ދިއްދޫން އިތުރު 11 މީހަކު ކޮވިޑް-19 އަށް ފައްސިވެ ޖުމްލަ ފައްސިވެފައިވާ މީހުންގެ އަދަދު 172 އަށް އަރައިފިއެވެ.

ދިއްދޫގައި ހުންނަ އެ އަތޮޅު، އަތޮޅު ހޮސްޕިޓަލުން އާއްމު ކޮށްފައިވާ ކޮވިޑްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު ފައްސިވެފައިވާ 11 މީހުންނަކީ މިއަދުގެ ހަވީރު 18:45 އާއި ހަމައަށް ނަތީޖާ ލިބި ފައްސިވެފައިވާ މީހުންނެވެ.

އެ ހޮސްޕިޓަލުން ބުނީ ދިއްދޫން މިހާތަނަށް ޖުމަލް 2120 މީހެއްގެ ސުންކު ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން މިހާތަނަށް 172 މީހަކު ފައްސިވެފައިވާއިރު، މިވަގުތު ކޮވިޑް ޖެހިފައި ތިބި 101 މީހަކު އެބަ ތިބި ކަމަށެވެ.

ދިއްދޫން ނަގާފައިވާ 249 ސުންކެއްގެ ނަތީޖާ ލިބިފައި ނުވާއިރު، މިހާތަނަށް އެރަށުން 71 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. އަދި އެރަށުން ދެ މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވެފައި އޮންނަތާ ދުވަސްކޮޅެއް ފަހުން އަނެއްކާ ވެސް މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންކަން ފާހަގަ ކޮށްލެވެއެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަގޭ ހިޔާލު

    ކޮންމެސް ވަރެއްގެ ފިޔަވަޅު ތަކެއް އެބަ ޖެހޭ އަޅަން މިހާރު.
    ނޫނީ ކުރިޔަ އޮށް ބަންދަށް ގިނަ މީހުން ޗުއްޓީއަށް ރަށަށް ފާއިރު މިހާރު ފިޔަވަޅު ތަކެއް ނޭޅިއްޖެ ނަމަ ގޯސްވާ ހިސާބަ ހިނގައިދާނެ

  2. ދިެއްދޫގެ ޒުވާނެއް

    ހއ.އަތޮޅު ހޮސްޕިޓަލްގެމަސައްކަތްކުރާ މުއައްޒަފުންގެ ހިދުމަތެއް މިސަރުކާރަކުން ބަލައެއްނުގަންނާނެކަން ވަރައްސާފު ކޮބައި ކޮވިޑުޖެހެގެން ރެޔާދުވާލު ވާރެއެއް އައްވެއްނުބަލާކުރިމަސައްގެ އުޖޫރަ ކޮބައިދޭންބުނި އެލަ ވަންސް މިހާރު ތިންއަހަރާކާރިކޮއްފި އަދިވެސް އެއްވެސްމީހަކައް ލޯލާރި ވެސްނުދޭ ދަރިބާރުގޭގެތިބޭ މަޖާކޮއްޑާސްކޮއް ހިފާ ހޭބަލިވެ ރޯއި ހަދަމުންދާއިރު އެލްވަންސު ގޮތުގާ ފަންސާސްހާސް އެއްލަކައް ނަގަމުންދާއިރު ހަބަރުތައްބުނާގޮތުގާ މިހޮސްޕިޓަލުގެމީހުންވަނީ މިފައިސާއިން މހުރޫމުވެފައި ކޮބައި އިންސާފު ސަރުކާރައްގޮވާލަން މިވެރިންނައް ވީހާވެސް އަވަހަކައްފައިސާކޮޅުދިނުމަން ކެރަފައިނަސީމި މިކަން ބައްލަވާއިންސާފުހޯދަދީ؟؟