ރާއްޖެއިން ބޭރަށް ދަތުރު ކުރާ މީހުން ދުރާލާ ވީހާވެސް އަވަހަށް ވިސާގެ ކަންތައް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ޗުއްޓީއަށާއި، ވިޔަފާރިއަށް، އަދި ތައުލީމު ހާސިލްކުރުމަށާއި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުން ފަދަ ކަންކަމުގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ވިސާ ނަގަން ޖެހޭނަމަ، ވިސާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަކީ އެ މިިނިސްޓްރީން ކޮންސިއުލާ ހިދުމަތްތަކުގެ ތެރޭގައި ހިމެނިފައި އޮންނަ ކަމެއް ކަމަށެވެ.

ނަމަވެސް މިފަދަ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ވިސާގެ ކަންކަން އޮންނަ ގޮތުގެ މައުލޫމާތު ސާފު ކުރުމަށް އެދޭ ކަމަށް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

މިނިސްޓްރީން ވިދާޅުވީ، ވިސާއަށް އެދި ހުށަހަޅާއިރު ލިޔެކިޔުން ފުރިހަމަތޯއާއި، ހުށަހަޅަނީ ދަތުރުކުރުމަށް ބޭނުންވާ ކެޓަގަރީގެ ވިސާއަށްތޯ ކަށަވަރުކުރުމަކީވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އަދި މިކަންކަން ކުރުމަށް އެވްރެޖްކޮށް ދޭއް ނުވަތަ ތިން ހަފްތާ ވަރު ބޭނުންވާ ކަމަށް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

"އެފަދަ އެހިތެރިކަމްށް ބޭނުންވާ ފަރާތްތަކުން، އެހާ މުއްދަތު އޮށްވާ ހުށަހެޅުން ވަރަށް މުހިންމު". މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

މިނިސްޓްރީން ވިދާޅުވާގޮތުގައި، މި ދުވަސްވަރަކީ ކޮވިޑް-19ގެ ސަބަބުން، އާއްމުކޮށް ވިސާ ނެގުމުގައި ހޭދަވާ މުއްދަތަށްވުރެ ދިގު މުއްދަތެއް ހޭދަވާ ދުވަސްވަރެއްކަމަށްވުމާއެކު، މިކަމަށް އިތުރު ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު ނީޒް

    ޚަބަރެއް ޖަހާއިރު އެޔާ ގުޅުން ހުރި ފުރިހަމަ މައުލޫމާތު ޖަހާދެވިދާނެތޯ ? މިސާލަކަށް އާއްމުކޮށް ދިވެހިން ދާ ކޮން ކޮން ޤައުމަކުން ކޮން ކޮން ވިސާއެއް ކަން ނަގަން ޖެހެނީ. ޢެހެން ނޫނީ މީހުން ކޮންފިޔުޒް ވަނީ. ރާއްޖެ ތެރޭ އުޅޭ ގިނަ މީހުންނަކީ ވިސާ ނަގަން ޖެހިއްޖެއްޔާ ވަރަށް ތަކްލީފާ ޚަރަދު ކުރަން ޖެހޭ ބައެއް . މިކަހަލަ ޚަބަރު ޖެހީމަ އެމީހުން ވަރަށް ޕްރެޝަރަށްދޭ.

  2. ގެދަބުޅި

    ދެން އެންމެ ރަނގަޅުވާނެ ޢާއްމުން ކޮންމެ ގަނައެއްތެޅުނަސް. ދެމަގާމު ފުރުމުގެ ބޭނުމުގައި ފޮރިން ސާރވިސް ސިވިލްސާރވިސްއިން ވަކިކޮށްގެން އިންޑިޔާއިން ގަނެދިން ބޮޑުގޮނޑީގައި ވެޑުވިގެން އިންނަވާވެސް ހަމަކިޔަންވީ ދިވެހިން ފަޚުރުވެރިވާނޭ ދިވެހިންނަށް ފަސޭހަ ވާނޭ. އެމީހެއްގެ އަމިއްލައެދުން ފުދުނީމާ ވަޢުދުފުއްދިކަމަށްތާ ވާނީ.