އދ. ދަނގެތީގައި ރަހުމު ކުޑަ ގޮތަކަށް މަރާލި މަހްމޫދު އަބޫބަކުރުގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ޖަލު ގޮޅީގެ ފާހާނައިގައި އުޅެނިކޮށް އަނިޔާވެފައިވާ ކަން ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ ސާލިމް ޖަލު ގޮޅީގެ ފާހަނައިގައި އުޅެނިކޮށް ލިބުނު އަނިޔާއާ ގުޅިގެން މި މަހުގެ ހަތްވަނަ ދުވަހު އައިޖީއެމްއެއްޗަށް ގެނެސްގެން ފަރުވާ ދީފައިވާ ކަމަށެވެ. އަދި އޭނާ އަށް ފަރުވާ ދިނުމަށް ފަހު ޖަލަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސާލިމްގެ އަތް ވަނީ ބިނދިފައެވެ.
ސާލިމް އަށް ލިބުނީ ކޮން ކަހަލަ އަނިޔާއެއްތޯ ސުވާލު ކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.
މަހްމޫދުގެ މަރާ ގުޅިގެން ސާލިމް ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ރޭ ސާލިމް ދަނގެތީ ކޯޓަށް ގެންދިޔުމުން އެ ރަށު ކޯޓުން ނިންމީ އޭނާ 15 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށެވެ. އޭގެ ފަހުން ވެސް އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދިނެވެ.
އެ ރަށު މޮނަލާޒް، މަހްމޫދު 57، ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ އޭނާގެ އުފަންގޭގެ ވަޅެއްގެ ތެރެއިން މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ ތުހުމަތު ކުރެވުނީ ދަނގެތީގައި އުޅޭ ދެ ބީރައްޓެހިންނަށެވެ. ތޮއްޑޫ އަށް އުފަން އެ ދެ މީހުންނާ ދޭތެރޭގައި ދަނގެތި މީހުން ޝައްކު ކުރި ނަމަވެސް ސާލިމްއާ މެދު ތުހުމަތު ކުރެވުނީ އޭނާ ދިރިއުޅޭ ގެއިން މީހަކަށް ފެނުނު މަންޒަރުންނެވެ.
އެމީހާ ބުނި ގޮތުގައި ސާލިމް ދިރިއުޅޭ ގެއިން އެ ރޭ ނުވައެއް ޖަހާކަން ހާއިރު، މީހެއްގެ ހަޅޭކުގެ އަޑު އިވިގެން ބަލާލި އިރު، ގޭތެރެއިން އެއްޗެއް ދަމާފައި މީހަކު ގެންދާ މަންޒަރު ފެނުނެވެ. އެ މައުލޫމާތު އޭނާ އެންމެ ފުރަތަމަ ހިއްސާ ކުރީ އާއިލާގެ މީހަކާއެވެ. އެކަމަކު ފަހުން އެކަން ފުލުހުންނާ ހިއްސާ ކުރުމުން ފުލުހުން ވަނީ ސާލިމް ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައެވެ.
މަހުމޫދުގެ މަރާލި ރޭ ކަން ހިނގައިދިޔަ ގޮތް ސާލިމް ކިޔައި ދިން އިރު، އޭނާ ދިރިއުޅޭ ގޭގައި ވަޅުލާފައި ހުރި ގިނަ ތަކެތި ވެސް ވަނީ ހޯދައިފައެވެ.
ފުލުހުން ބުނެފައި ވަނީ އޭނާ ފިޔަވައި އިތުރު އެއްވެސް މީހަކު މަހުމޫދު މަރާލުމުގައި ބައިވެރިވި ކަމުގެ ހެއްކެއް ލިބިފައި ނެތް ކަމަށެވެ. އެނގިފައިވާ ގޮތުގައި މަހްމޫދު މަރާލީ، ފައިސާ ދިނުމަށް އެދުމުން އެކަމަށް އިންކާރު ކުރުމުންނެވެ.މަހުމޫދުގެ ހަށިގަނޑު ކޮނޑަށް ލައިގެން ސާލިމް ދަނިކޮށް ކެމެރާއަކަށް ވެސް ވަނީ އަރައިފައެވެ.
ފާޚާނާތެރޭ އުޅެނިކޮށް އަމިއްލައަށް ލިބުނު އަނިޔާއެއް ވެސް ހާމަނުކުރެވޭ.
އަހަރުމެންގެ ޤައުމުގެމީހުން މަރާފަތިބޭ އަނިޔާވެރި ބިދޭސީމީހަކު ތަނަކުން ވެއްޓުނަސް ނޫހުގެ ޚަބަރަކަށް
ފާހާނާގައި އަނިޔާއެއް ވާންޖެހެނީ ކީއްވެ؟ ގޮލިތަކުގެ ފާހާނާ ކުރަން ހަދާފައިވާ ތަނަކީ އެހާބޮޑު ޖާގައިގެ ތަނެއްނޫން. ޖަލުތަކުގައި ގައިދީންނަށް އަނިޔާކުރާ ވާހަކަ އަކީ މާކުރިން އަޑުއަހާވާހަކައެއް. އެކަމަކު ޖަޒީރާ ރާއްޖެ އަށް އަނެއްދިވެހިރާއްޖެއެއް ލިބިއްޖެޔާ އެކަންތައްތައް ތަކުރާރުނުވާނޭ ކެނޑި ފޮނިއަނގަތައް މިވަނީ މިއަދު ބިޅާހަކަށްވެފަ
ފިލަން ހޮސްޕިޓަލަށް ދާން ބޭނުމަކީ.، ވަރަށް ރަނގަޅަށް ތީނާގެ ސެކިއުރިޓީ ބަލަހައްޓަން ޖެހޭނެ