަރ އަބަދުވެސް ހުންނާނެ ކަމުގެ ޔަގީންކަން ހިޔާ ރައްޔިތުންނަށާއި ހުޅުމާލޭގެ ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ހިޔާ ފްލެޓްތަކުގައި މިހާރު 600 އަށްވުރެ ގިނަ އާއިލާ ދަނީ ދިރިއުޅެމުންނެވެ. އަދި އެ ސަރަހައްދަށް އަޅާ ކުނިތައް ނެގުމުގެ މަސައްކަތް އެޗްޑީސީން ވެމްކޯއާ ގުޅިގެން ކުރަމުން ދެއެވެ.

އެޗްޑީސީން ވަނީ އެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން މިހާރު ފްލެޓްތަކުގައި ދިރިއުޅެމުންދާ މީހުންނާއި ފްލެޓްތަކުގައި މަަސައްކަތް ކުރަމުންގެންދާ މީހުންގެ ގޭބިސީން އުފެދޭ ކުނިވާ ޒާތުގެ ކުނި އުކާލުމަށް ހަ ސަރަހައްދެއް ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގައުމު

    ގައުމީ ޓީމުގެ ޖާޒީގަ ގޮނޑު ސާފުކުރަން ނިކުތީމަ އެކުރެވެނީ ގައުމީޓީމަށް ވަރަށް ބޮޑު އިހާނާތެއް. ގައުމީޓީމުގެ އަގު ތިވައްޓާލަނީ. ވަރަށް ގޮތްކުޑަ އަމަލެއް

    1
    8
  2. ދިދަ ދަނޑި

    އެތާ އުޅޭ މީހުނަށް އެވަރުވެސް ނުވި… ލަދުން ބޯހަލާކު

    3
    1
  3. ޟ ޢަބްދުﷲ

    ރައްޔިތުންނާއެކު ޝުޖާއު އިސްނަގައިގެން ހިޔާ ސަރަހައްދު ސާފްކޮށްފި

    8 ގަޑިއިރު ކުރިން ( ނޮވެމްބަރު 5, 2021 )

    ކޮބާމެންބަރު ؟؟؟؟؟؟؟؟؟؟؟؟؟

    ކައުންސިލަރހާދަ ގަދައޭ ؟؟؟؟؟؟؟؟ތިނަމޫނާ ބަލައި ގަނެފިން.

    رئيس يامين عبد القيوم ވަގުތުން ވަގުތަށް ދޫކޮށްލާ #
    India out # India out # India out #

  4. ލޯބިވާކެހިވެރިޔާ

    ހިޔާފްލެޓް ތަކުގައި ދިރިއުޅޭ މީހުންވެސް ގޮތްކުޑައީ މާބޮޑަށް //