އީސްލާމް ދީނަށް ފުރައްސާރަ ކޮށްގެން، ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ގދ. ތިނަދޫ، އަލިވާގެ، މުހައްމަދު ރުސްތުމް މުޖުތަބާގެ މައްޗަށް ހިނގަމުންދާ ޝަރީއަތުގައި މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މި އަޑުއެހުން ބާއްވަން ތާވަލުކުރީ މިއަދު ހެނދުނު 9:00 ޖަހާއިރުއެވެ. ކްރިމިނަލް ކޯޓުން މައުލޫމާތު ދެއްވި ގޮތުގައި، އެ އަޑުއެހުން މިހާރު ވަނީ ކެންސަލްވެފައެވެ. ކެންސަލްވި ސަބަބެއް ކޯޓުން އަދި ވިދާޅެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގެ ތާވަލުން ދައްކާ ގޮތުގައި، ރުސްތުމްގެ މައްޗަށް ތަފާތު ދެ ދައުވާއެއް އުފުލާފައިވެއެވެ. ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ދައުވާގެ އިތުރަށް، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

ފާޅުގައި އިސްލާމް ދީނަށް ފާޑުކިޔައިގެން ރުސްތުމް އެކި ފަހަރު މަތިން ހައްޔަރު ކޮށްފައިވެއެވެ. 2019 އަދި 2020 ގައި ވެސް ރުސްތުމް ހައްޔަރު ކޮށްފައިވާއިރު، އޭނާގެ މައްޗަށް މި ދައުވާތައް އުފުލީ 2021 ގައެވެ.

ރުސްތުމް ބޭނުން ކުރާ ކަމަށް ބެލެވޭ މީސްމީޑިއާގެ އެކައުންޓްތަކަކުން، ދީނީ މިނިވަންކަން އޮތް ގައުމަކަށް ރާއްޖެ ބަދަލު ކުރަން ގޮވާލައި އެކި ޕޯސްޓްތައް ކޮށްފައި ވެއެވެ.

އިސްލާމްދީނާއި އިދިކޮޅު އަމަލުތައް ކުރުމަކީ ވެސް ގާނޫނުލް އުގޫބާތުގައިވާ ގޮތުން ކުށެކެވެ. މުވާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމަކީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮރަލް

    މިފަދަ މީހުންނަށް ހިމާޔަތް ދޭން މަސައްކަތް ކުރާ ބަޔަކުވެ އެބަ އުޅެ އެވެ.

    2
    2
  2. މީހާ

    ކުށްވެރި ވިޔަސް ނުވިޔަސް ދީނީ މިނިވަންކަން ރާއްޖޭގައި އޮންނަން ޖެހޭނެ.

    2
    2
  3. ރުގިއްޔާ

    ދީނޭ ކިޔާފަ ކިތަންމެ ދެކޮޅު ނުޖެހޭ ކަންކަމެއް ދަރީންގެ ބޮލަށް ވައްދަމުން ހިނގިޔަކަށް އެކަކު ވެސް އެއްޗެއް ބުނެގެން ނުވޭތަ؟

  4. ކޮމެންޓޫ

    ތިބޭކަލުންގެ ޝަރީއަތް ކުރަން ވރަށް އުނދަގޫވާނެ މަޑުކަށި ސަރުކާރެއްގަ

  5. ލޮލް

    ރުސްތުމްގެ މައްޗަށް ދައުވާ ކުރެވެންޏާ ކެނެރީގޭ ނަސީދާއި އެމްޑީޕީގެ ބޮޑެތިމީހުންގެ މައްޗަށްވެސް ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރި ކަމުގެދައުވާ ކުރެވެންވާނެ. ނަސީދަކީ މިގައުމުގައި ފިތުނަ ފަސާދަ އުފެއްދުމުގެ މޭސްތިރި. އޭނާގެ ދަށުން އީވާ، އިންތި، ބޮންޑޭ ފަދަ މީސްމީހުން ހަރަކާތްތެރިވޭ.

    1
    1
  6. އަބްދޫ

    ދީނަށް ފުރައްސާރަކުރި ވަގު ނަސިދު ގެ މައްސަލަ ތަހުގީގު ނުކުރެވެނީ ކީއްވެ؟