ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ދައުރު 2023 ގައި ނިމޭއިރު ދިވެހިން ތިބޭނީ އުއްމީދު ވެސް ނުކުރާ ތަރައްގީއެއްގެ ތެރޭގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު އީސަ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުލަތުގެ ބަޖެޓްގެ ބަހުސްގައި އީސަ ވިދާޅުވި ގޮތުގައި އެ ބަޖެޓް އޭނައަށް ފެނިވަޑައިގަންނަވަނީ އުއްމީދީ ބަޖެޓެއްގެ ގޮތުގައެވެ. އަދި ދިވެހިން އުއްމީދު ވެސް ނުކޮށް ތިބި ކުރިއެރުންތަކެއް މިހާތަނަށް ވެސް ގެނެވިފައިވާ ކަމަށް އީސަ ވިދާޅުވިއެވެ.

"ދުވަހަކު ވެސް އަޅުގަނޑުމެންގެ ހަޔާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ރަށްރަށުގައި ކުދި އާބާދީއާއި ބޮޑެތި އާބާދީތަކުގައި މީގެ ކުރިން ނުހިނގާ ވަރަށް މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގައިފި،" އީސަ ވިދާޅުވިއެވެ.

އީސަ ފާހަގަ ކުރެއްވި އެއް ކަމަކީ ބަނދަރެއް ނެތިގެން ނުވަތަ ބަނދަރު ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިފައިވާ ރަށްރަށުގައި އެ އިންތިޒާމު ހަމަޖެހުނު ކަމާއި، ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ފެށިފައި އޮތް ކަމެވެ.

ދެން އޭނާ ފާހަގަ ކުރެއްވި ކަމަކީ އަތޮޅު ތެރޭގެ ސިއްޚީ ނިޒާމަށް ސަރުކާރުން ދީފައިވާ އިސް ކަމެވެ. މި ގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ގާއިމް ކުރެވުމުން "ކުޑަ ކަމަކު" ނޫނީ ދެން ސިއްޚީ ޚިދުމަތަކަށް މާލެއަށް ބަރޯސާވާން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"މާލޭގެ އުތުރުން ކުޅުދުއްފުށި ހޮސްޕިޓަލާއި އުނގޫފާރު ހޮސްޕިޓަލްއަށް ދިން ކުރިއެރުމަކީ މާލޭގެ އުތުރުގެ ރައްޔިތުންނަށް މިހާ ދުރަށް ދަތުރުނުކޮށް ސިއްޚީ ޚިދުމަތް އެކްސެސް ދެވުނު މަސައްކަތެއް،" އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ މި ސަރުކާރުން މިހާރު ވެސް ބޮޑު ކުރިއެރުމެއް ގެނެސް ދިނީ ތައުލީމީ ނިޒާމާއި ވަޒީފާ އަދާ ކުރާ ފަރާތްތަކަށެވެ. މި ގޮތުން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތާއި، ވަޒީފާ އަދާ ކުރާ ފަރާތްތަކަށް މިއަދު ކަނޑައެޅި އެންމެ ކުޑަ އުޖޫރަ އީސަ ފާހަގަ ކުރެއްވިއެވެ.

އީސަ ވިދާޅުވީ އިގްތިސާދީ ދުވެއްޔަށް މަޑުޖެހުމެއް އައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ސަބަބުން ކަން ދިވެހިން ގަބޫލު ކުރާނެ ކަމަށެވެ. އެކަމަކު އޭގެ ކުރިން އޮތް ހާލަތަށް މިހާރު އަނބުރާ ގެންދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލާނީ 2023 އާ ހަމައަށްދާއިރު، އަޅުގަނޑުމެން ދިވެހިންނަށް ވަދެވޭނީ ދިވެހިން އުއްމީދު ވެސް ނުކޮށް ތިބި، އުއްމީދު ނުކުރާ ތަރައްގީއެއްގެ ތެރެއަށޭ،" އީސަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަލީ

    ހަހަހަހަ ޕްލީސް ޗޭންޖް ދި ޓޮޕިކް

    45
    1
    • ޙައްގުބަސް

      ރަގަނޅު ވާހަކައެއް!! ރާއްޖޭގެ ރައްޔިތުން އުންމީދުނުރާވަރަށް ތަރައްގީގެ ކަންކަން މިވަނީ މިސަރުކާރާއެކު ބޮއްސުންލާ އެކަމުގެ ހިތިތަޖުރިބާ ރައްޔިތުން އިހްސާސް ކުރަންޖެހިފަ! މިސަރުކާރާއެކު އިންތިހާއަށް ދަރަނިބޮޑުކުރިއިރު ތިން އަހަރު ފާއިތުވެގެން މިދަނީ މިރާއްޖޭގައި އޮށްޓަރުލާވަރުގެ ތަރައްގީއެއް ނުކުރެވި!! ދެން މިވެރިކަމަށްއޮތީ ބަރާބަރު 20 މަސް ދުވަސް! ތިން އަހަރުން އާދެ 36 މަސް ދުވަހުން ނުކުރެވުނު ތަރައްގީއެއް މިވެރިކަމުގައި ނުކުރެވޭނެކަމީ ޙަގީގަތެއް!! މިހާރު މިވެރިކަމުގައި ތިބީ މީހުންނަށް އެނގޭ ދެން ވެރިކަމަށްނައާދެވޭނެކަން! އެހެންވެ މިހާރުކުރަން އުޅޭކަމަކީ ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކައިގެން (ހަމައެކަނި މިސަރުކާރުގެ ބޮޑުންނާ ޕާޓީއާ ގުޅުން އޮތް ފަރާތްތަކަށް) އެބިންކޮޅު ދަމައިގަތުން!! މިކަންކުރަނީ މިމީހުން ދުރާލާ އަންގާ ފަރާތްތަކަށް ވަކި މަޢުލޫމާތުތަކެއްދީގެން އެޕްލައިކޮށްގެން!! ދެން އެމަޢުލޫމާތު ނުލިބި ބިންގަންނަން ހުށަހަޅާ އެހެން ފޯމް ބާޠިލްކުރުން!! ދެންކުރާ ކަމަކީ ފިލަންވެގެން ބޭރުގެ އެކިއެކި ގައުމުތަކުން ތަންތަން ގަންނަނީ!! ކޮބާ އީސީ ޝަރީފް؟ މީނަ ވޯޓްކޮޅު އޮޅުވާލައިގެން ލިބުނު ޑޮލަރުތައް ހިފައިގެން އޮސްޓްރޭލިޔާއަށް ބަދަލުވަނީ!! ކޮންމެ ތާކަށް ބަދަލުވިޔަސް އިންޓަރޕޯލް ރެޑް ނޯޓިސް ނެރެގެން ތިބިތަނަކުން ގެންނާނެ!! ގައުމުގެ ޣައްދާރުން ހޭލާތިބޭތި ޖަވާބުދާރީ ރައްޔިތުންކުރުވާނެ!!

      2
      1
  2. Anonymous

    ބިރު ގިނަ ޒުވާނުން މަގުމަތީ އޮރިޔާމުން ބޮޑުސްކުރީނު އަޅުވަވެސްފާނެ ހުރިހާ ޒުވާނުން ތިބޭނީ ނަފްސާނީ ވެފަތޯއްޗެ

    26
    1
  3. ހަވާސާ އިބޫ

    އެތަރަށްގީގައި މިހާރު ތިބީ ފަލަސްތީނު މީނުންނާއި ރޮހިނިޔާ މީހުންނާއި ކަސްމީރު މީހުން ޝާބާޝް

    49
  4. ހަސަން

    ތިޔަބުނާ ތަރައްގީ ދިވެހިންނައް ފެންނާނީ ހުވަފެނުން. ބޯގޮވި ސަރުކާރު.

    47
  5. ޑަރޭ

    މިކުލަޔާ ގާތްވެއްޖެތަ، ހަމަޖެހޭ އެކަތިވެސް ނުފެނޭ...ހުސް މަ ރުމޯލުން.

    46
  6. ބުއްޅަބޭ

    އެއީ ދެއަތާއި ދެ ފައި ބަނދެފަ!

    42
  7. ނަސީ

    ތީވަރައް ވެސްބޮޑު ތެދެއް 2023 ގައުމް އަގަވަތައް ވެއްޓޭނީ އެވާހަކަ އެބުނެލި

    26
  8. މއކ

    އުންމީދު ކަނޑާލިތާ ކިތަންމެ ދުވަހެއް. ނުދާނަން ވޯޓެއްލާކަށް

    23
  9. އަލީ ޓާކޫރޭ

    އެހެންވީމަތާ މިއުޅެނީ އަނގަޔާ އަތާދިމާނުވެގެން ރައްޔިތުންގެ ޓެކްސްޕޭ ރުފިޔާއިން ބޮޑުމުސާރަ އާއި އިނާޔަތްތައް ނަގައިގެން ތިބޭމީހުންނައްވާނެ ލައްކައެއްހެން ލަދުންބޯހަލާކް ކޮވިޑްގައި ހިލޭ ގައުމުތަކުން ލިބުނުހާއެއްޗިއްސައްވީގޮތެއްވެސް ނޭނގޭ ރައްޔިތުމީހާޔައް މާސްކް ގަނޑެއްހާ ހިސާބް ވެސް ނުދެވުނު ދެން ކޮންތަރައްގީއެއް ވެވޭނީ އިންޑިއާއިންލޯނުނަގާ ގައުމު ދަރުވާލުންނޫންކަމެއް ނުކުރެވުނުބަޔަކައް ކޮންތަރައްގީއެއްތޯ ކުރެވޭނީ

    17
  10. ނައީމާ

    ބަލަ ފެނާއިނަރުދަމަގެ ނިޒާމައް ޙަރަދުކުރަނީ އެންޑީޕީންތަ ތިޔަޕާޓީވެސް ތިޔަ ހިންގަނީ ރައްޔިތުމީހަގެ ޓެކްސްޕޭ ރުފިޔާއިން ލަދެއްނުގަނޭތަ ތަރައްގީއޭ ނަރދަމާއޭކިޔަކައް

    19
  11. މަސްއޫދު

    އީސަ ތިޔަބުނީ ހަމަތެދަށް! ދިވެހި މުސްލިމުން މިރާއްޖޭގައި އެހެންދީންތަކަށް އުޅޭނެ! އީސަމެން މިހާރުވެސް ކުަރަމުންދާ މަސައްކަތަކީ މި މަސައްކަތް!

    15
  12. އަހްމަދު

    އެއީ ހުރިހާމީހުންބަނޑައްޖެހި ގައުމު އަޅުވެތިވެފަ އެކަންވަރައް ސާފު

    16
    1
  13. Anonymous

    ކަލެއައްނުފެނޭތަ ޑަސްބިން ހޮވަންތިބިޒުވާނުން

  14. ކީސާ

    ތިޔަބުނާ ތަރައްގީގެ މަންޒަރެއް އިއްޔެވެސް އޮތީ މިސްކެތެއްގެތެރޭން ފެނިފަ އެތަރައްގީއެއް ބޭނުމެއްނޫން ދެން އެހެންތަރައްގީއެއް ކަލޭމެންނަކައް ނުގެނެވޭނެ އެހެންނޫން ތަރައްގީކުރަންހުރި ލާރިކޮޅު ކާލެވިދާނެ

  15. ނާގާބިލް ސައީ

    އެތަރައްގީ ލިބިގެންވެސް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓިއްޖެއްޔާ ރަނގަޅު.

    16
  16. އައްޑޫ މީހާ

    ހާދަ ވަރުގަދަވާނޭ ތިޔަ ތަރައްގީ އޭރުން އުޅެން ޖެހޭނީ ބަނޑަށް އިތުރު ގޮތެއް ނޯންނާނެ

  17. ނަންރީތި ހުސޭނު

    ތެދެއް، އެތަރައްގީއަކީ
    - ކޮންމެ ދީނަކައްވެސް އުޅުމުގެ އިހްތިޔާތު ދިވެހިންނައް ލިބުން.
    - ލާދީނިއްޔަތަކީ އާންމު ކަމަކައްވުން
    - ޖިންސީ ފުރައްސާރައާއި ރޭޕްކުރުމަކީ އާންމު ކަމަކައްވުން
    - ދިވެހިންނަކީ ދިވެހި ފަސްގަނޑުގަ ބާރުނުހިގާ، ބަޔަކައްވުން.
    - ހެޔޮނިޔަތުގަ ދައުލަތުގެ މާލިއްޔަތު ލޫޓުވާލުން
    - ދައުލަތުގެ ކަންކަމުގެ ފަހުބަސްބުނާނީ ބޭރުގައުމަކުން އަންނައޮޑަރާއެއްގޮތައްކަން.

  18. ބޯހަރު

    ކޮބާ އީސަ މައްސަލަ ނިމުނީތޯ...

  19. ޅީލް

    2023 ކައިރިވާ ވަރަކަށް މީހުން ގަޅިހައްދަން ރީނދޫ ބައިގަނޑު މިއުޅެނީ އަނެއްކާ. ޏުލާނަން ވޯޓެއް ދެނެއް.