މިހާރު ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކުރިއަށްގެންދާ ލިވިންގް އެކްސްޕޯގައި އެޗްޑީސީން އާއްމުންނަށް މައުލޫމާތު ދޭނީ ވިނަރެސް އާއި ރީތިގަސް ރެޒިޑެންސް އަދި ސްމާޓް އޯޕެން ނެޓްވޯކްއާ ގުޅޭގޮތުން ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވަމުންދާ މި އެކްސްޕޯއަށް ގިނަބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ. މާދަމާގެ ނިޔަލަށް މި އެކްސްޕޯ ކުރިއަށްދާނެއެވެ.

ލިވިންގް އެކްސްޕޯގެ ތެރެއިން -ވަގުތު އިމޭޖްސް: އަޝްހާރު އަބްުދުﷲ

މި އެކްސްޕޯގެ ސަޕޯޓިންގ ޕާޓްނަރެއްކަމަށްވާ އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ ސްޓޯލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރީތިގަސް ރެޒިޑެންސް އާއި ގުޅޭގޮތުންނާއި ވިނަރެސް ފްލެޓްތަކާއި ގުޅޭގޮތުން މައުލޫމާތު ދޭނެ ކަމަށެވެ.

ރީތިގަސް ރެޒިޑެންސްއަކީ ހަ ޓަވަރު ހިމެނޭ 14 ބުރީގެ ބޮޑު އެޕާޓްމެންޓް ކޮމްޕްލެކްސްއެކެވެ. މިއީ ސްޓޭންޑާޑް އަދި ޑިލަކްސް ކެޓަގަރީގެ ތިން ކޮޓަރިން ފެށިގެން އެއް ކޮޓަރީގެ އެޕާޓްމެންޓްތައް ހުންނަ އިމާރާތްތަކެވެ. މި ޓަވަރުތައް އަޅަނީ ހުޅުމާލެ ރީތިގަސް މަގުގައެވެ.

އެޗްޑީސީން މައުލޫމާތުދޭގޮތުގައި މި އެޕާޓްމެންޓްް ކޮމްޕްލެކްސް ތަރައްގީ ކުރަނީ ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ގާތުން ލިބޭނެ ގޮތަށް ކަމަށެވެ. އެގޮތުން ފިހާރަތަކާއި، ރެސްޓޯރެންޓްގެ އިތުރުން، ޖިމް ފެސިިލިޓީވެސް މި ޓަވަރުތަކުން ލިބެން ހުންނާނެ ކަމަށް ބުނެފައި ވެއެވެ. އަދި ކުޑަކުދިންނަށް ކުޅޭނެ ހާއްސަ ސަރަހައްދަކާއި، ޕޫލްވެސް ގާއިމްކޮށްފައިވާނެ ކަމަށް އެޗްޑީސީން ބުނެފައި ވެެެއެވެ.

ލިވިންގް އެކްސްޕޯގެ ތެރެއިން އެޗްޑީސީ ސްޓޯލްގައި ގިނަބަޔަކު -ވަގުތު އިމޭޖްސް: އަޝްހާރު އަބްުދުﷲ

ރީތިގަސް އެޕާޓްމެންޓްތަކަށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް އެއްކޮށް ފައިސާ ދެއްކޭ ގޮތަށްވެސް ހެެދޭނެއެވެ. ނޫނީ އެޗްޑީސީން ދީފައިވާ ޕޭމަންޓް ޝެޑިއުލްގައިވާ ގޮތުގެ މަތިން ޕްރޮޖެކްޓް ނިމުނު ތާރީހާ ހަމައަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށްވެސް ހެދޭނެއެވެ. ނޫނީ ބޭންކް މެދުވެރިކޮށްވެސް މި އެޕާޓްމެންޓްތަކަށް ފައިސާ ދެއްްކޭނެއެވެ.

ރީތިގަސް ރެޒިޑެންސްގެ ޓަވަރުތަކުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި އިމާރާތްތަކުގެ 20 އިންސައްތަ ސްޓްރަކްޗަރ ވަނީ ނިމިފައެވެ.

އެޗްޑީސީން ބުނީ، އެ ޓަވަރުތަކުގެ މަސައްކަތް އަންނަ އަހަރު ފަހުކޮޅު ނިމޭނެ ކަމަށެވެ.

މީގެ އިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ވިނަރެސް ފްލެޓްތަކާއި ގުޅޭ މައުލޫމާތުވެސް ސްޓޯލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބިގެން ދަނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަދުރޭ

    ކިހާ ބޮޑެތި މަޝްރޫޢުތައް ތޯ ސޮލިއްޓޭ ގެ ސަރުކާރުން ރައްޔިތުންނަށް މި ހިންގައިދެނީ ؟ މި ރާއްޖެ މިހާރު މިއޮތީ ސިންގަޕޫރު ފެންވަރުގައި . އަންމަބެ ހެދިފަ ތިބޭ

    2
    1
  2. ވވވވ

    ތިހުރިހާ މޮޅެއް ލިބޭނީ ފައިސާ އޮހޭ މީހުންނަށް އަހަރުމެން ިކަމެތިން ވާނީ ހަމަ ނިކަމެތި...މީތަ ޤައުމުގެ ޕޮލިސީިއަކީ