ހދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ %53 މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށްޓަކައި ކޮންކްރީޓް ގާ އެތެރުމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 6،363.1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި 204 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 266 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި 160 މީޓަރުގެ ސަރަަައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 1،330 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރު ކުރުން ހިމެނެއެވެ.

މި މަޝްރޫއަށް 32.2 މިލިއަން ރުފިޔާ ހަރަދު ކުރެއެވެ.