ހިއުމަން ޓްރެފިކް މައްސަލައެއްގައި ފުލުހަކު ހިމެނޭހެން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރާ 65 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. އޭގެ ތެރޭގައި ބިދޭސީއަކުވެސް ހިމެނެއެވެ.

މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާތީވެ ހައްޔަރުކުރި ފުލުހުސް މީހާ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ވަނީ ސަސްޕެންޑްކޮށްފައެވެ.

މައްސަލާގައި ހިމެނޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުުމުން ދެ މީހަކަށް 15 ދުވަސް އަދު ދެންތިބި ދެ މީހުންނަށް 10 ދުވަސް ވަނީ ޖަހާފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފިނދުނަ މާރިއާ

    ފުލުހުންގެ މުއަައްސަސާ އާ މެދު ރައްޔިތުން ގެ އިތުބާރު ގެއްލިފަ އޮތީ މަ ސަރުކާރުން މާ އިންސާފު ވެރި ބައެއް ކަމަށް ދައްކަން ކުޅެ ޑްރާމާ އެއް!! ވ ޔަގީން ކޮއް އިނގޭތީ މިބުނީ!!

    27
    1
    • ތޭރިއެމްވީ

      ތާޢީދު

      10
    • ފަސްފަހަތުން

      އިދިކޮޅުގައި ތިބޭ މީހުން އެއްވެސް އިރެއްގައި ފުލުހުންގެ މުއައްސަސާއަށް އިތުބާރެއް ނުކުރޭ. އެއީ އެމީހުންގެ ސިޔާސީ ޗަރުކޭސްތަކަށް ހުރަސްއަޅާ ބަޔަކީ ފުލުހުން ކަމަށްވާތީ. ވެރިކަމަށް އާދެވުނީމަ ފުލުހުންނަކީ ވަރަށް ރަނގަޅު ބަޔަކަށްވާނެ. މާރިޔާގެ ނަޒަރުވެސް ހުރީ މިހެންނޫންތޯ. މިކަމާ ފުލުހުންވެސް އަދި ސިފައިންވެސް ކަހަރުވަކެކޭވެސް ހިޔެއްނުވޭ.

  2. ތޭރިއެމްވީ

    ނުޙައްޤުން ޖަލަށް މީހުން ލައިގެން ފާރައަށް ތިބޭ ފުލުސް މީހާއަށް އެނގޭނެ ޖަލުގައި ތިބޭ ކުދިންގެ ގައިގައި އަޅާވޭނާ ކުރާނެ ހިތާމަ. އަދި އާއިލާއިން ކުރާނެ ހިތާމަ.

  3. މިތުރާ

    ޢަހުން ހީކުރަނީ ތަ އިލެންޑުގެ ފުލުހުން ކަމަށް ތިފާޑަށް އުޅެނީ،،،