އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް މޭރީގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ ބަންދަން މިއަދު އަނެއްކާވެސް 10 ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.

ކްރިމިނަލް ކޯޓުން މާވިންގެ ބަންދު އިތުރުކޮށް ނެރުނު އަމުރުގައި ބުނެފައި ވަނީ ދެން މާވިންގެ ބަންދާއި މެދު ގޮތެއް ނިންމަން ހާޒިރުކުރަން ޖެހޭނީ މާވިންގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ކުރައްވާ ގާޒީއެއްގެ ކުރިމައްޗަށެވެ.

މާވިންގެ މައްޗަށް ވަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އުފުލާފައެވެ. ނަމަވެސް އެމައްސަލައިގެ ޝަރީއަތް އަދި ފަށާފައެއް ނުވެއެވެ. އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ މާވިންގެ އިތުރުން އައިޖީއެމްއެޗްގެ އެހެން ނަރުހެއް ކަމަށްވާ މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ވަނީ މޭރީ މަރާލުމުގައި ބައިވެރިވުމާއި އިތުރު ދެ ދައުވާއެއް ކޮށްފަ އެވެ.

މޭރީ މަރުވީ އޮކްޓޯބަރ މަހުގެ ފަހުކޮޅުއެވެ. މޭރީ މަރުވީ ދަން ޖެހިގެން ކަމަށް އޭނާގެ ފިރިމީހާ މާވިން ބުނި ނަމަވެސް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން މާވިން ވަނީ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހު ހައްޔަރު ކޮށްފައެވެ. ލަމްހާ ހައްޔަރު ކޮށްފައި ވަނީ މާވިން ހައްޔަރު ކުރިތާ 50 ދުވަސް ފަހުން ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މިހާރު މިއުޅޭ ދިވެހި އަންހެނަކު މީހަކާހެދި މޮޔަވެގެން މީހަކު މަރާފާނެކަން މިއެނގެނީ. ބައެއް އަންހެނުން އެބަހުރި ފިރިމީހާ ދަރިންނާ ބެހޭ ކަމުގެ ދޮގު ތުހުމަތު ހުށަހަޅައިގެން ވަރިވެ އެހެން މީހަކާ އިނދެފަ. ދެންވީ ކިހިނެއް؟ ދޮންބައްޕަ ދޮންދަރިންނާ ބެހުނީ. ހައްހައްހާ

    5
    1
    • ކޭ

      ފިރިހެނުން އެކުރަނީ ކުށެއްނޫންދޯ ކަލެއަށް ދޮންދަރިންނާ ބެހުންވެސް ވަނީ މަޖާކަމަކަށް އަދި އަންހެނުގެ ސަބަބުން ވާކަމެއް ކަމައްތަ ފިރިހެނުން ހަމަ ހުދުކާފޫރު ދެއްތޯ.

      1
      2
      • Anonymous

        އަންހެނުން ކުށްކުރާކަން އެނގުނީމަ ކަލެއަށް ވަރަށް އަސަރުކޮށްފި ދޯ. އެއޮތީ އަންހެނުންނާއި ފިރިހެނުން ކުށްކުރާ ވާހަކަ ބުނެފަ.
        ފިރިހެނަކު އެވަދެގަތީ ދެމަފިރިއެއްގެ ދެމެދަށް، އެއީ ފިރިހެނަކު ކުރި ކުށެއް.
        އަންހެނަކު އޭނާ އެކަން ކުރަން ފުރުސަތު ދިނީ، އެއީ އަންހެނަކު ކުރި ކުށެއް.
        ފިރިހެނަކު ދޮންދަރިންނާ ބެހުނީ، އެއީ ފިރިހެނަކު ކުރި ކުށެއް.
        ފިރިމީހާ ނުކުރާ ކުށެއް ފިރިމީހާގެ ބޮލުގައި އަޅުވައި ދޮގުހަދައިގެން ފިރިމީހާގެ ގާތުން ވަރިވީ، އެއީ އަންހެނަކު ކުރި ކުށެއް.
        ދެލިގަނޑު ދޯ ކަލެއަށް ފެންނަނީ. ލިޔެފައިވާ އެއްޗެއް ރަނގަޅަށް ވިސްނައިގެން ކިޔާލަބަލަ.

  2. އަންހެން

    އަންހެނަކު މަރާފަ ފިރިހެނަކު ހޯދި އަނަހެނަކަު ފަހެއް ނުޖެހެ އެފިރިމިހާ މަލާފަ އެމީހާގެ މުދާ ކޮޅު ނަގައިގެން އެހެން ފިރިހެނަކު ހޯދާކަށް. މިވަރު ބޮޑެތި ކޮހުންވެސް ފިރިހެނުންގެ ތެރޭ ވާތީ ހައިރާންވޭ. ކޮންމެ އަންހެނަކު ހުއްޓަސް ކުރެވޭނީ ހަމަ އެއްކަމެއް.