ގައުމެއްގައި ރަނގަޅު ޖީލެއް އުފެއްދުމަށް މުޅި މުޖްތަމައުގެ ބައިވެރިވުން ބޭނުންވާ ކަމަށް ނައިބް ރައީސް، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބް ރައީސް އެގޮތަށް ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ ގައުމެއްގައި ރަނގަޅު ދަރިންތަކެއް އުފެދެނީ ގިނަ ބައެއްގެ މިންނަތް މަސައްކަތުންކަމަށެވެ.
"އެއީ ހަމައެކަނި މުދައްރިސުން، އިލްމުވެރިން ނޫނީ އަދި މައިންބަފައިން ކުރާ މަސައްކަތުން ކާމިޔާބުވާ ކަމެއް ނޫން. ގައުމެއްގެ ރަނގަޅު ޖީލެއް އުފެއްދުމަށް މުޅި މުޖްތަމައުގެ ބައިވެރިވުން އެބަ ބޭނުންވޭ" ނައިބް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ރަނގަޅު ޖީލެއް ބިނާ ކުރުމަށް ނަމޫނާ ދެއްކެވުމަށް ވެސް ގޮވާލައްވައިފައެވެ.
އިސްލާމްދީނުން ދަސްކޮށްދޭ އެންމެ މުހިންމު ސިފައަކީ ރިވެތި އަހްލާގުކަން ނައިބް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ނައިބް ރައީސް ވިދާޅުވީ އެކަކު އަނެކަކަށް އިހްތިރާމްކޮށް، އެކަކު އަނެކަކަށް ކަންކަމުގައި މާފުކުރަން ޖެހޭ ކަމަށެވެ. އަދި އެކަކު އަނެކަކަށް އަޅާލުމާ ހިތްހެޔޮކަން އެހެން މީހުންނާ ދޭތެރޭ ބަހައްޓަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާން ވިދާޅުވީ އިސްލާމްދީނުގެ އަގީދާ ބަލައިގަތުމަކީ ދިވެހީންނަށް ލިބުނު އެންމެ ބޮޑު ނަސީބު ކަމަށެވެ. އަދި އިސްލާމްދީނުން ގެނެސްދެނީ ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ހައްލުކަން ފާހަގަކުރައްވާ، ނައިބް ރައީސް ވަނީ ދީނުން ދަސްކޮށްދޭ ފިލާވަޅުތަކުގެ ބޭނުން ހިފައި ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ.
މުޖުތަމައު ދޯ ބައިވެރި ނުވެގެން މިއުޅެނީ.. ކަލޭމެން މުޖުތަމައުގައި ހިނގާ ލާދީނީ ކަންކަން މަނާނުކުރުމަކީ މައްސަލައެއްނޫންދޯ.؟
ވެރިކަން ހިފެހެއްޓުމުގެ ބޭނުމުގައި އިދިކޮޅު ލީޑަރ ވަނީ ޖަލު އަދަބުގަ. ދެން ކިހިނެތް ބައިވެރިވުން ލިބޭނީ.
މީ ކޮންވާހަކައެއް ދައްކާ މީހެއްތަ ، މުޖުތަމުއަށް ކޮޅަށް ތިބެވިގެންދޯ އެހީތެރިކަން ދެވެނީ ، މަނިކިފާނުމެން އަރާމަ ލައްޒަތު ބޭނުންވެގެން ނޫންތޯ ތަރިތަރީގެ ބޮޑެތި އެޕާރޓްމަންޓްތައް ގަނެގެން ތިޔަ ތިއްބަވަނީ ، ތިވަރު ފެންވަރު މަތިބަޔަކު މުޖުތަމައު މަތިން ހަނދާން ހުންނާނެތަ
ގާނޫނުތައް ބަރާބަރައް ހިންގިގެން ރަގަނޅުޖީލެއް އުފެއްދޭނީ މަސްތުވާއެއޗިހި އަންބޮޑީގަ އޮއްވާފެނުނަސް ސާބިތެއްނުވޭ އެކަންކުރާމުޖްރިމުން މަގުމަތީގަ މިނިވަންކަމާއެކު މީހެއްގެ ފިހާރައެއް ފަޅާލައިގެން މީހަކުއަތުންފޭރިގަނެނެން ދާމީހާވެސް ސާބިތުނުވެ މަގުމަތީގަ މިނިވަން ކަމާއެކު މިފްކޯކިޔާތަނަކުންވޭނައްގައި ގެންދިޔަ ރުފިޔާކޮޅު ވޭނެއް ހުއްޓުވާފައި ފޭރިގަނެން ގެންދިޔަ ފަހުން ކިތައް އަހަރު ރައްޔިތަކައް ދޮންކަޅުވެސް ނޭންގޭ މުޖްރިމުންގެ އުދަގުލާހެދި ރައްޔިތުމީހާ ނަފްސަނީ ބިރުވެރިކަމެއްގެ ތެރޭގައި ދެން ކޮންރަގަނޅުޖީލެއް އުފެއްދޭނީ ދަރިންނައް ބޮޑުޙަރަދުކޮއް އެތައް އަހަރުތަކެއް ވަންދެން ކިޔަވައިދީގެން ބޮޑުކުރާދަރި ދުރަގްގެވަބާގައި ނޫނީ ފޭރޭ މީހުންގެތެރޭގަ އެމީހުންގެ އަޅުވަތިކަމުގަ ދެންކޮންރަގަނޅު ޖީލެއް
ފައިސަލޫ، މުޖުތަމަޢުގެ ބައިވެރިވުން އެބަލިބޭނޫންތޯ
ކޮންމެފަހަރަކު ޕޯޑިއަމްއަށް އަރާފަ މޮޅު ވާހަކައެއް ދައްކާފަ ނިންމާލުމަކުންއަދި މިކަމެއްނުވާނެ
labba, rangalhu vaahaka eh, majilihah laanvee nukiyava meehun, ministarunnah laanvee nukiyava meehun, PS ah laanvee nukiyava meehun. SIyaasee magaamu thakah laanvee nukiyava meehun. eyrun rangalhu jeeleh ufehdheyne
މުޖުތަމައުގެ ބައެއްގެގޮތުގައި ހިމެނޭ އެންމެމުހިއްމުތަނަަކަށްވާނެ ރަށްޔިތުންގެ މަޖިލިސް މިއީ
ރަށްޔިތުންނަމޫނާއަކަށް ބަލާނެތަނެއް ނަމަވެސް ހިތާމައަކީ ވަރަށްފަހުން އެތަނުގައި މެންބަރަކު
ކުރުންއެކަށީގެންނުވާ ތަނުގެހުރުމަތްކެނޑޭ އިސްލާމީގައުމަކު މިފަތަތަނެއްގައި އިސްލާމަކު ކުރަން
އެކަށީގެންނުވާޢަމަލެއް ( ކުރިމަތިފަރާތް ދެއްކުން ) ކޮށްފައިވޭ ވީމާ ، ފުރަަތަމަ
މިފަދަޢަމަލުކުރާފަރާތްތައް މިފަަދަޢަމަލުކުރުން ހުއްޓުވުމާ، ކުރިޢަމަލުގެ އަދަބުދިނުން ވަރަށްމުހިއްމު
ފުރަތަމަ މިފަަދަކަންތައް ހުއްޓުވުން މުހިއްމު އަދި ރަށްޔިތުން ނަމޫނާއަަކަށްބަލާތަންތަނުން ރަށްޔިތުންނަށް ރަގަޅުނަމޫނާދެއްކުންރަގަޅު އެއީ ބޮޑުސޯބުއެނބުރޭގޮތަށް ކުދިސޯބު އެނބުރޭނޭ ބުނެވޭތީ
ގައުމެއް ހަލާކު ކޮށްލަން ތިވަރުގްރޫޕް އަކުންފުދޭ ::::
ރަނގަޅުޖީލުތަކެއް އުފަންވާނީ ނުރަނގަޅު ތިކަހަލާމީހުން ނެތިކޮށްގެން //
އެޑިޔުކޭޝަން މިނިސްޓަރު ވެސް ހަމަ އެހުރި ހާލުގަ ހުރުން ވެސް ދެއްތޯ