ދެކުނު އޭޝިޔާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ދަރަޖަ ދިވެހި ޕާސްޕޯޓަށް އަނެއްކާވެސް ލިބިއްޖެއެވެ.

ދުނިޔޭގެ ޕާސްޕޯޓްތައް ރޭންކުކުރާ "ހެންލީ ޕާސްޕޯޓް އިންޑެކްސް" ތައްޔާރުކޮށްފައިވާ ލިސްޓުގައި ރާއްޖެ ހިމެނުނީ 58 ވަނައަށެވެ. ހެންލީ އިންޑެކްސްގެ އިން ޕާސްޕޯޓްތައް ރޭންކު ކުރަނީ ޕާސްޕޯޓް ބޭނުންކޮށްގެން ވިސާ ނެތި ނުވަތަ ފަސޭހަކަމާއިއެކު ވަދެވޭ ގައުމުތަކުގެ ނިސްބަތަށް ބަލައިގެންނެވެ.

ރާއްޖެ މިދިޔަ އަހަރު ރޭންކް ކުރެވިފައިވަނީ 62 ވަނައިގައެވެ. ދިވެހި ޕާސްޕޯޓާއިއެކު 88 ގައުމަކަށް ވިސާ ނުލައި ނުވަތަ އޮން އެރައިވަލް ވިސާ މިހާރު ލިބެއެވެ.

ދެކުނުގެ އޭޝިޔާގެ ގައުމުތަކުން ރާއްޖެ އާއި އެންމެ ކައިރިން 83 ވަނާގައި އިންޑިއާ ރޭންކު ކޮށްފައިވާއިރު ވިސާ ނެގުމަކާއި ނުލައި އިންޑިއާ ރައްޔިތުންނަށް 60 ގައުމަކަށް ދަތުރުކުރެވޭނެއެވެ. އެއީ މިދިޔަ އަހަރާ އަޅާކިޔާއިރު ނުވަ ދަރަޖައިގެ ކުރިއެރުމެކެވެ.

ލިސްޓްގެ 102 ވަނައިގައި ސްރީލަންކާ އޮތް އިރު، ބަންގްލަދޭޝް އޮތީ 103 ވަނައިގައެވެ. އަދި 32 ގައުމަކަށް ފްރީ ވިސާއާއެކު ޕާކިސްތާނު އޮތީ 108 ވަނަ ވައިގައެވެ. މި ސަރަހައްދުގެ އިތުރުން ދުނިޔޭގެ ލިސްޓުގެ އެންމެ ފުލުގައި އޮތީ އަފްގާނިސްތާނެވެ.

މި ފަހަރުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ސިންގަޕޫރްއާ ޖަޕާނެވެ. މި ދެ ގައުމުގެ ޕާސްޕޯޓުގައި ވިސާއާނުލައި 192 ގައުމަކަށް ދަތުރުކުރެވެެއެވެ. ދެވަނައިގައި ޖަރުމަނާ ސައުތް ކޮރެޔާ ރޭންކު ކޮށްފައިވާއިރު ތިން ވަނާގައި އޮތީ ޔޫރަޕްގެ ހަތަރު ގައުމެކެވެ. އެއީ ފިންލޭންޑް އިޓަލީ ލަކްސެމްބާގްގެ އިތުރުން ސްޕޭއިންއެވެ.

ރާއްޖެއިން އެންމެ ފަހުން ވިސާއާ ނުލޭވެ ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓަށް އިތުރުކުރީ، ޗައިނާއެވެ. މި ތިން އަހަރުގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ރަޝިޔާއަށްވެސް ވިސާ ނެގުމެއް ނެތި އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޭން

    ޢޭ 58 އަށް ވަނަ އަކަށް ނޫން އިނީ 51 ވަނައިގަ އިންނީ

  2. އ. ޖ. އ

    ޝުކުރިއްޔާ ރައީސް.

  3. ކޮރަލް

    ވިސާ އާ ނުލާ ދަތުރު ކުރެވޭ ގައުމުތައް ގިނަ ދިވެހީންނަކަށް ނޭނގެ އެވެ.

  4. ސަންފައްތަ

    90 ގެ އަހަރު ތަކުގައި ފުލުސްއޮފީހަށް އެންމެ ގިނައިން ހުށަހަޅޭ އެއްބާވަތުގެ ވައްކަމުގެ މައްސަލައަކީ ޕާސްޕޯޓް ވަގަށްނެގުން. އެދުވަސްވަރު ޕާސްޕޯޓް ހަދާފަ އިންނަގޮތުން ޕާސްޕޯޓް ވަގަށް ނަގައިގެން ފޮޓޯ ބަދަލުކޮށްގެން ދަތުރުކޮށްލެވޭތީ ކުރާ ވައްކަމެއް. ޕާސްޕޯޓަށް ގެނެވުނު ހެޔޮ ބަދަލުގެ ސަބަބުން ޕާސްޕޯޓެއް ވަގަށް ނަގައިގެން މިހާރު އެއްވެސް މައްސަލައެއް ހުށަހެޅޭކަމަކަށް ނުވޭ.
    ކުށްކުރުމަށް ހުޅުވިފަ ހުންނަ ދޮރުތައް ބަންދުކުރެވިއްޖެނަމަ ކުށްކުރުން މަދުވާނެކަން އެބަ އެނގޭ.

  5. ބަކުރު

    ރައީސް ޔާމީންގެ މަސައްކަތެއްޝުކުރިއްޔާ ޝުކުރިއްޔާ ރައީސްޔާމީން ގައުމު އެދި ގޮވަނީ ރައީސް ޔާމީނަށް .