ހަރުދަނަ ފިޔަވަޅުތައް އެޅުމެއް ނެތި ހޯމް ސްޓޭ ފަތުރުވެރިކަން ފަށައިގެން ކުރިއަށްދާނަމަ ރާއްޖޭގެ އިޖްތިމާއީ ފޭރާން އިތުރަށް ހަލާކުވުމުގެ ފުރުސަތު ބޮޑު ކަަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެެއެވެ.

އޭނާ މިހެން ވިދާޅުވީ، މާލެ އަތޮޅު މާފުށީގައި އިސްލާމީ މުޖުތަމައެއްގައި ކުރުމަށް ބަލައި ނުގަނެވޭނެފަދަ އަމަލުތައް ހިންގަމުން ގެންދާކަމަށް ބުނެ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކުރި ހަބަރު ހިއްސާކޮށް ކުރި ޓްވީޓެއްގައެވެ.

މާފުށީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގައި އެއްބަސްވުމާއި ހިލާފު އަމަލުތައް ހިންގަމުން ގެންދާ ކަމަށެވެ.

އެއްބަސްވުމުގައި ޣައިރު ޤާނޫނީ އެއްވެސް މަސައްކަތެއް ނުވަތަ އެކަށީގެންނުވާ، ބޭއަދަބީ އެއްވެސް ބޭނުމަކަށް ބިން ބޭނުންކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮތްނަމަވެސް ކަންކަން ހިނގަނީ އެހެން ނޫންކަމަށް ކައުންސިލުން ބުނެއެވެ.

ގިނަ ބިންތަކުގައި ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާއި ޚިލާފަށް އިސްލާމީ މުޖުތަމައެއްގައި ކުރުމަށް ބަލައި ނުގަނެވޭނެފަދަ އަމަލުތައް ހިންގަމުން އަންނަކަމުގެ ޝަކުވާ ރަށުގެ އާންމު ރައްޔިތުންގެ ފަރާތުންލިބި، ކައުންސިލަށްވެސް ފާހަގަކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

މިގޮތުން ނަމާދު ގަޑި ތަކުގަޔާއި ރޭގަނޑު 00:00 ގެ ފަހުން އަޑުގަދަކޮށް ބާރަށް ލަވަ ޖަހާ މައްސަލައާއި، ކައުންސިލްގެ ހުއްދަ ނެތި ބިންތަކާއި އިންވެގެންވާ މަގުތައް ބަންދުކޮށް އެތަނުގައި ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާއި، އިސްލާމް ދީނާއި ދިވެހި ޘަޤާފަތަށް ފުށުއަރާފަދަ ޣައިރު މުސްލިމުންގެ ނުވަތަ ބޭރު ޤައުމުތަކުގެ ދީނާއި ގުޅޭ ދުވަސްތައް ފާހަގަކުރުމާއި، އިސްލާމީ ރިވެތި އަޙްލާޤުގެ ބޭރުން ވިޔަފާރި ބިންތަކުގައި އަމަލުކުރަމުން އަންނަކަން ވަނީ ފާހަގަކުރެވިފައި ކަމަށް ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ހަރުދަނާ ފިޔަވަޅުތައް ދުރާލާ ނާޅައިފިނަމަ ހޯމް ސްޓޭއިން ރާއްޖޭގެ އިޖްތިމާއީ ފޭރާން އިތުރަށް ހަލަކުވުމުގެ ފުރުސަު ބޮޑު ކަމަށެވެ. އަދި ގެއަށް އަންނަ ފަތުރުވެރިންގެ ވަނަވަރު ބެލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ބޭރު މީހުން ރާއްޖޭގައި ހިންގާ ޖަރީމާތައް އިތުރުވެފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި، ގެސްޓްހައުސްއާއި ހޯމް ސްޓޭގެ ޚިދުމަތް 2023 ވަނަ އަހަރު ތައާރަފް ވެގެން ދާނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހޯމްމޭޑް

    ހޯމްސްޓޭއާއެކު ހޯމްމޭޑް އުފެދިގެންގޮސް މުޅި މުޖުތަމަޢު ޚަރާބުވާނެ. އަމުދުން ފިރިން ރިޒޯޓުގައި ތިބޭއިރު ވަކިން ބޮޑަށް ގޭގޭގައި ހޯމްމޭޑް އުފައްދާނެ. އޭރުން އެގަހުކޭލެއް މިގަހުކޭލެއް ވަކިނުވެގެން އުޅެންޖެހޭނީ. ބައެއްފަހަރަށް ކުލަތައް މާބޮޑަށް ތަފާތު ހޯމްމޭޑް ފެންނާނެ.

    4
    2
  2. ސަންފަ

    ބޭނުމަކީވެސް އެއީ ނޫންތޯ ބަރަހަނާ ހާލުގައި މައިން ބަފައިންނާ ދަރިންނާ އެކު އެއްތަނެއްގައި އަދި އެބަޔެއްގެ ދީނީ ކަންތައްވެސް ގޭތެރޭގައި ފަތު ރައި ދިވެހިން މިހާރު އުޅޭގޮތް ބަދަލު ކުރުން ނޫންތޯ. ޢަތް ނުލާ އައްދޮ ކިޔުއްވުމޭ މަމެން ކުޑަައިރު ކިޔަނީ މިކަހަލަ ކަންތައް ތަކަށް. ދެކިބަލަ މާފުށީގެ ހާލު . ބަންގި ގޮވާތީ ގެސްޓުންނަށް އުދަގޫވާތީ ބަންގީގެ އަޑު މަޑުކޮށްފަ. ދީނީ އިހްތިފާލްތައް މަގުމަތީގަ ވެސް ބާއްވަނީ. ކައުން ސިލްގެ ބާރެއް ނުހިގާ . މިފެންނަނީ އެބުނާ އަނެއް ދިވެހިރާއްޖޭގެ ފެށުން.

    4
    1
  3. އެލީޓުމުނާފިގު

    ބޮޑެތި މުއްސަނދިން ނޫން ބަޔަކަށް ޑޮލަރުކޮޅެއް ލިބިދާނެތީ މޭކަރަނީ މިއީ އެކާވީސްވަނަ ގަރުނު ޔޫރަޕު މީހުން އުޅޭ ގޮތް ނޭނގޭ ބަޔަކު ނޫޅޭ މިތާކު

    2
    8
  4. ނާދިރާ

    ލާދީނީ ސަރުކާރަކުން ގައުމު ލާދީނީ ކުރުމަށް ހިންގާ ކަންތައް

    3
    1