ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ވަޑައިގަންނަވާތީ، ސެކިއުރިޓީ ބޭނުމަށް ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގާއި، ފަޅުތެރެ ބަންދުކުރަން ނިންމާފައިވާކަން އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

އެމްއޭސީއެލް އިން ބުނީ، ރަސްމި ދަތުރުފުޅެއްގައި ޝައިހް ހަސީނާ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވާތީ ވެލާނާ އިންޓަނޭޝަނަލް ޓާމިނަލްގެ އުތުރު ކަންމަތިން ފެށިގެން ކާގޯ ބިލްޑިންގް ދެކުނު ކަންމައްޗާއި ހަމައަށް ހުޅުލޭގެ އެއްގަމުގައާއި، ފަޅުތެރޭގައި ވަކި ގަޑިތަކެއްގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުން މަނާ ވާނެ ކަމަށެވެ.

އެގޮތުން އެ ދުަހުގެ މެންދުރު 12 އިން ހަވީރު 4 އަށް އެ ސަރަހައްދުގެ ފަޅުތެރެއަށް އެއްވެސް އުޅަނދެއް ވަދެ ނުކުތުން، އަދި ފަޅުތެރޭގައި އުޅަނދު ބެއްވުން މަނާވާނެ ކަމަށް ބުނެފައި ވެއެވެ. މި ވަގުތުގައި ކަނޑު އުޅަނދުފަހަރަށް ބޭނުންކުރެވޭނީ ހަމައެކަނި ހުޅުލޭގެ އެންމެ ދެކުނުގައިވާ ނެރެވެ.

މީގެ އިތުރުން އެ ދުވަހު މެންދުރު ފަހު 2 އިން ހަވީރު 4 އަށް މި ސަރަހައްދުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުން މަނާ ވާނެ ކަމަށް ބުނެފައި ވެއެވެ. މި ވަގުތުތަކުގައި ފުލުހުންގެ އިރުޝާދާއި އެއްގޮތަށް އިންޓަނޭޝަނަލް ޓާމިނަލްގެ އުތުރު ކަންމަތިން އާންމު އުޅަނދުފަހަރު އަނބުރާލެވޭނެ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ފުލުހުންގެ އިރުޝާދާއި އެއްގޮތަށް މިވަގުތުގައި އެ ސަރަހައްދުން ހިނގާ ބިނގާވެ އުޅެވޭނެ ކަމަށް ބުނެފައި ވެއެވެ.

ހިނގާ ބިނގާވެ އުޅުމާއި، ދުއްވާ އެއްޗެހި ދުއްވުން މުޅިން މަނާ ވަގުތުކޮޅެއް އަންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިން ބުނީ މި ވަގުތުތަކުގައި އެމްޓީސީސީގެ ބަސް މަޑުކުރާނީ ވެސްޓާން ޕާކިންގް ޒޯނަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަތްރެވި

    ކޮންހާ މޮޔައެއް ވާކަށް!!! ބަންގާޅު ތަޅާ ސުންނާފަތި ކުރި ޑަކައިތު ގެންނަން ކޮންމެހެން އަހަރުން މޮޔަވާކަށް ނުޖެހޭ!!!

  2. Anonymous

    މާލެ އަދި ހުޅުމާލޭގެ ގެތަކުން މީހުން ނިކުތުންވެސް މަނާ ކުރަން ފެނޭ.

    9
    1
  3. ބަބޫ

    ބަލައިގެން އުޅޭތި އޭނަވެސް އަދި ގެންނަމީހުންވެސް ޕާސްޕޯޓް އެއްލާލަފަ ފިލައިފާނެ. ބަނގުކަދޭޝްމީހުންގެ ހުންނަ ކަމެއް އެއީ

    8
    3
  4. މާތީ

    ދެން ކިހިނެއް ހަސީނާ ތިތަނުން ނެރޭނީ ތިހާވަރަށް ބަންދުކޮށްގެން. އަނބުރާ ފޮނުވާލުން ތަ ވިސްނުމަކީ. ޖަސްޓް ކިޑިންގ

    11
  5. ޒުހޫ

    ހާދަ ހީވެޔޭ ހަސީނާ އައްނަނީ ވަރަށް ބައިވަރު ސާމާނު ހިފައިގެން ހެން