ރާއްޖޭގައި އެންމެ މީހުން ގިނަ ސިޔާސީ ޕާޓީ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީސްމީޑިއާގައި ފޭކް އެކައުންޓުތައް ހައްދަވައިގެން ދީނަށް ފުރައްސާރަ ކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ތުހުމަތު ކުރައްވައިފިއެވެ.
ނަޝީދު ޣައިރު ދީނުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ ރައްޔިތުންގެ އިއްތިހާދުން ފުލުހަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމާފައިވާ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ ރައީސް ނަޝީދާ ގުޅޭ ގޮތުން ރައްޔިތުންގެ އިއްތިހާދުން ހުށަހެޅި މައްސަލައަކީ ބެލެން ޖެހޭ މައްސަލައެއް ކަމުގައި ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ފުލުހުން ވިދާޅުވެފައި ވަނީ ނަޝީދު ދީނާ ހިލާފު ކަމެއް ކުރެއްވި ކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.
އެކަމަށް ރައްދު ދެއްވާ އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ވިދާޅުވީ ނަޝީދު ފޭކް އައިޑީތައް ހައްދަވައިގެން ދީނަށް ފުރައްސާރަ ކުރައްވާ ކަމަށާއި އެމަނިކުފާނުގެ މައްސަލަ ބެލި އިންސާފު ލިބިގެން ދިއުމަކީ އެފަދަ ކަންކަން ތަކުރާރުވުން ކުޑަ ވާނެ ކަމެއް ކަމަށެވެ.
ދީން ހިމާޔަތް ކުރުމުގެ ގާނޫނާއި ނަޝީދު ހިލާފުވެފައިވާ ކަމަށް ބުނެ ރައްޔިތުންގެ އިއްތިހާދުން ހުށަހެޅި މައްސަލަ ނުބަލަން ފުލުހުން ނިންމާފައިވާ އިރު އެ މައްސަލަ އެގޮތަށް ހުށަހެޅިގެން ނުވާނެ ކަމަށާއި ނަޝީދަކީ "ލާދީނީ" ބޭފުޅެއް ކަމަށް ސިފަވާ ގޮތަށް ވާހަކަފުޅު ދައްކަވަނީ އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުންދީ އަވަހާރަކޮށްލަން ކަމަށް އެމްޑީޕީގެ އިސްވެރިންނާއި ހުދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެމަނިކުފާނު ކްރިސްމަސްގެ ތަހުނިޔާ ދެ އަހަރެއްގެ މަތިން ކިޔުއްވުމަކީ ބަލާ ފިޔަވަޅު އަޅަން ޖެހޭ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވެ، ރާއްޖޭގެ މަޝްހޫރު ބައެއް ދީނީ އިލްމުވެރިން އަންނަނީ ނުރުހުން ފާޅު ކުރައްވަމުންނެވެ. އަދި އެމަނިކުފާނުގެ މައްސަލަ ބެލުމަށް ގޮވާލަމުންނެވެ.
އެހެންވިއްޔާ 2023 ގައި ވާނެ ލާދީނީ މީހުންނަށް ހޭހަދާލަން ދޯ!
އަޅުގަނޑަށްވެސް ވަރަށްބޮޑަށް ހީވޭ. އެވެރިން އިސްލާމްދީނާމެދު ބޭނުންއެއްޗެއް ކިޔާ ލިޔެވިގެން ނުވާނެ
މިކނެރީގޭނަޝީދު ކޮންމެކަމެއްކުރިޔަސް އެއްވެސްކަމެއްނުވާނެ ބަލަ އެން ޑީއެން ގެ މެންބަރުންތިބީ ހުރިހާއިސްމަގާމުތަކުގާވެސް ދެންކޮންކަމެއްކުރެވޭނީ މިކަން ރައްޔަތުން ކެރެންވީ މި ނުބައި ނުލަފާމީހުންގެކިބައިން ސަލާމަތްވާން މިގައުމުގެ މިހާރު ހިންގަނީ މޯދީ ދެންވިސްނާބަލަރައްޔަތުން؟؟
ހަމަ ލާދީނީ ނަޝީދު
މީހަކު ނޫޅޭ އޭނައަކީ ލާދީނީ މީހަކަށް ހަދާކަށް އެކަމަކު އޭނާއަށާ އޭނާގެ އައުވާނުންނަށް އެހެން ހީވާން ޖެހޭ ސަބަބެއް އޮންނާނެތާ . ކޮޮންމެވެސް ކަމެއް ކުރެވި ކޮންމެވެސް ވާހަކަަ ތަކެއް ދެއްކިފަ އޮތީމަ ތޯއްޗެ ތިޔަ އުޅެނީ މިސްކިތް ހުޅުޖެހި މީހާ ހެދި ގެން .
ހަސަން ކުރުސީއަކީ އިންގިރޭސިވިލާތުންނާއި ކެނެޑާގެ ފައްޅިތަކުން ރާއްޖޭގައި އިސްލާންދީން ގެއްލުވާލަން އަޅުވާފައި ހުރި ފަންޏެއް. އޭނާ ހުރީ އެވެރިންގެ އަތުން ވަރަށް ފައިސާ ނަގައިގެން އަމިއްލަ ނަފްސުވެސް ފައްޅިއަށް ވިއްކައިލާގެން. މީހަމަ މިގައުމު ދުއް އެންމެ ބޮޑު ގައްދާރު. މީނާ އާއި މީނާގެ މީހުން ޖެހޭނީ މިގައުމުން ބޭރުކުރަން. މީވަރަށް ނުރައްކާތެރި މީހެއް. ސަމާލުވާތި
އުމަރު ކަހަލަ މީހެއް މިގައުމު މިހާރު ބޭނުންވަނީ. މިގައުމުގެ މައްސަލަތަކަށް ހައްލު ބޭނުންނަމަ އެމްޑީޕީ ޖެހޭނީ ފުހެލަން.
ދީނަށް ފުރައްސާރަ ކުރަން ފޭކް އައިޑީ އެއްބޭނުންވޭތޯ؟؟؟؟
އަސްލު އައިޑީއިން ފުރައްސާރަކުރާނަމަ ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވާ އާންމު ރައްޔިތަކު އެކަލޭގެއާ ދިމާލަށް މިހާރު ބަލާވަރަށްވެސް ނުބަލާނެ. ރައްޔިތުންގެ ކުރިމަތީ ތިމާގެ ތާއީދު ގެއްލިދާނެތީ ފޭކު އައިޑީއަކުން ރައްޔިތުންގެ ހިތްތަކާ ކުޅެނީ. އެމީހެއްގެ ކިބައިގައި ދީނީ ޢިލްމުގެ އަސާސީ މިންވަރު ނެތް މީހެއް ވިއްޔާ ވާވައްދާލަން މަސައްކަތް ފަށައިގެން އުޅެނީ. އޭނާގެ އެޖެންޑާގެ އެންމެފުރަތަމަ ކަމަކަށް އޮތީ މިގައުމުން އަރަބި އިސްލާމީ ތައުލީމު ނެތިކޮށްލުން. އަރަބި ބަހަށް ދިވެހިން ކުރާ އިހުތިރާމާއި ގަދަރު ނެތިކޮށްލުން.
އުމަރު ތީ ކަނޑުކޮހެއް
ކަލޯ، މިގައުމުގައި އުމަރު ނޫނީ ނެތޭ ބުނިބަހުގައި ހިފަހައްޓާލަން ކެރުނު ސިޔާސީ ލީޑަރެއް. އަނެއްކާ އުމަރަކީ ތެދުބަހުން ވާހަކަ ދައްކާ އަޚުލާޤު ރަނގަޅު ހިންގުންތެރިއެއް. ކަލޭވެސް 2023ގައި އުމަރަށް ވޯޓު ދީބަލަ. ވައުދުތައް ރަނުން ރަނަށް ފުއްދާފައި ދައްކާލެވޭނެ ލީޑަރަކަށް މިހާރު ހުރީ އުމަރު.
ސިޔާސީ ލީޑަރުންނޯ ތަސްބީހައެއްހެން ރ ނަސީދު
ކާކުތަ ނަސީދަކީ އަމިއްލަ އަނގައިން ހަލާކުވެފަ ހުރި މީހެއް އެއީ.
މާތްﷲ ގެ ވަހީ' އާއި ރަސޫލާގެ ސުއްނަތް ނޫން އެހެން ގޮތްތައް ހޯދަން ގޮވި މީހަކު ލާދީނީ މީހަކަށް ނުވާނެ އެވެސްހަމަޔެއްނޯންނާނެ. އމޑޕ ކިތައްމެ ވަރެއްވިޔަސް ހަމަ އަންނި ޔައް ލާދީނީ މީހެކޭ ދިވެހިން ގޮވާނެ...
ހަގިފގަތާއި ޚިލާފު ވާހަކަ ދައްކާ މިހުން ހައްޔަރު ކުރުމަކިވެސް އޮންނަ ކަކޭ ބުނާ އަދު އަހަން. އެކަމަކު އުމަރު ހައްޔަރު ނުކުރި ކިއްވެ. އައްނި ހެދ ފޭކު އައިޑިއަކި ކޮބައިކަން ބުނެދޭން އެބަޖެހޭ.