އިސްލާމް ދީނަށް ފުރައްސާރަކުރި މުހައްމަދު ރުސްތުމް މުޖްތަބާ ހަތަރު މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި ނަމަވެސް ހަ މަސް ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ އޭނާ މިނިވަންވެއްޖެއެވެ.

ރުސްތުމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. ދެ ދައުވާއަށް ވެސް އޭނާ ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ.

އެ މައްސަލައިގައި މީގެ ކުރިން، ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ވެސް އޭނާ ވަނީ އިއުތިރާފު ދަމަހައްޓާފައެވެ. އެހެންކަމުން ކޯޓުން ވަނީ ދެ މައްސަލަ ވެސް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. އެކަމަކު، މައްސަލައިގައި އޭނާގެ މައްޗަށް އަދި ހުކުމެއް ކޮށްފައެއް ނުވެއެވެ.

އެ މައްސަަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ހުކުމް އިއްވަވަމުން ވިދާޅުވީ ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި ތިން މަހާއި 18 ދުވަހަށް އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި 13 ދުވަހަށް ރުސްތުމް ޖަލަށް ލާން ހުކުމް ކުރައްވާ ކަމަށެވެ.

އެކަމަކު ރުސްތުމް މިހާރު ބަންދުގައި ހަ މަސް ދުވަސް ހޭދަ ކޮށްފައިވާއިރު، ގާނޫނު އޮންނަ ގޮތުން އެ މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭނެ ކަމަށް ގާޒީ މިސްބާހު ވިދާޅުވިއެވެ.

އެހެންވެ، އިތުރަށް ތަންފީޒު ކުރަން ޖެހޭ ހުކުމެއް ނެތުމުން އޭނާ މިއަދު މިނިވަންވާނެއެވެ.

ދީނާ ދެކޮޅަށް ކުރާ މަސައްކަތް ފާޅުގައި ފެއްޓީ ކަމަށް ބުނުމާ ގުޅިގެން ރުސްތުމް ހައްޔަރުކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުއެވެ. އޭގެ ފަހުން، އޭނާ މިނިވަންވެފައިވަނީ ބަންދުގައި 185 ދުވަސް ހޭދަ ކުރުމަށް ފަހުއެވެ. އޭގެ ފަހުން ވެސް ދީނަށް ފުރައްސާރަކުރާތީ އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ރުސްތުމް ވަނީ މީސްމީޑިއާގައި އިސްލާމް ދީނާއި، ކީރިތި ގުރުއާނާއި ބެހޭ ގޮތުން ވެސް ހަޑިހުތުރު ވާހަކަތައް ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ރުޝްދީ

    މީވާ މަޖާކަމެއް. މި މުރުތައްދު ބަންދު ނުކޮށްގެން ނުވަތަ ހުކުމުން ވީއްލުންލެއް އަވަސްކަމުން ރައްޔިތުން އުޅޭނެބާ؟. ނާޒިމް ސައްތާރު ބަންދު ނުކޮށްގެން ހަމަ ފޮނުއެރުވި މީހުން ކޮާބާ. މި ރުސްތުމް ކުރި މުރުތައްދު އަމަލު ލިވާތައްވުރެ ބޮޑުނޫންތޯ؟

    24
    6
  2. ޑިމްކޮރަޓިކްޕާތީޖަގަހައިން

    ޥ ދެރަކަމެއް

    24
    2
    • މުހައްމަދު

      ރުޝްދީތުމް. ގާނޫނުން ފިލިއަސް އެބަދަން ފަހަތުން

      22
      1
  3. Anonymous

    ތަމެންނައް ފެނޭތޭ ފެނޭތޭ މާލެތެރޭ ސަރުކާރުގެ އިންސާފު ފެނޭތޭ ދެންޑަސްއެންމެން ޑާންސް ފަސްކުޅަނދުފުރިހަމަވެފައިވާ ސަރުކާރެއްތޭމ<

    24
    1
  4. ހަގީގަތް

    އިބޫ ލާދީނީ ގުރޫޕާ ޑީއެލް އެއް ހެދީ

    30
    4
  5. އހ

    ލާދީނީ ސަރުކާރު

    32
    1
  6. މޕ

    ލާދީނީ މީހުން އަދި އެއްޖިންސުން ގުޅުން ހިންގާ މީހުން ދެން ހައްޔަރު ކު ނުބަހައްޓާނެ ގާނޫނުގަ ނޯންނާތީ އޯ

    29
    1
  7. އަހުމަދު

    މިފެންނަނީ ސަދޫމް އިންސާފު. ދީނީ މީހުން ކޯޓުތަކާއި ސިޔާސީ ވަރުގަދަ ގޮނޑިތައް އަތުލަންޖެހޭ. ލާދީނީ މީހުނަށް ހުރިހާ ބާރުހުރި މަގާމުތައް ދިނީމާ މިގައުމު ހަލާކުވާނީ

    37
    1
  8. ފާއިޒު

    ހަމަ ޔަޤީނުންވެސް މުސްލިމަކު އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު އިސްލާމް ދީނާއި ދެކޮޅަކަށް ނުނުކުންނާނެ. އެހެންވީމާ ދައުލަތުގެ ބަންޑާރަ ނާއިބުވެއްޖެ ނޫންތޯ ޝަރީޢަތް މެދުވެރިކޮށް އޭނާގެ ދީނަކީ ކޮބައިތޯ ބަލަން. އަދި އެޔާއެކު އޭނާގެ ދީނަކި އިސްލާމް ދީން ނޫންކަމަށާއި އެއީ އެހެން ދީނެއްކަމަށް ބުނާނަމަ، ނުވަތަ އެއްވެސް ދީނެއް ޤަބޫލުނުކުރާނަމަ، އެހިސާބުން އޭނާގެ ޤައުމިއްޔަތުކަން ދިވެހި ރާއްޖެއިން ނިގުޅައިގަންނަން ވެއްޖެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކުރާ ކުށާއި ގުޅިގެން މަދުންނަމަވެސް އެމީހެއްގެ ޤައުމިއްޔަތުކަން ނިގުލައިގަނެވިފައި އެބަހުރިކަން އެނގި ނުލައްވަނީތޯ. ރާއްޖޭގެ ޤާނޫނުގައި ދިވެއްސަކަށް ވާއިރު ހުންނަން ޖެހޭ ޝަރުޠުތައް ރަނގަޅަށް ކިޔާލަބަލަ.

    6
    1
  9. އަ ޙް މަ ދު

    މިދުނިޔެ މަތީގައި ރެކިގެން ސަލާމަތްވިޔަސް އޭނަކުރި ޢަމަލުގެ ރަހަ ދެކޭނެ ދުވަސްވަނީ ދާދި ކައިރީގައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްވެސް އިންސާނަކަށް ބޭއިންސާފު ނުކުރައްވާހުއްޓެވެ.

    4
    1
  10. އަނިޔާ

    ﷲ އާއި ރަސޫލާއައް އުރެދުމުން 16 ދުވަސް. ސިޔާސީ ބޮޑުންނާއި ބެހި އެމީހުންކުރާ ނުބައިކަންތަކުގެ ވާހަކަ ދެއްކުމުން ޓެރަރިސްޓަކައްވެ 16 އަހަރުގެ ޖަލުހުކުން. ކިތަންމެވަރަކައް ތެޅިބޭލިޔަސް އެފަރާތައްވުރެ މޮޅެއްނުވެވޭނެ އެބަޔަކު ދުވަހެއްދުވަހަކައްވާނީ ނިކަމެތި އިންށާ ﷲ.

    5
    1
  11. ޙަަަހަ

    ޖުޑިޝަރީ ކިއްޕައްޗަށް ޖަހާގެން ދުވުނު މީހުން މިހާރު ތިތިބީ ވެރިކަމުގައާއި ޖުށިޝަރީގައި ، ބުނީމެއްނު މިކަހަލަ ގޮތްގޮތަށް ދޫވަނީ ޖުޑިޝަރީ ގޯސްވެގެނޭ ، ކޮބާ 4 އަހަރުވީ ، ފިއްޔެއްވެސް ބަދަލުކޮށްލެވިއްޖެތޯ

    4
    2
  12. ވޯޓަކުން ބަދަލު ގެނައުމުގެ އިހްތިޔާރު އޮތީ ރައްޔިތުންގެ އަތްމަތީގަ…

    5
    1
  13. Anonymous

    ގަތުލުކުރަން ޖެހޭނެ.

    6
    2
  14. އަހުމަދު

    މުރުތައްދު ކަލޭގެ

    2
    3
  15. ޑައެލޯގް

    އިންޑިޔާއައުޓަކަށްވެސް ގާނޫނެއްނެތެވެ. ނަމަވެސް އިބޫގެ ގަރާރަކުންނަމަވެސް ބަންދުކުރެއެވެ. އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކުރާމީހުން އެއްބަސްވީމަވެސް ބަންދުކުރެވެންގާނޫނުގައި އޮތޭކިޔާފަ ބަންދުވަނީ 1 މަސްދުވަހުއެވެ. ކޮބައި މަޖިލިސް ކުއްލިމައްސަލަ ވައްދައިގެން ގާނޫނު ހަދައިގެން އަދަބުދޭންޖެހޭކަމަކީ މީނޫންތޯއެވެ. އެކަމަކު މިފެންނަނީ އިބޫގެސަރުކާރު މިކަމުގައި ފަހަތުފަޔަށް ބަރުވެފައިވާތަނެވެ.

  16. ކޮރަލް

    ރައްޔިތުން މީނަ އިސްލާހު ކުރަން ވީ އެވެ.