ގއ. މާމެންދޫ އުތުރުފަރާތުން ބޮޑު ސަރަހައްދެއް ގިރައި ގެއްލުންތަކެއް ވެއްޖެއެވެ. މިއީ މީހުން އުޅޭ ސަރަހައްދާއި މާ ދުރުނޫން ސަރަހައްދަކަށް ވުމުން، މި މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ ގެތަކަށް ލޮނުވަދެދާނެ ކަމުގެ ބިރު ހީވެފައިވެއެވެ.

މާމެންދޫ ކައުންސިލްގެ ރައީސް އަހްމަދް އަޒީޒް "ވަގުތު" އަށް ވިދާޅުވީ ރަށް ގިރުން ހުއްޓުވުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް އެކަމާއި ގުުޅުންހުރި ސިޓީތައް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް އެދެވޭ ޖަވަާބެއް ލިބިފައިނުވާކަން އަހްމަދު ފާހަގަ ކުރެއްވިއެވެ.

އަހްމަދު ވިދާޅުވީ އެ ސަރަހައްދު ގިރަމުން ގޮސް މިހާރު ކަޅު ފަހާއި ޖެހިފައިވާ ކަމަށެވެ. އަދި ގިރުމުގެ ސަބަބުން އެ ސަރަހައްދުން މިހާތަނަށް 300 އަށް ވުރެ ގިނަ ރުށް ގަސް ވެއްޓިފައިވާ ކަމަށް ވިދާޅުވިއެވެ. އާ ކައުންސިލް ހޮވުން ފަހުން ވެސް 20 އަށް ވުރެ ގިނަ ރުށް ފައިބައިގެން ގޮސްފައިވާ ކަމަށްވެއެވެ.

މާމެންދޫ އުތުރު ސަރަހައްދު ވަރަށް ބޮޑަށް ގިރަނީ - ފޮޓޯ: މުހައްމަދު ޝަމީމް

"އަޅުގަނޑުމެން ވާނީ ބައްދަލުވުންތަކުގައި ވެސް މިކަން ދައުލަތާއި ހިއްސާކޮށްފަ. ކައުންސިލުން އިސްނަގައިގެން އެކަން ކުރަން އުޅުން ކަމުގައި ވިޔަސް ސަރުކާރުން އެކަމަށް އެކަށީގެންވާ އެއްބާރުލުން ނުލިބޭނަމަ މިކަމަށް ހައްލެއް ހޯދޭނެ ފަސޭހަ ގޮތެއް ނޯންނާނެ" އަހްމަދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަމުން އަހްމަދު ވިދާޅުވީ ތޮށި ޖަހައިގެން ވިޔަސް މިކަމަށް ހައްލެއް ހޯދައިދޭން ބޭނުންވާ ކަމަށެވެ. އެގޮތުން ކައުންސިލުގެ ފަރާތުން ކުރަހައިގެން އެ ސަރަހައްދުގައި ތޮށި ޖެހުމަށް މިނިސްޓްރީގެ ހުއްދައަށް އެދުމުން ވެސް ކުރިއެރުން ނުލިބުންކަން ފާހަގަ ކުރެއްވިއެވެ.

މާމެންދޫ އުތުރު ސަރަހައްދު ވަރަށް ބޮޑަށް ގިރަނީ - ފޮޓޯ: މުހައްމަދު ޝަމީމް

"ކައުންސިލުން އިސްނަގައިގެން ތޮށިލުމަށް މިނިސްޓްރީގައި އެދިފައިވާނީ. އެހެން ނަމަވެސް އެޔަށް ދީފައިވާ ޖަވާބަކީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް. އެހެންވީމަ އަޅުގަނޑުމެންގެ ކޮޅުތައް ބަންދުވެފައިވަނީ. އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ ފަސޭހަ މަގެއްނެތް"

 

މާމެންދޫގެ މި ސަރަހައްދު ގިރުމާއި ގުޅިގެން ރުށްތައް ފައިބައިގެން ގޮސްފައިވާއިރު، މިއީ މިކަމުގެ ސަބަބުން ރައްޔިތުންނަށް އެތައް ދަތިތަކަކާއި ކުރިމަތިވާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢިތުބާ

    ކޮބާ މެންބަރު، އެބޭފުޅާ މިކަމަށް ހައްލެއް ހޯދުމަށް މަޖުލިސް ތެރެއިން މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރަން.

    3
    1
  2. އަބޫބޭ

    މެންބަރު ވަގުހިފަނީ އެހެންވީމަ ދާއިރާގެ ރައްޔިތުންގެ ދިމާވާ ކަންކަން ހައްލުކުރުމަށް ވަގުތެއް ނުލިބޭކަމައް އެބޭޅާ ވިދާޅުވި.

  3. ލޮލް

    މި ހުރިހާ ދުވަހެއް ފާއިތުވެ ދިޔައިރުވެސް އެންގާއަކަށް ތިކަމެއް ނޭނގުނު ދޯ. މިއަދު އަނެއްކާ ކިހިނެއްވީބާ! ރައްޔިތުން ލޮލުގަ އަދުންއަޅުވަން އުޅެނީތޯއްޗެއް. ރައްޔިތުންގެ އިތުބާރު ހޯދަން މަސައްކަތް ކުރަނީ ދޯ. ކަންދައްކަން އުޅޭ ސޮރެއް އެއީ. ލޮލް.

    1
    4
    • އަނބިފިޑި

      ކަލޭގެ އަންހެނުންނަށް ގާޒީކަން ލިބުނީ މަ ތިއުޅެނީ ސައިޒު އޮޅިގެން. ބޮޑުނުވާ ކުޑަކުއްޖެކޭ ތީ ލޮލް

    • ކަޅެހުސިންހުތާ

      އެންގާ އަކީ ހިންގުންތެރި ޤާބިލް ފަރާތެއް.. މިފަދަ ވަގުތެއްގައި ވިސްނަންވީ ރަށަށް އެންމެ ރަނގަޅު ގޮތް.. ބައިބައިވުންތަކުން ދުރުވެ އެކުލުންވެރިވުން..

  4. ވާނުވާ

    ކައުންސިލްގެ ރައީސް އަކީ މާމެންދުއަށް ހުރި ނުރައްކަލެއް، އެސޮރުގެ ކަމަކީ އެ ސޮރުގެ ވިޔަފާރި ކުރިއެރުވުން، ކައުންސިލަަށް ބޭނުންވާ އެއްޗިސް ނަގަނީ އެސޮރުގެ ފިހާރައިން ، ކުނި އުކާށޭ ކިޔާފަ އިޢުލާން ކުުރީ 1.5 ޓަނުގެ އާ ޕިކަޕަކަށް، އެކަމަކު ބޭނުން ނުކުރެވޭ ވަރުގެ 1400 ކޮންމެވެސް ވަރެއްގެ ބާ ޕިކަޕެއް އެބައިން 3 ލައްކަ ކޮންމެވެސް ވަރަކަށް ގެނެސް ، އެސްޓީއޯ ގެ ފިހާރައެއް ރަށުގަ އަޅަން އުޅުނީމަ އަމިއްލަ ވިޔަފާރި އަށް ގެއްލުން ވެދާނެތީވެ އެސްޓީއޯ އަށް ދޭން އޮތް ބިމުގަ ޕާރކެއް އަޅާފަ އެސްޓީއޯ އަަށް ބިމެއް ނުދިން ، ޖަރީމާގެ ބޮޑެއް ، އެއްވެސް ސަރުކާރަކާ ގުޅޭ މީހެއް ނޫން ، މިސޮރު ފަހަތުން ސަރުކާރު ދުވަންޖެހޭނީ ، މިސޮރަށް ހީވަނީ ޖެޓީ ކައިރީ ބުރު ބުރު ހަދާފަ ނަންޖެހީމަ އެއީ ތަރައްގީހެން ، މާމެންދޫ ރައްޔިތުން ހޭ އަރާ ،

    2
    3
  5. އަހަންމާ ތައްކާނު

    ގއ.މާމެންދޫގެ ގޮނޑުދޮށް ހަލާކުކޮށްލުމުގެ މޭސްތިރި އަކީ މިދިޔަ ކައުންސިލްގެ ރައީސް އަކަށް ހުރި ޒާޢީމް އަދި އޭނަގެ ބޭބެ ޒަބީރު.. މިކަމަށް މާމެންދޫ އެންމެން ހެކިވާނެ.. މި ދެމީހުން ހިއްސާ އޮންނަ ސްލިޕްވޭ ހިންގާ ބިމުގެ ގޮނޑު ދޮށުން ވެލި ނަގާ ނަގާ ރަށް ފަނާ ކޮށްލީ.. މީ އިއްޔެ އަކު މިއަދަކު ވީ ކަމެއް ނޫން.. މިކަމުގެ ޒިންމާ ނަގަން ޖެހޭނެ ފަރާތަކީ އެ ދެމީހުން..