ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދުވެސް މޫސުން ގޯސްްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު ނެރުނު ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފިއެވެ.

މެޓް އޮފީހުން މީގެ އިރުކޮޅެއް ކުރިން ވަނީ ނެރުނު ހުދު ސަމާލުގެ މުއްދަތު މިރޭ 20:00 ޖެހުމާއި ހަމައަށް އިތުރުކޮށްފައެވެ.

މެޓް އޮފީހުން ވިދާޅުވީ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް މޫސުން މޫސުން ގޯސްވާނެ ކަމަށެވެ.

އަދި މި ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، މި ސަރަހައްދުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ބުނެފައި ވެއެވެ.

މެޓް އޮފީހުން މިއަދު މޫސުން ކުރިއަށް ލަފާކޮށް ބުނެފައި ވަނީ ރާއްޖޭގެ ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ބުނެފައި ވެއެވެ.