އައްޑޫ ސިޓީން މިއަދު އެކަނި 42 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެެވެ.

އައްޑޫ އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ނެރުނު ކޮވިޑްގެ އަދާހަމަތަަކަށް ބަލާއިރު، އެ ސިޓީން މިއަދު ފައްސިވި 42 މީހުންނާއެކު އެ ސިޓީން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 2198 އަށް އަރާފައެވެ. އޭގެ ތެރެއިން 1861 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 328 މީހަކު މިހާރުވެސް ދަނީ ފަރުވާ ހޯދަމުންނެެވެ.

އެ ސިޓީން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން ދެ މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އެ ސިޓީގެ ވަކިވަކި ރަށްތަަކުގެ އަދާހަމަތަކަށް ބަލާއިރު، ފޭދޫގައި ބަލި ޖެހިގައި ތިބި 56 މީހަކު އެބަތިއްބެެވެ. އަދި މަރަދޫފޭދޫގައި އަށް މީހަކު ތިބިއިރު،ހިތަދޫގައި 151 މީހަކު އެބަތިއްބެވެ. އަދި މަރަދޫގައި 79 މީހަކު ތިބިއިރު، ހުޅުދޫގައި ހަތް މީހަކާއި، މީދޫގައި 26 މީހަކު އެބަތިއްެބެވެ.

އައްޑޫގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އެެ ސިޓީން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އެ ސިޓީން އެކަނި މިހާތަނަށް 10 މީހަކު އެ ބަލީގައި ވަނީ ނިޔާވެފައެެވެ.

ކިޔުންތެރިންގެ ހިޔާލު