އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު އަލީ އަޝްރަފު އެ ކޮމިޝަނުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އަޝްރަފް އިސްތިއުފާ ދެއްވި ސިޓީ، ރައީސް އޮފީހަށް ހުށަހަޅާފައިވާ އިރު، އޭނާ އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާ ގުޅިގެންނެވެ.

އޭސީސީގެ ގާނޫނުގައިވާ ގޮތުން ކޮމިޝަނުގެ މެންބަރަކު އިސްތިއުފާ ދެއްވަން ބޭނުން ނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅަން ޖެހެއެވެ. އަދި އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ކޮމިޝަނުގެ މެންބަރު ކަމުން ވަކިވާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ.

މިއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އޭސީސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން މަގާމުން އިސްތިއުފާ ދެއްވި ފުރަތަމަ ބޭފުޅާއެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަންގައި ދެން ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާ އާއި މެމްބަރު އިބްރާހިމް ޝަކީލް އާއި މެމްބަރު އައިޝަތު އަބްދުﷲއެވެ.

އަޝްރަފު މަގާމުން އިސްތިއުފާ ދެއްވި އިރު އޭސީސީގެ މަސައްކަތްތައް ވަރަށް ބޮޑަށް ލަސް ކަމަށް ބުނެ އާންމުންގެ ޝަކުވާ އިންތިހާ އަށް އެބައޮތެވެ. ހާއްސަކޮށް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގު އެކަށީގެންވާ ބާރުމިނެއްގައި ނުދާތީ އާންމުންގެ ފާޑު ކިއުން ވެސް އެ ކޮމިޝަނަށް އަމާޒުވެފައިވެއެވެ.

ކޮމިޝަންގައި ތިއްބެވި ފަސް މެމްބަރުންގެ މަސައްކަތާ ގުޅޭ އޮޑިޓަކަށް ފަހު، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރައްވާ މެމްބަރުން މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދާދި ފަހުން ވަނީ ނިންމައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހާމިދު ޝާހިދު

    އޭނާއަކީ ވަރަށް ގޮތެއްގައި ހުންނަވާ ހެޔޮލަފާ ރަނގަޅު ބޭފުޅެއް. އެމްޑީޕީ މެމްބަރެއްކަމަކު، ހައްގަށް އޭނާ ވާހަކަ ދައްކާނީ. ފަހަރުގައި ވެދާނެ، މިސަރުގެ ޒީރޯ ޓޮލަރެންސް ގެ ދަށުން، ފާއިތުވީ 3 އަހަރު މާކަ ބޮޑުކަމެއް ނުކުރެވުނީކަމަށް. މިސަރުކާރަށް ނިސްބަތްވާ މީހެއްގެ މައްސަމައެއްނަމަ އެމީހުންގެ ޕްރެޝަރ ބޮޑުވީކަމަށް...!

    2
    1
  2. ޢހ

    އިސްތިއުފާ ދިނީ ސަރުކާރުން ބުނާހާ ގޮތަކަށް ކަންތައް ކުރަން ބޭނުންނުވާތި.

  3. ނ

    ޢަސްރަފު އިސްތިއުފާ...ދެއްވީ...ސްޓެލްކޯ...ފެނަކަ ...ހެލްތް މިނިސްޓްރީގެ ބޮޑެތި ކަރަޕްޝަން މައްސަލަތައް ނުބަލާން
    ޜައީސް އޮފީސް ތެރެއިން އަމުރު އަންނަ ވަރުން...އަލީ ޒާހިރު. ސަމީރު މެންގެ ބިރު ދައްކާ ވަރުން

    3
    1
  4. ނާދިރާ

    އަޝްރަފަށް ކޮންމެ ގޮތެއްވިޔަސް މޑޕ ވަރެއް ނޯންނާނެ. ހެޔޮވިސްނުން ދެއްވާށި