އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގައި އެފަދަ ދައުވާއެއްގައި ހިމެނެން ޖެހޭ ރުކުންތައް ފުރިހަމަ ނުވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް އެންމެ ފުރަތަމަ ދައުވާ އުފުލުނީ، އެކައުންޓަކަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ކަމުގައި ބުނެ، އެ ފައިސާކަން އެނގިހުރެ ފައިސާ އިންވެސްޓްކޮށް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައެވެ.

އެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި ޖަލު ހުކުމާއި ހައި ކޯޓުން އެ ހުކުމަށް ތާއީދު ކުރި ހުކުމް ސުޕްރީމް ކޯޓުގެ މަރުހަލާއިން ބާތިލް ކުރިއެވެ. އެއީ ސްލިޕް ނަންބަރުތައް ވެސް ދިމާނުވެ، ޔާމީނަށް ޖަމާވީ ދައުލަތުގެ ފައިސާކަން ކަށަވަރު ކޮށްނުދެވުމުންނެވެ.

ރައީސް ޔާމީން މިނިވަންވީ ތަހުގީގު އަދި ޕްރޮސެކިއުޝަންގައި ދިމާވި ޓެކްނިކާލިޓީއަކުން ކަމުގައި އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ސިފަ ކުރެއްވިއެވެ.

ރިޔާޒްގެ ވާހަކައަށް ދެއްވި ރައްދެއްގެ ގޮތުގައި ޑރ.އަހްމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލައަކީ ސުޕްރީމް ކޯޓާ ހަމައަށް ދާން ޖެހޭ މައްސަލައެއް ވެސް ނޫން ކަމަށެވެ. ދައުވާ ފުރިހަމަ ނުވާތީ، ދަށު ކޯޓުގެ މަރުހަލާއިން އެ މައްސަލަ ބޭރުވާން ޖެހޭނެ ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވައެވެ.

"މަނީ ލޯންޑަރިންގެ ދައުވާގެ ރުކުންތައް ފުރިހަމަ ނުވާކަން ދައުވާގެ ޞީޢާއިން އެނގޭ، އެފަދަ ބާތިލް ދައުވާއަކީ އާންމު ގޮތެއްގައި މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން،" ޑރ.އަހްމަދު އަބްދުﷲ ދީދީ ލިޔުއްވާފައިވެއެވެ.

މި މައްސަލައިގެ ހުކުމުން ޔާމީން މިނިވަންވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިތުރު ދެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވެއެވެ. އެއް ޝަރީއަތް ފަށައިގެން ކުރިއަށްދާއިރު، އަނެއް މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަދި ނުބާއްވައެވެ.

މި ވަގުތު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ބައްލަވަމުން ގެންދަވާ މައްސަލައަކީ، ރ. ފުއްގިރި ދޫކޮށް ދައުލަތަށް ލިބެން ޖެހޭ 1.1 މިލިއަން ޑޮލަރު ރައީސް ޔާމީން ލޯންޑަ ކުރި ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތުގެ ދައުވާ އުފުލާފައިވެއެވެ.

މީގެ އިތުރުން ވ. އާރަށް ދޫކޮށް ދައުލަތަށް ލިބެން ފައިސާ ލޯންޑަ ކުރި ކަމަށް ބުނާ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.

ރައީސް ޔާމީން ލީޑް ކުރައްވާ ޕީޕީއެމް ޕީއެންސީގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރަނީ ޔާމީންގެ މައްޗަށް އުފުލަމުން ދަނީ ސިޔާސީ ދައުވާތަކެއް ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކޮވިޑް

    ދެންކާކުހޭ ރައީސް ޔާމީން އަށް ދެއަހަރު ކުރި ނުހައްޤު އަނިޔާގެ ޒިމްމާ ނަގާނީ އެމްޑީޕީ އިން ބުނާ ގޮތުންނަމަ ބާޣީ ރިޔާޒް ތޯ ބާޣީ ނާޒިމް ތޯ؟ ނޫނީ ނާޤާބިލް ޖައްބާރު މި ސަރުކާރުތޯ؟ ނޫނީ މޯދީ އިންޑިއާ ތޯ؟ ފަންސުރު ޝަމީމްތޯ؟

  2. އައްނި

    ތިފަދަ ގާނޫނީ ގޮތުން ފުންނާބު އުސް ބޭފުޅުން ކީއްވެތޯ އަމާނާތާއި ތެދުވެރިކަމާއި އެކީގާ މިގައުމާއިގެން ކެރިގެން ކުރިޔައްދާން މަސައްކަތްނުކުރައްވަނީ ތިޔަހެން ބުނެލާބަހަކުން ލިބޭހިތްވްރަކައްވުރެ ސިޔާސީނުވެ ގައުމު ސަލާމަތުގެ އައްސޭރި އަކައް ގެންދަމާ ބަހީ

  3. ފެންދިންއަލީ

    މީނަ ޔާމީނަށް ހާދަވަޔެކޭ މިޖަހަނީދޯ މިވަރުގެ ނަޒާހަތްތެރިކަމެއް ނެތް މީހުން ފަނޑިޔާރުންގެ ގޮތުގަ އެހާގިނަދުވަހު ތިބި ކިހިނެއްކަން މިހާރު ކޮންމެވެސްވަރަކަށް އެބަ ފަހުމްވޭ

  4. މުއްލާ

    ކަލެއަށް އެންމެރަންގަޅަށް ތިކަންއެނގޭނީ ތިމާމީހާ ސޮއެކޮށްފަ އަމުރުނެރެފަ ހަމަ އެއަމުރުބާތިލް ކޮށްފަ ޔާމީންބުނީމަ ސިޔާސީމީހުންނަށް ހުކުމްކޮށްފަ ވެރިކަންބަދަލުވީމަ ހަމައެހުކުމްތައް ބާތިލްކޮށްފަ މީކަލޭމެން އިސްޕިރިން ކޯޓްގަ ތިބެގެން އަންބޮނޑި ބޮޑުކުރަން ހިންގިޖަރީމާ ތަކެށްނު އެކަމް ތިމަންނާމީ ގުރްއާން ހިތުދަސް ޝަރިޢްޔާއިން ޕީ އެޗް ޑީ ހަދާގެނަް ހުރި އެންމެގާބިލްމީހާޔޯ ބޯހަލާކު ކިޔެވިއެއްޗިހިން ކަލެޔަށް ކުރިފައިދާއެއްނެތެއްނު ދުނިޔޭގެ އުފަލާއަރާމަށް ދިމާއިދިކޮޅަށް ކަލޭ ކަންކޮށްފަހުރީ ދެންވެސް އަންގަމަޑުންލައިގެން ހުރެބަލަ މިހާރުވެސް ބޮންބޭދަރުބާރުން ފްޑް އޯޑަރުކުރަންތަ ހަމަ އަހާލީ މައިންވައިޓް ކޮށްލިއްޔާދާނަންތަ ބޮމްބޭދަރުބާރަށް އަންގްތަލާލަން

  5. ޖަމަލު ފޮޑި

    ބާޠިލްގޮތުގައި ތިބޭ ބަޔަކު އުފުލާނީވެސް ބާޠިލް ދަޢްވާ އަދި ކުރާނީވެސް ބާޠިލް ކަންކަން...

  6. ގޯނިބޭ

    ކޯޓުތަކުން ކުރާ ހުރިހާހުކުމްތަކަށްވެސް މަނިކުފާނު ތިގޮތަށް ރިވިއު ނެރުއްވަންތަ ނޫނީ ހަމައެކަނި ޔާމީނުގެ ހުކުމަށްތަ ރިވިއު ނެރެނީ

  7. Anonymous

    ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ފެންވަރާމެދު ސުވާލު އުފެދޭ.

    • ހުވަދޫ އަލިބެއްޔާ

      އިހަކަށްދުވަހު އެ އަމުރު ކުރީ ދަރިއަކަށް ވަލީ ނުދިނޭ ކިޔާ ބައްޕަ އެއް ހިފާ ހައްޔަރުކޮށް ބަންދުކޮށްގެން ވަލީ ހޯދަން.. ގައިމު ޢިލްމީ މީހަކ ފަޑިޔާރަކަށް ހުރި ނަމަ އެނގޭނެ ޙާކިމަށް ވަލީ ނަގައި ދެވޭނެކަން..

  8. ބުއްޅަބޭ

    ތި ޝަކީލު ކުރިންވެ ސް ހުކުމްކުރީ....

  9. މަނީމަނީ

    ހުތްހަމަ ފަނޑިޔާރު

    1
    1
  10. ޓިނުވަގު

    މީ ކާކުތަ