އިދިކޮޅު ކޯލިޝަންގެ ގުނަންތަށް ވަނީ ވާ ވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިރޭ ޗެނަލް 13 ގެ ނިއުސްޓޯކް ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ އެމަނިކުފާނުގެ އަޚުންގެ ތެރެއިން އިދިކޮޅު ފިކުރުގައި ތިއްބެވި ބޭފުޅުންނަކީ އިދިކޮޅު ބޭފުޅުންކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ޑރ ޝަހީމް އިތުރަށް ވިދާޅުވީ އިދިކޮޅު ކޯލިޝަން އޮތީ ބައިބައިވެފައި ކަމަށެވެ.

ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިނަމަވެސް އަޚުވަންތަކަށް ނުގެއްލޭނެކަމަށް ވިދާޅުވެ، ޑރ. ޝަހީމް ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް ކުލައަކަށް ނަފުރަތު ކުރައްވާ ބޭފުޅެއް ނޫންކަމަށެވެ.

ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ޣައިރު މުސްލިމް ފަނޑިޔާރުން ތިއްބަވާނެ ދުވަހެއް ދިވެހި ތާރީޚް ދެކެފާނެކަމަކަށް ޤަބޫލު ނުކުރައްވާކަމަށް ވިދާޅުވެ ޝަހީމް ވިދާޅުވީ ބޭރުގެ ފަރާތްތަކުން ކޯޓުތަކުގެ ފަނޑިޔާރުކަން ކުރެއްވުމަކީ ދިވެއްސެއްގެ ޙައިސިއްޔަތުން ޤަބޫލުކުރަން ފަސޭހަކަމެއް ނޫންކަމަށެވެ.

" ޣައިރު މުސްލިމް ފަނޑިޔާރުން ކޯޓުތަކުގައި ނުބޭތިއްބޭ ނެކަމަށާއި އެދުވަސް ނާންނާނެކަމަށް އުއްމީދުކުރައްވަން " ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ޚިޔާލު ތަފާތުވާ ހިސާބަކީ އެބޭފުޅުންގެ ސިޔާސަތުތަކާ ހިސާބުންކަމަށެވެ. ޑރ. ޝަހީމް ވިދާޅުވީ ބޭނުންވެ ވަޑައިގަންނަވަނީ ކެމްޕެއިންގެ ކަންކަން އެކުވެރި މާހައުލެއްގައި އަމާންކަމާއެކު ނިންމަވާލައްވަންކަމަށެވެ.

"އިދިކޮޅު ކެނޑިޑޭޓު އިބްރާހިމް މުޙައްމަދު ޞާލިޙުގެ ޓީމަށް ކަޅުތެލުން ބަޔަކު ހަމަލާ ދިންކަމަށް ޚަބަރުތައް ބުނެފައިވާތީ އެކަމުގައި އިބޫއާ ވާހަކަ ދެއްކޮން , އިބޫއަކީ ވަރަށް އިޚުތިރާމް ކުރައްވާ ބޭފުޅެއް ނަމަވެސް ދޮޅު އަހަރު ތެރޭގައި އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވުމާ، އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ޤަބޫލު ނުކުރެވޭ ކަންކަމުގެ ސަބަބުން ފިކުރު ތަފާތު." ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށްވެސް ރައީސް ޔާމީންގެ ފަޅިއަށް އެރުމަށް ގޮވާލައްވާކަމަށެވެ. ރައީސް ޔާމީނަކީ ވަރަށް ކެރިވަޑައިގަންނަވާ، މޮޅު ލީޑަރެއްގެ ގޮތުގައި ޑރ. ޝަހީމް ސިފަކުރެއްވިއެވެ. ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ނިކުމެވަޑައިގަންނަވަނީ އެމަނިކުފާނަށް ފުރިހަމަ އިތުބާރު ކުރައްވައިގެންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. އަލީ

  މިއަކު ނެތް ކޮމާކޯޅިއަށް ލާފަ ވާވި ވާހަަކަ ބުނި ކަމަށް ލިޔެފައެއް. މި ކޮމެންޓް ޖަހާނެބާ؟؟؟

 2. ލައްކަ އަސަރު

  ދިވެހިންގެ ނިންމުން ވަރަށް ސާފް. ޔާމްބެ އަކީ ކުޅަދާނަ ބޭކަލެއްކަން އިނދިކޮޅަށް ސާފްކޮށް އެނގޭހާލު ވެސް ގޮތްދޫނުކުރުމުން އިތުރަށް ނިކަމެތިކަމާއި ކުރިމަތިލާން ޖެހޭނީ މިއީ ހަގީގަތް

  • ސާރާ

   އައި ލަވް ޕްރެސިޑެންޓް ޔާމީން ސޯ މަޗް ?

   • އިޒޫ

    މީޓޫ..❤️❤️❤️

    • ތީރު

     މީޓޫ!

 3. މޫސަ

  އިދިކޮޅު ހިޔާލުގެ އެއްމެން ކާފިރުންނަށްވެސް އަދި ހަދަންވާނެ. ތިޔަބޭފުޅާ ނޫނީ ދީން ދަންނަ އަދި ހުރިހާ ކަމެއް އިންގޭ މީހެއް ނޫޅޭނެ ސާބަހޭ

  • މުފްލިހާ

   ރައީސް ޔާމީނަށް ތާއީދު ކުރާ އެންމެން އަނިޔާވެރިންނަށާ ވަގުންނަށްވެސް ކަލޭމެން ހަދަންވާނެ..ތަރައްގީ ކާޑު ނުވިކޭތީ އަނިޔާ ކާޑު ތިހެން ނެގިޔަސް ރައީސް ޔާމީނަކީ އިޚލާސްތެރި ބޭފުޅެއް

  • އަންނި

   އެންމެން ކާފަރުންނަށް ނުވިޔަސް އިސްލާމް ދީނަށް ގޮންޖަހާ ބައެއް/މީހެއްގެ ފަހަތަށް އަރާ ތިތިބެނީ ބޮޑާވެފަ

 4. ނައްލަބެ

  ހަގީގަތުގަވެސް ރައީސް ޔާމީންގެ ރަނިން މޭޓް ޑޮކުޓަރު ޝަހީމު ތި ވިދާޅުވީ ހަގީގަތެއް ދީނާ ބެހެންޏާ ހުރިހާ ގުނަވަނެއްވެސް ވާ ވާނެ.

 5. ހޭކެނޑޭ

  މަނިކުފާނު ފަދަ އިލްމީ ބޭފުޅަކު ތިޔަ ބޭނުން ކުރައްވާ ބަސް ފުޅު ތަކަކީ މަމެން އެއްވެސް ވަރަކަށް ބަލައި ގަންނާނެ ބަސްފުޅު ތަކެއް ނޫނެވެ. މީސް މީހުންގެ ނެތި މޮށުމުގެ ވާހަކަ ދެއްކިމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. ކަން މިހެން ހުރުމާއި އެކު މަމެން މަނިކުފާނު މަތިން ވަރަށް ފޫހި ވެއްޖައީމެވެ. އަދި މަނިކުފާނަށް މަމެން ހިތުގައި ދެވިފައިވާ ޤަދަރާއި ލޯބި މަމެން އަނބުރާ ގެނެސް މަމެންގެ ސަޕޯރޓް މިހާރު ނުކުރާ ވާހަކަ ވަރަށް ހިތާމަ އާއި އެކު ދެންނެވީމެވެ.

  • އަންނި

   ކަލޭ ބޭނުންވާ ގޮތަށްތާ ޑރ ޝަހީމް ވާހަކަ ދައްކަވަން ޖެހެނީ

 6. ހާމަ

  ޝަހީމު ވިދާޅުވީމަ ކޮންމެފަދަ އެއްޗެއްވެސް ހަމަރަނގަޅުތޯ ޝަހީމު އޭ އެހެން މީހުން ކީމަ އެއީ ގާ އުކަނީ

  • އަންނި

   ގޯސްވާހަކައަކަށް ޑރ ޝަހީމް ވިދާޅުވި އެއްޗެއް ކަލޭ ބުނެބަލަ

  • އަންނި

   ވަރަށް ބޮޑު ތެދުފުޅެއް އެއީ

 7. އަލިބެ

  ޝަހީމެއްކަމަކު ތި ހެއްދެވީ ދޮގެއް !

  • Anonymous

   ޥ ބޮޑު ތެދެއް

 8. ޖައްސަބަލަ

  އާބާދީގެ 54 ޕަސެންޓް، 2054 ވަނަ އަހަރު އަންނައިރު އުޅޭނީ މާލޭގައި ތިބުމުން އެއީ މާ ބޮޑަށް މަދު އަދަދެކޭ މަމެން ބަލާއިރު ރާއްޖޭގެ އާބާދީގެ %54 މާލެ ސަރަހައްދުގައި ދިރިއުޅޭ ނަމަ އެއީއޭ ދައުލަތަށް އާމްދަނީ ހޯދާ ދޭ ބަޔަކީ ދެން ބާކީ ތިބި %46 މީހުންނަކީ އެއީ ދައުލަތަށް ބުރަ އަކަށް ވާ އަތުން ފައިން އެއްވެސް މަސައްކަތެއް ނުކޮށް ހޮޅުއަށީގައި ޔާރާ ދިލްދާރާ ކޮޕީ ކެޓް ވާހަކަ ދައްކަން ތިބޭ މީހުންނޭ ކަން މިހެން ހުރުމުން މިކަން ބަދަލު ކުރެވޭނީ ސަރުކާރުން މާލެ ސަރަަަހައްދުގައި އޮތް ގުޅިފަޅު ހިއްކާ އެތަނުގައި 1000 މީޓަރު ދިގު 1000 މީޓަރު ފުޅާ ބިމެއްގައި 150 ބުރިއަށް އިމާރާތް ކޮށް އެފަދަ އިމާރާތުގައި ލައިޓް އިންޑަސްޓްރިއަލް ޕާރކްސް ތަކާއި އަދި ލޭބަރ ކްއާރޓަރޒް ތަކާއި އަދި ސްޓޯރު ތަކާއި އަދި ކުންފުނި ތަކުގެ އޮފީސް ތައް ހަދައިގެން އެތަންތަނުން 100 އަހަރަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ އަމިއްލަ ވިޔަފާރި ކުރާ ކުންފުންނަކަށް ދީގެން ނޭ.

 9. ބަަކަރި ރައޫފު

  ނާނާ ހުވަފެން ދުށީމޭ ނައިބެކަށް ވާން ފޮގެޓް އިޓް

  • އަންނި

   ކޮންމެ ކަމެއްވެސް ވާނީ ﷲ ސުބުހާނަހޫ ވަތަޢާލާ ގެ އިރާދަފުޅާއި މިންވަރުފުޅުން، އެހެންވީމަ އަހަރުމެން މިކިޔާނީ ލަދީނީ ބައެކޭ، ކަލޭ ބޭނުންވާހާ ގޮތަށް ކަންކަން ވާނެނަމަ ތިޔަކޮމެންޓް ވެސް ނުކުރީސް، އެއަށްވުރެ ފުދިގެން ކަލޭ ހުންނާނީ،

 10. ވަތަނަ

  ތިބޭފުޅާ ތިފަދަ ހުތުރުވާހަކަ ނުދެއްކެވުން އެދެން "އިދިކޮޅުގެ ގުނަވަންތަކާ" ނުބެއްސެވުން އެދެވިގެންވޭ

 11. މަލަކުރި

  ޑރ ޝަހީމާއެކު ޔާމީނު މި ރިޔާސީ ކެމްޕެއިން ކާމިޔާބުވެ އައު ދައުރުގެ ވެރިކަން ފަށާތާ 2 އަހަރު ނުވަނީސް ޝަހީމްގެ ފަރާތުން ޔާމީންގެ ވެރިކަން ގެއްލުވާލާނެ ކަމަށް ފެނޭ. ފެނާއި ތެލާ އެކުނުވާ ފަދައިން މި އަސަރު ފެނިގެންދާނެ.

 12. އަޅީ މުހައްމަދު އަލީ

  ޔާމީނު ބަލިކުރުން ވަރަށް މުހިންމު... އެކަމަކު އެއަށްވުރެ ނުރައްކާތެރި ބަޔަކަށް ފުރުސަތު ދިގެނެއްނުން... ޖޭޕީން ކެންޑިޑޭޓަކު ނެރޭ... 2013 ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޔާމީނަށްވެރެ ޤާސިމަށް މަދީ 2500 ވަރަކަށް ވޯޓް... އެއިރު ވަހީދަށް 10000 ވޯޓް... މައުމޫނާއި ޖަލުގައި ތިބި އެންމެން ޔާމީނާއެކު.. އެކަމަކު މި ޤައުމު މިއޮތް ހާލަތުން ޖޭޕީ އަށް ޔާމީނު ބަލިކޮށް ވަރަށް ފަސޭހަކޮށް 2 ވަނަ ބުރަށް ދެވޭނެ... އަދި ފަހުބުރުގައި އެމްޑީޕީ ބަލިކޮށް ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެނެވޭނެ...

 13. ލެޓްސް

  މާލެ އަށް ރާއްޖޭގެ އާބާދީގެ %95 ޖަމާވިނަމަވެސް އެއީ އެއްވެސް މައްސަލަ އެއް ނޫނޭ އެއީ އޭ އެކަން އޮންނަން ޖެހޭނެ ގޮތަކީ ވެސް ދިޔަދޮވި ދެކޮޅުން ފެން ބާލައިގެން ކަމަކު ނުދާނެއޭ ދިޔަދޮވި އެއް ކޮޅުން ފެން ބާލަން ޖެހޭނީ އެއިރަށް ރާއްޖެ އަށް ސްޕެއިންގެ ކެޓެލޯނިއާ އަށް ވީގޮތް ނުވާނީ މަމެން ނަމަ އައިހެވަން ޕްރޮޖެކްޓް ބަދަލު ކޮށްލާނީ މާލެ އަތޮޅު ގާފަރު ފަޅަށޭ އިހަވަންދިއްޕޮޅު އެވަރަށް އިގްތިސާދީ ގޮތުން ތަރައްގީ ކުރުން އެއީ އެއް ގޮތަކަށް ވެސް ގައުމީ މަސްލަހަތެއް އޭގައި އޮތް ކަމެއް ނޫނޭ މީ ވިސްނަން ޖެހޭނެ ކަންކަމޭ މިހުންނަނީ. ލެޓްސް ތިންކް އޮފް އިޓް އެގެއިން...

 14. ރައްޔިތުން

  އަނިޔާވެރި ސަރުކާރު ބަލި ކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ގުނަންތައް ވާކުރުމަށް ފޮނުވާ ކޮންމެ އުންޑައެއް ފޮނުވި ފަރާތަކަށް އެނބުރިގެންދާނެ އެފަރާތެއްގެ ގުނަންތަކަށް ރައްކާތެރިވުން މުހިންމު
  "ވާ" ކުރުމުގެ ވާހަކަ އަކީ އެއީ ކާބަފައިން ގެންގުޅުނު ފޮތްތަކުގެ ބަހުރަވައިންނަމަ ސިހުރު ހަދައިގެން ކުރާކަމެއް. މިކަމާ ވިސްނާން ޖެހޭ.

 15. މަހަށްދޭބަލަ

  ރާއްޖެތެރެ އަށް ތަރައްގީ ގެންދާން ދަ ރާއްޖެތެެރެއަންސް ބޭނުން ނުވާ ކަން އެއީ ފެންނާން ހުރި ހަގީގަތޭ އެގޮތުން ބަލާއިރު ފާފު އަތޮޅުގައި ސައުދީން ކުރަން އުޅުނު އިންވެސްޓްމެންޓް އާއި ދެކޮޅު ހެދީ އެ އަތޮޅު މީހުންނޭ އޭގެ ބަދަލުގައި ސައުދީ އެރެބިޔާ އަށް މާލެ ސަރަހައްދު ގިރާވަރު ފަޅު އަދި ތިލަފުށި ފަޅު އަދި ގުޅިފަޅު ދީގެން އެތަން ތަން ހިއްކައިގެން އެއިން ކޮންމެ ތަނެއް ގައި 1 ކިލޯ މީޓަރު ދިގު 1 ކިލޯމީޓަރު ފުޅާ އިންޑަސްޓްރިއަލް ޕާރކް ހިމެނޭ ޓަވަރު ތައް 1000 ބުރިއަށް ނަގައިގެން އެތަން ތަނުގައި ކޮމާރޝަލް މަސައްކަތް ކުުރުމަށް އެކި ފްލޯރސް ތައް ކުއްޔަށް ދޭގޮތަށް ރާވާ އެކަން ކުރިނަމަ މިއަދު ހުންނާނީ އެކަން ނިމިފައޭ އެހެން ނަމަ މިއަދު ރާއްޖޭގެ އިގްތިސާދު އޮންނާނީ އިންޑިއާގެ އިގްތިސާދުގެ މައްޗަށް ކުރި ހޯދާފައޭ އައި ގޮޓާ އަ ފީލިންގް ދެޓް މާލެ ސަރަހައްދަކީ އެއީ ރާއްޖޭގެ އިގްތިސާދުގެ ހިތޭ އެމަގާމް ހޯދަން އައްޑޫ މީހުން ނޫޅުނިއްޔާ ކަން ނޭގޭ ރަނގަޅުވާނީ ތަމެން ދެން މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް ދޭބަލަ..

 16. ސަރީފާ

  މި ދީނީ މީހާ އަރާހުރެ ދައްކަވާހަކަ. ވިސްނާ ފިކުރުކުރަ މީހަކަށް މަިކޮންބަޔެއްކަން މިހާރު އިގޭނެ.

 17. އައިޝާ

  ޢައިރު މުސްލިމް ފަނޑިޔާރުން ވެސް މާރަނގަޅު ވާނެ މިގައުމުގެ 90 ޕަސެންޓް ރައްޔިތުންނާއި ، 99 ޕަސެންޓް ފަނޑިޔާނުންނަށް ވުރެ

 18. ބަހުރު

  ކާކުތަ ބުނީ ޣައިރު މުސްލިމު ފަނޑިޔާރުން ގެންނަ ވާހަކަ.. އޭގަ ބުނެފަ އެބައިން ބޭރުގެ މުސްލިމު ފަނޑިޔާރުންނޭ.. ފިތުނަ ފަސާދަ އުފައްދަން ނޫޅުއްވާ...