ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން، ފްލެޓެއްގައި ދިރިއުޅެމުންދިޔަ އަންހެނަކު ލިފްޓްގައި ދޮޅު ގަޑިއިރަށް ވުރެ ގިނައިރު ވަންދެން ތާށިވެއްޖެއެވެ.

މައުލޫމާތު އެނގޭ މީހަކު ބުނީ ހިޔާ ފްލެޓެއްގައި ދިރިއުޅޭ އަންހެނަކު އޮފީހަށް ދިއުމަށް ލިފްޓަށް އެރީ އިއްޔެ ހެނދުނު 7:00 ހާއިރު ކަމަށެވެ. ލިފްޓަށް އެރުމާއެކު ހެން ލިފްޓުގައި ތާށިވެގެން ނުކުމެވުނީ ހެނދުނު 8:45 ހާއިރު ކަމަށް އޭނާ ބުންޏެވެ.

"ލިފްޓްގައި ހަރުކޮށްފައި ހުރި ނަމްބަރުތަކުން ނަންބަރަކުން ފޯނެއް ނުނަގާ، ފޯނު ނެގި ނަންބަރުން ފޯނު ނެގީވެސް 8:30 ވީއިރު،" އެމީހާ ކިޔައި ދިނެވެ.

އޭނާ ބުނީ އެތަނުން ނުކުމެވުނުއިރު ހުރީ އޮފީހަށް ދާން ގަޑިވެސް ޖެހިފައި ކަމަށެވެ. އަދި ހުރީ ވަރަށް ބޮޑަށް ހާސްވެފައި ކަމަށް ބުނެފައި ވެއެވެ.

"7:00 ޖެހިހާއިރު، މިގެއަށް އައި ބަޔަކަށް ލިފްޓުން ފޭބިއިރުގައި ހުރަސް ކުރި ގަޑީގައި ލިފްޓުގެ ދޮރުގައި ތަޅާ އަޑު އިވުނީ. އިވިގެން އެ މީހުން އަހަރެން ކައިރީގައި ބުނީމަ، އަހަރެން ދިޔައީ، ދިޔައިރު އިވޭ ހަމަ ތަޅާއަޑު، އެއިރުގައި 7:00 ޖެހީ. ދެން އަހަރުމެންވެސް ގުޅީ އެތަނުގައި ހަރުކޮށްފައި އިންނަ ނަންބަރަށް، ގުޅާ ގުޅާ ފޯނެއް ނުނަގާ،" އޭނާ ތަފްސީލުކޮށް ކިޔައި ދިނެވެ.

އޭނާ ބުނީ، ގެއަށް އައި މީހުން ގެންދަންވެގެން ލިފްޓާއި ދިމާލަށް ދިޔައިރު، އެ އަންހެން މީހާ ލިފްޓް ތެރޭގައި ތާށިވެފައި އިންކަން އެނގުނު ކަމަށެވެ.

"ހަމަ ފަސް ވަނަ ފަންގިފިލާގައި ތާށިވެފައި ހުރީ، އަހަރެން އެހިން އަދިވެސް ނުހުޅުވޭހޭ އެހީމަ ބުނި އާއެކޭ. ދް ފްލޯ ދޭތޭރޭގައި ތާށިވެފައި އިނީމަ ވަރަށް ރީއްޗަށް އަޑުއިވޭ ދައްކާ ވާހަކަ. ދެން އަނެއް ލިފްޓްގައިވެސް އިންނާނެތޯ ގަޑުކޮޅު ތަތްކޮށްފައި. ދެން އެ ލިފްޓްގެ ދެން އިން ނަމްބަރަށް ގުޅީމަ ފޯނު ނަގައިފި، އެއިރު 8:45 ވެދާނެ.". އެމީހާ ބުންޏެވެ.

އޭނާ ބުނީ، ފަހުން ލިފްޓް މެއިންޓެންސް މީހުން އައިސް އޭނާ އެތަނުން ސަލާމަތް ކުރި ކަމަށެވެ.

"އޭނާ ބުނެގެން އޭނާގެ އެޕާޓްމެންޓް މީހުންނަށް އެކަން، އަންގާފައި އަހަރެން ތިރިއަށް ފޭބިއިރު، ޓެކްނީޝަނެއް އޫޅޭ ހުޅުވަން، ދެން އޭނާ ހުޅުވަން އުޅެއުޅެ ނުޙުޅުވިގެން އޭނާ އަނެއްކާ މައްޗަށް ގޮސް، މަތިން އެ ކުރި ކަމެއް ކޮށްގެން ހިސާބަކަށް ހުޅުވާފައި ބުނެފައި، އޭރު ހަތަރު ވަނަ ފްލޯ އާއި ފަސް ވަނަ ފްލޯއާ ދޭތެރެ އިނގޭ/ ގަދަކަމުން ދެން ކީ ވައްދައިގެން ހުޅުވާފައި ބުނީ އެ ކުއްޖާ ކައިރީގައި ފުންމާލާށޭ މި ދޭތެރެއަށް. އެގޮތަށް ބުނީމަ ގުދުވެލާފައި ފުންމާލީ. އަހަރެން އެހިން އޭނާ ކައިރިން ކިހާ އިރެއް ވެދާނެތޯ. 7:00 ޖެހިހާއިރު، އޮފީހަށް ދާން ވެގެންނޯ ލިފްޓަށް އެރީ، ލިފްޓް އެރި ގޮތަށް ތާށިވެއްޖެޔޯ". އޭނާ ބުންޏެވެ.

ހިޔާ ފެލްޓްތަކުގެ ލިފްޓަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ.

އެޗްޑީސީން މައުލޫމާތުދީފައިވާ ގޮތުގައި، ހިޔާ ފްލެޓްގެ ލިފްޓަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރުގެ ފަރާތުން ހަވާލުކޮށްފައި ވަނީ ކޮންޓެކް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ފްލެޓްތަކަށް ދިމާވާ އެކި މައްސަލަތައް ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު، ލިފްޓްތަކަށް ދިމާވާ މައްސަލަތައް ބަލާ ހައްލުކުރުމާއި، މެއިންޓެނެންސް މަސައްކަތް ކުރުމަށް ހަވާލު ކުރި ކުންފުނިން ހިދުމަތްތައް 24 ގަޑިއިރު ދިނުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މުޖުތާޒު

    މިބަކުލީފު ޖައްސަން އެފުލެޓުތައް ހިވާލުކުރީކީއްވެ އެތަންތަން ހަވާލުކުރަންވާނީ ހުރިހާމަސައްކަތެއްނިންމާފަ ލިފްޓް ތާށިވެ އެއަންހެންމީހާއަޢް އޮފީހަށް ނުދެވި އެދުވަސް އެއީ އޮފީހަށް ޚާޒިރުނުވާދުވަހަކަށް ހަދާ އެދުވަހު އޭނަގެ މުސާރަ ނުލިބޭދުވަހަކަށް ގެދީވަ އޭގަ ޒިއްމާ ނަގަނީކާކު އެވެސް ނަގަންވީ އެއަންހެންމީހާދޯ

    12
    5
    • ޔާމީނު

      ޔާމީނުގެ ދުރު ވިސްނުމުން، މި ހިޔާތައް ބައްޓަން ކޮށްފައިވަނީ މިފަދަ އެތައް މައްސަލަތަކެއް ދިމާވާނެ ގޮތައް،، މިތަންތާގައި އުޅެންވާނީ އެކަންކަން ދެނެހުރެ!

      4
      8
      • ޚ

        MAINTENANCE ކުރީސް ޔާމީން

    • ކައިފް

      ޔާނު ހުރި ނަމަ ގަދަޔަށް މެއިންޓެނެންސް ޖައްސާ 24 ގަޑިއިރު ސެކިއުރިޓީ ހުރީސް... ޔަގީން... ކައިކައިފަ ވެސް ރައްޔިތުންނަށް ހާދަ ކަމެއް ކޮށްދިނޭ... މި ސަރުކާރުން ކައިފަ ރައްޔިތުންނަށް ކޮށްދިން ކަމެއްް ނެތް... އެމްޑީޕީ ނިކަމެތި އާންމު މެމްބަރުން ހަމަ މިތިބެނީ ދަތި ހާލުގަ، އިސް ވެރިން މުއްސަދިކަން ފެނިފަ އަޖައިބްވޭ... ކޮރަޕްޝަން

    • ލައިރާ

      ސަރުކާރުން އީވާ ގެ ފިރިމީހާ މިހާރަށް ވުރެން މުއްސަދިވާން އޭނަ ހަދައިގެން އުޅޭ ފޭކު ކުންފުންޏަކާ ހަވާލު ކުރީމަ ވާނީ މިހެން.... ކޮރަޕްޝަން

  2. މަރުމޯލް

    ކުރިއަށް އޮތްތާގައި ތިކަހަލަ ކިތަންމެ ކަމެއްހިގާނެ ، ދިވެހިންނަކީ އަސްލު ވަރަށް ތަހްޒީބީ މުޖުތަމައުއާއި ދުރުބައެއް ، މަގުމަތިން ދާއިރު ކުރިމަތިން ކާރެއްހުއްޓާލިއަސް ހަޅޭފަޅޭލަވާ ގަންނާނެ ، ހަނިދޭތެރެއަކުންވެސް ދެމިގަނެގެން ދެވޭތޯ ބަލާނީ ،، އޮފީހަށް ދާން ލިފްޓަށް އަރާނީވެސް 10 ވަރަކަށް މިނިޓަށް ގާތްވީމާ ، އޮފީހަކަށް ދިޔަޔަސް ވަގުތުން ކަމެއްނުވިއްޔާ އެދެން ނިމުނި ،، އެއްވެސް ކަހަލަ ކެތްތެރިކަމެއް ، ގޮތެއްފޮތެއް ނުހުންނާނެ،

    17
    12
  3. ވގ13

    ޔާމީން ގެ މޮޅުފުލެޓްތީ ތިޔަކުނުވާނެ ތާއްޓެއް ތީ ހުސްދޮގު ދެން މާދަމާ މުޒާހިރާކުރޭ ލިފްޓްގަ ތާށިވެގެން ތީ 7 އަހަރުގެ ހެޔޮވެރިކަން

    18
    18
    • ށަވިއަނި

      ޔާމީނެއް ނޫނޭ ލިފްޓްތައް ނިންމީ ޔާމީނު ވެރިކަމުގައި ހުންނަވައިގެން ފުލެޓްތައް ނިމުނުނަމަ ތިއިން ޢެއްވެސް ގޯހެއް ދިމާނުވީސް ދޯހޮޅި ބަޔަކު ތިބެ ކޮށްފައިވާ ދޯހޮޅިކަންތަކުން ވާނީ ހައްތަހާވެސް ދެރަކަންތައް ތައް ދެންވެސް ރަގަޅު މޮޅު އޮޑިއެއް ހިޔާރު ކުރަމާބަހީ

      14
      6
    • ކައިފް

      ޔާމީނު ހުރި ނަމަ ގަދަޔަށް މެއިންޓެނެންސް ޖައްސާ 24 ގަޑިއިރު ސެކިއުރިޓީ ހުރީސް... ޔަގީން... ކައިކައިފަ ވެސް ރައްޔިތުންނަށް ހާދަ ކަމެއް ކޮށްދިނޭ... މި ސަރުކާރުން ކައިފަ ރައްޔިތުންނަށް ކޮށްދިން ކަމެއްް ނެތް... އެމްޑީޕީ ނިކަމެތި އާންމު މެމްބަރުން ހަމަ މިތިބެނީ ދަތި ހާލުގަ، އިސް ވެރިން މުއްސަދިކަން ފެނިފަ އަޖައިބްވޭ... ކޮރަޕްޝަން

  4. ކީވާ

    ތިކަމާ މަނުބުނާނަން އެއްޗެކޭ....އީވާގެ ފިރިކަލުންގެކުންފުންޏޯ ތިކަމާ ހަވާލުހުންނެވީ..

    25
    3
  5. ނޫރު

    ތި ތަނުގައި ޕޮލިސް ޕޯސްޓެއް ހުރޭ، އެބޭފުޅުންނަށް އަންގާލިނަމަ ދޯ. ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރަންޖެހޭ. ނަސީބު ރޭގަޑު ދަންވަރަށް ނުވިކަން. އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތަްތަކަށް ޝުކުރިއްޔާ.

    21
    2
  6. ރާއްޖެތެރެ

    ދޮގު ވާހަކަ ފަތުރާމީހުން ފްލެޓުތަކުގަ އުޅުމަކީ ދެރަކަމެއް.

    12
    3
  7. ޥަަ

    ޚަބަރު ޚަބަރަކައް ވަނީ ކިތައް ކާފުގެ ޖަވާބު ހިމެނީމަތަ؟
    ހިޔާފުލެޓުގެ ކޮން ޓަވަރެއްކަން ފާހަގަކޮށްލިނަމަދޯ !
    ކިހިނެއްތަ މިކުދިން ޚަބަރުލިޔަނީ؟

  8. Anonymous

    ލިފްޓްގައި ތާށިވެސްވާނެ، އަދި ލިފްޓްގައި މީހުންގެ އަތުން ފޭރުން ވެސް ހިނގާނެ، މީހުން މެރުން ވެސް ދުރެއް ނޫން، ސަމާލުވޭ. އެކަނި ލިފްޓަށް ނާރާ.

  9. އަފީ

    ފްލެޓްތަކުގެ ލިފްޓް މެއިންޓެނަންސް ބޮޑު އަގުގައި ބަލަހައްޓަމުން ގެންދަނީ އެމް.ޑީ.ޕީ ގެ އިވާ ފިރިމީހާ ސާބެ ގެ ކުންފުނިން. ޒިންމާ ވާންޖެހޭނީ ދިވެހި ރައްޔިތުންނެއް ނޫން އަދި ރައީސް ޔާމީނެއް ވެސް ނޫން. މިލިއަން މިލިއަން މިލިއަން ރުފިޔާއަށް އަގު ބޮޑުކޮށް މިކަން ބަލަހައްޓާ ފަރާތް އީވާ ގެ ކުންފުނިން

    13
    1
  10. ޝަމާއު

    އީވާއާއި އީވާގެ ފިރިމީހާގެ މުސާރައިން ކަނޑަންޖެހޭނެ އެކުއްޖާއަށް އޮފީހަށް ނުދެވުނީމަ

    14
  11. ރައްޔިތުމީހުން

    މިއީ މި ސަރުކާރުން ބޭނުންވާ ގޮތް.. ލިފްޓް ތައް ސަރވިސް ނުކޮށް ތަން އެއްގޮތަކަށް ވެސް ނުބަލަހަށްޓާ ބޭނުންވަނީ ތަނަކީ މީހުން އުޅެން ރަނގަޅު ނޫން ތަނެއްކަމަށް ދައްކަން..

    މިސަރުކާރަށް ކީފަ ހުރި އެއްޗިހި ގިނަކަމުން އެކަން އެބަޖެހޭ ކުރަން.. އެއީ ވާގޮތަކީ..

  12. ރައްޔިތުމީހުން

    އެތަން ހުރީ ހަމަ އެހެންގައުމުތަކުގަ ވެސް ޝޯޝަލް ހައުސިންގ ހުރި ފެންވަރަށް، ބައެއް ކަންތައް އެއަށްވުރެން ރަނގަޅު.. ރަނގަޅަށް ބެލެހެއްޓީމަ މި މައްސަލަތަކެއް ނުޖެހޭނެ..

    ބަލަހައްޓާކަށް ބޭނުމެއްނޫން.. ބޭނެންވީ ބޮޑާކަމާ ކިބުރުވެރިކަމުގައި ހިފައިގެން ތިބެ، ރައްޔިތުންތަކަކަށް ކިތަންމެ ގެއްލުންވިޔަސް ހިޔާ އަކީ ފެއިލްޑް ތަނެއްކަން ދައްކަން.. ވެރިކަމަށް އައިސުރެން ކެނޑިނޭޅި ކުރަމުން ދަނީ އެކަންތައް..

    ރައީސް ޔާމީން މިހާރު ނެތް ތާ.. މި ސަރުކާރު 3 އަހަރުވީއިރު އެތަނަށް ހަދާނެގޮތެއް ނޭންގުނު.. އެއްވެސް ކަމެއް ރެޑީއެއް ނުކުރެވުން.. އެއްވެސް ވަސީލަތެއް އެތާ ވަށައިގެން ގާއިމް ނުކުރެވުނު..

  13. ޙ

    މި ކުއްޖާ ހިއްވަރަށް 👍❤️... މަނަމަ ހޭނެތިގެން ވެއްޓޫނީސް... ގަދަ ކުއްޖެއް