ބަންގަލްދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުން ރާއްޖެއަށް 13 އަސްކަރީ އުޅަނދު ހަދިޔާކުރަން ހަމަޖެހިއްޖެއެވެ.

މިއީ ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން ހަދިޔާކުރާ އުޅަނދުތަކެކެވެ. އެގައުމުން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ އަސްކަރިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ހަސީނާގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާހަކަފުޅުތަކުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއްވައެވެ.

އަދި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތަޢުލީމަކީ މިހާރުވެސް ދެ ޤައުމުގެ ދެމެދު ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތަކެވެ. ދެ ޤައުމު ދެމެދު ސޮއިކުރެވޭ މި އެއްބަސްވުންތަކާއެކު ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ ހަރަދަނާވެގެންދާނެއެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޮމެން އެ ގައުމުގެ ނޫހަކަށް ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި ބަންގްލަދޭޝްގެ ގައިދީން އެ ގައުމަށް ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުންވެސް އެކަށީގެންވާ ކަމަށެވެ.

މި އަހަރުގެ މާޗް މަހު ރައީސް ސޯލިހު ބަންގްލަދޭޝްއަށް ކުރި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ވިޔަފަރީގެ ގުޅުން ބަދަހިކުރުމާއި ފަތުރުވެރިކަން ފުޅާކުރުން އަދި މަސްވެރިކަމުގެ އިތުރުން ސިއްހީ ދާއިރާއިން ދެ ގައުމުގެ ގުޅިގެން މަސައްކަތްކުރުމަށް އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ.

އޭގެ ފަހުން މިދިޔަ މަހުގެ ފަހުކޮޅު ނައިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ ބަންގްލަދޭޝްއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޝޭހް ހަސީނާގެ އިތުރުން ބަންގްލަދޭޝްގެ ރައީސް އެމްޑީ އަބްދުލް ހަމީދުއާ ބައްދަލުކުރައްވާފައެވެ.

ރާއްޖެއާއި ބަންގްލަދޭޝްގެ މެދުގައި ހާރިޖީ ގުޅުން ގާއިމްކުރެވުނީ 22 ސެޕްޓެމްބަރ 1978 ވަނަ އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މ ޢަބްދުﷲ

    ބަންގްލަދޭޝުން ރާއްޖެއަށް 13 އަސްކަރީ އުޅަނދު ހަދިޔާކުރަނީ

    32 ސިކުންތު ކުރިން ( ޑިސެމްބަރު 21, 2021 )

    ގެރިންނާ ވެރިން ފެނޭތަ؟

    India out # India out # India out #
    India out # India out # India out #
    India out # India out # India out #

    18
    5
  2. ސުވާލެއް

    13 އުޅަދާއެކު "އެތަކެތި ބަލަހައްޓަން" ބަންގްލަދޭޝް ސިފައިންގެ ކިތަކަށް ބޭފުޅުން ރާއްޖޭގައި ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައި ބައިތިއްބަން އެއްބަސްވެފައިވޭބާ؟

    28
    5
    • އަސްކަރީ

      13 * 25 = 325 ސިފައިން

  3. ނަން

    އަނެއްކާ ބަންގާޅު ސިފެން މިތާ ކިހާ ދުވަހަކު ހުނާނެ ބާ

    25
    2
  4. ކޮވިޑް

    މައުމޫނީ ހިލާފަތުގެ ކަޑަ ޖެހުމުގެ އުސޫލް ސޯލިހުގެ ހިލާފަތުގާ ދަމަހައްޓަން ފޫގަޅާފަ. އެއް އަތޮޅެއްގާ ދެ އެއަރ ޕޯޓް އަޅަން މިދެން ޖޯކެއް ދެއްތޯ؟ މީނާ ހޭބަލިވެގެން ނައިފަރާ ހިންނަވަރުގަ ވެސް އެއަޕޯޓް އަޅަން އިއުލާނު ކޮށްފާނެ ދޯ؟

    2
    1
  5. ލުޓޭރުންގެ ސަރުކާރު

    ބަންގާޅުވެ ސް އިންޑިޔާއަށްވުރެ ރަގަޅުތާ..ދޮންއަނބު ފޮށިގަޑެއްވެ ސް ދީފި އަނެއްކާ އިންޑިޔަންދީފްގެ ސިފައިން މާވަހަރު ހިމާޔަތްކުރަން ވީލްބަރޯކޮޅެދެނީ..

  6. ހަސަން ފޭދޫ

    އަދިވެސް އަސްކަރިއްޔާ އަށް. އެކަމް މީ ކައިގެން ޕީޓީ ހަދާފަ ނިދަންތިބޭ ބައެއް. ފުލުހުންގެ ތެރޭހުންނަ މީހަކަށް 2 ސިފައިން. ކޮންމެ އުޅަނދަކަށް 4 އުޅަނދު. ކޮންމެ ބިމަކަށް 2 ބިން މިމީހުން ބޭނުންވޭ. ކުރާކަމެއް ހަރާން.

    2
    2
  7. މުހޮނދު

    ތި އުޅަނދުތައް ބޭނުންކޮށް ބެލެހެއްޓުމަކީ މިވަގުތު އޮތް ސަރުކާރަށް ބެލެހެއްޓުމަށް ކުޅަދާނަކަމަކަށް ނުފެނޭ. އިންޑިޔާގެ ކިތައް ސިފައިން ތި އުޅަނދުތައް ބެލެހެއްޓުމަށް ބޭނުންވާނެތޯ؟

    1
    1
  8. ހަލަމްގަން

    ޝުކުރިއްޔާ ހަސީނާ ކަލޭ އައިސް ދާއިރު މިތާއުޅޭ ކަލޭގައުމުގެ ކުދިންކޮޅެއް ގެންގޮސްބަލަ ހާދަބައެކޭ މިތާމިއުޅެނީ

  9. ސަންފައްތަ

    އަނެއްކާ ތި އުޅަނދުތައް ބަލަހައްޓަން ހަސީނާ ދައްތަ ޖެހޭނެ ސިފައިން ފޮނުވަން. ދެން މިގައުމުގެ ސިފައިންގެ އުވާލަން ފެންނަނީ.

  10. މޯދީ

    އުޅަނދުތައް ބަލަހައްޓަން މިތާ ހުންނާނީ ހަމައެކަނި ހަސީނާ ދައްތަ.

  11. ބުއްޅަބޭ

    13 ޕިކަޕުތަ؟

    1
    1
  12. ސަޓޯ

    6 ފޫޓުގެ 13 ބޮއްކުރާ ދޯ ؟؟؟

    1
    1
  13. ސޮއްބެ

    މިހާރުވެސް މާރުކޭޓު ސަރަހައްދުގައި ރައްޔިތުން ނިކުމެ ބަންގާޅި ގޮލައެއް ހިފަހައްޓައިގެން އެބައުޅޭ ވަގަށް ނަގައިގެން އުޅޭ ގުރެއިންޑަރެއް ވިއްކަން އުޅުމުން.....

    1
    1
  14. Anonymous

    މިސަރުކާރުގެ ބޭނުމަކީ މިގައުމުގެ އަސްކަރިއްޔާ އަކީ އެއްވެސް ބޭނުމެއް ނެތް ބައެއްކަން މުޅި ދުނިޔެއަށް ހާމަކޮށް އެމީހުންނަށް ޖެއްސުން ކުރުން.

  15. ކޮއްޔާ

    ބަންގާޅުމީހުން ރައްޖޭގައި ގިނަވެގެން ‘ ގަވައިދާޙިލާފަށް އުޅޭއެތަށްހާސް ބަޔަކު އުޅޭތީ ‘ ބޭރުފައިސާތަށް ގެނަދާތީ ‘ އެއީރޯޔަލް ބަޔަކަށް ވެގެން އެވާހަކަތަށް އަބަދު މަޖްލީހުގައި ގޮވި މީހުންނަށް މިހާރު އޯކޭ ! ވާއެއްކަމެއްވެސް ނެތް //