37 އަހަރުގެ ހިދުމަތަށް ފަހު ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، ސިފައިންގެ ހިދުމަތުން ރިޓަޔަރ ކުރައްވައިފިއެވެ.

މިއަދު ބަންޑާރަކޮށީގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވުމާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސިޓީފުޅާއި އަދި މެޑަލް ބޯޑު، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ އާ ހަވާލުކޮށްދެއްވީ މާރިޔާއެވެ.

މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލުގެ ސިޓީފުޅާއި އަދި ފޮޓޯ ބޯޑު ހަވާލުކޮށްދެއްވީ ޝަމާލެވެ. ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ ރިޓަޔަރމަންޓްގެ ރަމްޒީ ކާރޑް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފެވެ

ޒަކަރިއްޔާ ސިފައިންގެ ހިދުމަތާއި ގުޅިލެއްވީ 1984 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހުއެވެ. މިވީ ދިގު މުއްދަތުގައި އޭނާ ވަނީ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އަގުހުރި އިސް ހިދޔމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގައި އެންމެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގައެވެ. ކޯސްޓްގާޑުގައި އޭނާ ފުރުއްވި މަގާމުތަކުގެ ތެރޭގައި ކޯސްޓްގާޑްގެ ޑިރެކްޓަރ ޖެނެރަލްގެ،، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގެ އިތުރުން ކޯސްޓްގާޑުގެ ކޮމަޑާންޓްގެ މަގާމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

އެގޮތުން ކޯސްޓްގާޑުގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ކުރިއެރުވުމުގައި ޒަކަރިއްޔާ ވަނީ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ކޯސްޓްގާޑްގައި ފުރުއްވި މަޤާމުތަކުގެ އިތުރުން ސިފައިންގެ އެކިއެކި ދާއިރާތަކުގައި ފުރުއްވި އެހެނިހެން މަގާމުތަކުގެ ތެރޭގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމާއި، ސިފައިންގެ އެކުވެރި ކުންފުނި އަދި ސިފައިންގެ ކޯޕަރޭޓިވްގެ މެނޭޖުމަންޓް ކޮމިޓީގެ ޗެއަރމަންކަމާއި، ޓްރެއިނިންގެ އެންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި، ކައްދޫ އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުކަމާއި އެމްއެންޑީއެފްގެ ޗީފް ސްޕޯކްސް ޕާސަންކަންސް އޭނާ ކުރައްވާފައި ވެއެވެ.

ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވި އިރު ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ހުންނެވީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮވިޑް

    ބަލަ މިވަރު ކަމެއް ހިންގާ ދިޔަ އިރު ރައްޔިތަކަށް ހަމަ ރޭކާވެސް ނުލަނީ ތޯ؟

  2. Anonymous

    ވަރަށް އިހުތިރާމް ކުރަން..

    5
    5
  3. ޒިމްޒިމް

    65 އަހަރޭ ކިޔާފައި ޤައުމަށް ޙިދުމަތްކޮއްދެއްވަމުން ގެންދަވާ ރަގަޅު ބޭފުޅުން ރިޓަޔާ ކުރައްވަން މަޖްބޫރު ކޮއްފައި އޮތުމަކީ އަހަރެން ވަރަށް ހިތާމަކުރާކަމެއް..މިހާރުގެ ޒުވާނުންނަކަށް އެބޮޑު މަސްއޫލިއްޔަތު އަދާއެއްނުކުރެވޭ..

    21
    2
  4. ޙައްގުބަސް

    ވަޒީފާއިން ރިޓަޔާކުރި ލިއުމާއެކު ހަމަ އޭނާ އަދާކުރި މަގާމު އޭނާއާ ވަނީ ޙަވާލުކޮށްފަ!! އެއީ ތިޔަބުނާ ކައުންޓަ ޓެރަރިޒަމްގެ ހެޑްކަން!! ތަފާތަކީ ދެން މިހާރު ޔުނިފޯމް ނޭޅޭކަން!! ދެން ސިފައިންގެތެރޭ ނިދާ ފެންވަރާ ނުހެދޭނެ!!

  5. ޝާހް

    ‏الحمد لله

  6. އުގުރި

    ކުރެވިފައިވާ ކަންތައްތަކުގެ ސަބަބުން ސަލާމަތް ނުވާނެކަން އެގޭތީ އަވަހަށް ރިޓަޔަރ ކުރެއްވީދޯ.

    10
    3
  7. މަޝްރޫޢު

    ބަލަގަ ކެނެރީގެ ނަޝީދު އަވަހާރަކޮށްލުަމަށްޓަކައި ބާރުގަދަ ނުރައްކާތެރި ބޮޑު ބޮމެއް ތައްޔާރުކުރަމުން ދިޔައިރު ރައްޔިތަކަށް އެކަމުގެ ހިލަމެއްވެސް ނުވަނީތޯއެވެ. ހުރިހާ ކަމެއް އެގެންޖެހޭނީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލައް އެކަނިތޯއެވެ.