ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އައްޑޫ ސިޓީއަށާއި އެ ސިޓީގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް މިހާތަނަށް އައި އިރު ވެސް ފުއްދައި ނުދޭ ކަމަށާއި ދައުރު ނިމުމުގެ ކުރިން އެ ވައުދުތައް ދެން ފުއްދޭނެ ކަމުގެ ޔަގީން ކަމެއް ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓްގެ ބަހުސްގައި، ނާޒިލްއަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ އެކި ދާއިރާތަކަށް ވަކިވަކިން އަލިއަޅުވާލާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައި، ހިތްހަމަނުޖެހުންތައް ބަންޑުންކޮށްލާފައެވެ.

އެގޮތުން 2019 ވަނަ އަހަރު މަޖިލިސް އިންތިހާބަށް ވެސް ވަރަށް ގިނަ ވައުދުތަކެއްވެފައިވާ ކަމަށާއި އެހެން ނަމަވެސް މިދިޔަ ތިން އަހަރުގެ ތެރޭގައިވެސް ވައުދުތައް ފުއްދެމުން ނުދާކަމަށް ނާޒިލް ވިދާޅުވިއެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ އިންސައްތަ އިތުރުވެފައިވާކަން ފާހަގަ ކުރައްވަމުން ނާޒިލް ވިދާޅުވީ، އައްޑޫގައި ބަންދުކޮށްފައި އޮތް ދެ ރިސޯޓު ނުހުޅުވޭތީ އޭގެއިން އެއްވެސް ފައިދާއެއް އައްޑޫ ރައްޔިތުންނަށް ލިބެމުން ނުދާ ކަމަށާއި އައްޑޫގައި އޮންނަ ޝަންގްރިއްލާ ރިސޯޓަކީ މިހާރު "އަތްމަތީ ދޫނިތައް ނިދަން އަރާ ރަށަކަށް" ވެފައިވާ ކަމަށެވެ.

"ވާކަމެއް ނެތް އެއް ކަމެއް ވެސް. އަދި ވާނެކަމެއް ޔަގީނެއް ވެސް ނޫން. ކޮށްދެވޭނެ ކަމެއްވެސް ޔަގީނެއް ނޫން. އެ ހާލަތުގައި މި އުޅެނީ" ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ، އައްޑޫގެ ބިންހިއްކުމުގެ ވާހަކައަކީ މިހާރު ބޮޑު "ޖޯކެއް" ކަމަށެވެ.

މަޖިލިސް އިންތިހާބަށް ފަހު ރައްޔިތުންގެ މަޖިލީހުގައި އައްޑޫގެ ދާއިރާތައް ތަމްސީލް ކުރައްވާ ހަތް މެމްބަރުން ހައުސިން މިނިސްޓަރާ ބައްދަލު ކުރެއްވި ކަމަށާއި ރާއްޖޭގައި އެންމެ ފުރަތަމަ ބިމެއް ހިއްކާނަމަ ހިއްކާނީ އައްޑޫގެ ބިން ކަމުގައި ވިދާޅުވެފައިވާ ކަމަށް ނާޒިމް ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް އޭގެ ފަހުން މާލެ ކައިރިން ބޮޑު ފަޅެއް ހިއްކިއިރު އައްޑޫގައި އެ މަސައްކަތް ނުފެށޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުމީދޫއާ ދެމެދު ބްރިޖުގެ ވާހަކަ މީހުން ދައްކަނީ އިގްތިސާދީ ހަރަކާތްތަކެއް ހިންގަން ބޭނުންވާތީ ކަމަށް ނާޒިލް ވިދާޅުވިއެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ބްރިޖުގެ ފީސިބިލިޓީ ސްޓަޑީ ހަދަން ފައިސާކޮޅެއް ޖަހައިދޭން ބުނުމުން އެ ވަރު ވެސް ކޮށްނުދެވުނު ކަމަށް ނާޒިލް ވަނީ ހިތާމައާއި އެކީ ފާހަގަ ކުރައްވައިފައެވެ.

"ހަމަ ވޯޓެއް އަންނަ އިރަށް ބާރުލާފައި ފަށައިގަންނާނީ ވެސް އައްޑޫ އިން، ނިންމާލާނީ ވެސް އައްޑޫ އިން،" ހިތްހަމަނުޖެހުންތައް ހިއްސާކުރަމުން ނާޒިލް ވިދާޅުވިއެވެ.

އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިވަނީ އައްޑޫގެ މަގުތަކުގެ ވާހަކަކަން ހާމަ ކުރައްވަމުން ނާޒިލް ވިދާޅުވީ، އައްޑޫގެ މަގުތައް، ހާއްސަކޮށް ހިތަދޫގެ މަގުތައް ހުރީ ހަތަރު ފުރޮޅުލީ އެއްޗެއް ދުއްވައިފިއްޔާ އޭގެ ދެފުރޮޅު އަޑިއަށްދާ ހާލަތުގައި ކަމަށެވެ. އެފަދައިން ވިދާޅުވެ ނާޒިލް ވަނީ އޭނާ އެންމެ ފަހުން އައްޑުއަށް ކުރި ދަތުރުގައި ދުއްވާފައި ދިޔަ ކާރު އެ ވަޅުގަނޑު ދޭތެރޭ ފުރޮޅު ތާށިވެގެން މަގުމެދަށް ހުއްޓުނުކަން ވެސް ފާހަގަ ކުރައްވާފައެވެ.

"މަގު ހަދަނީ، ހަދަނީ، ހަދަނީ، މިހެން ކިޔާތާ ތިން ހަތަރު އަހަރު ވެއްޖެ، އަދިއެއް އެ ކަމެއް ނުހިނގާ،" ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވަނީ އައްޑޫގެ ތައުލީމާއި ސިއްހަތު، ބޯހިޔާވަހިކަމުގެ އިތުރުން ކުނި މެނޭޖް ކުރުމާއި ނަރުދަމާ އާއި ބަނދަރުގެ ޝަކުވާތައް ވެސް ނާޒިލް ވަނީ ފާހަގަ ކުރައްވައި އެކަންކަން ވެސް ރަނގަޅު ނުވާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ގަމުގެ އެއާޕޯޓާއި އައްޑޫ ޕޯޓަކީ ދެކުނުގެ މައި ދޮރާށި ކަމުގައި ބުނެ ފޮނި ވާހަކަތައް ދައްކަމުންދާ ކަމަށާއި ނަމަވެސް އެއްވެސް ހާސިލުވެ އޭގެއިން ރައްޔިތުންނަށް ފައިދާ ލިބޭ ހިސާބަށް ކަންކަން ނުދާ ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޝުކުރިއްޔާ

    ތިބުނީ ވަގުތު ފާއިތުވިފަހުންނެއްނު ވޯޓު ދިނުމުގެ ކުރިންކީވެތަ ނުބުނީ ހަމަ އެފައިސާ މިފައިސާ އަށް ބޫތުކައިފަހުރިވަރުންދޯ ރާއްޖެއާއި ރައްޔިތުން ދަރުވާލާފަ މަނިކުފާނު އަށް ތިހެން ހީވައްޏާ އިސްތިއުފާ ދޭންވީނު ލާހިކެއްންނޫންދޯ ކަމެއްނުކޮށްދެވުނަސް އެހާބޮޑު މުސާރައެއް ދޫކޮށްލާހާ ހިއްވަރެއް މަނިކުފާނުގަޔަކު ނެތްދޯ މަނިކުފާނަށް ތިބޮޑު މުސާރަ ޙާއްޤު ވާނެކަމަށް ޤަބޫލުކުރަންތޯ ހަލާލެއް ހަރާމެއް ބަލާނެކަމެއްނެ ރައއޔިތުނަށް ކަމެއް ނުކޮށްދެވުނަސް ބޮޑުމުސާރަ ކާލަކާލާ ހުރޭ ތީދޯ މިމާމެން އޭރު އެބުނި ޙައްޤުވާމިންވަރަކީ؟؟؟

    11
  2. އަހުމަދު

    ބަރަކާތް ކެނޑިފަ އޮތް ސަރުކާރެއް ގެނައިމަ ވާ ގޮތް މީ.

    15
    1
  3. ރާއްޖެތެރެ

    ނުފުއްދާނެ ބެނުމަކި އިންޑިޔާގެ ލޯނުގަ ޖައްސާފަ އައްޑޫ އެއާޕޯޓް އިންޑިޔާގެ މިލިޓަރީ ބޭނުމައް ނެގުން.

    14
    1
  4. ނާސިރު ބުނިބަސް އެހިންތަ؟

    އައްޑޫ ސަލާމައްކުރަން އައްޑޫ މީހުން ދެދުވާން ޖެހޭ އިންޑިޔާގެ އަޑި ވަރައް ގޯސް.

    15
    1
  5. ކާފަބޭ2020

    ނާޒިލޫ ތިޔަކުރަނީރައީސްމީހާއަށްޖެއްސުން! ރައިސްމީހާބުނަނީ ކޮވިޑަށްބަލަންނުހުރެ ވައުދުފޯއްދާނަމޭ! ނާޒިލުތިބުނަނީއިދިކޮޅަށް! ކާކުގެބަހެއްގަބޫލުކުރަންވީ؟ އިތުރަށް ދޮގުނުހަދާ އެންމެންއިސްތިއުފާދޭށެވެ. ތިޔަބޭޅުން ތިޔަކުރަށްވާ އަތްނުލެވޭ ލޮލަށްނުފެންނަ ތަރައްގީބޭނުމެއްނޫން! އިސްތިއުފާދީފަ ގެއަށްސޮއްސާލާ! އޭރުންމިކަހަލަ ހާސަރު ލިޔާކަށްނުޖެހޭނެދޯ؟

    • ލަލަލާ

      އޭނަ ރުޅިއައިސްގެން އުޅެނީ އަލަށް ސިޔާސީ ކަންކަމަށް ނިކުތް ކުއްޖަކާ ޖެހި އަވަދި ވެގެން.

  6. ޙަަަހަ

    ތިދާއިރާގެ މެމްބަރު ރޮޒޭބުނުއްވި ނޫންތޯ ތިކަންކަންވާން އޮތީ ރ.ޔާމީން ގެ ވިއްކާލާގެން ފައިސާކޮޅެއް ލިބިގެންނޭ ، މިހާރު ޤައުމުވިއްކާ ފައްޓަރުވިއްކާ މީހުންގެ ގެތަށް ވިއްކާ ހިސާބަށް ގޮސްފައިމިވަނީ

  7. ރަން ރީނދޫ

    ވައުދު ނުފުއްދޭނަމަ އިސްތިއުފާ ދީ.