ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ 64 ގޮނޑި މިހާރު ވެސް ލިބިފައި އޮއްވައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް މުޅި ދައުލަތް ދާއިރާގައި އޮތީ ގާނޫނުއަސާސީ ބަދަލުކޮށް ދީނީ މިނިވަންކަން ގެނައުމަށް އެ ގޮނޑި ބޭނުންވާތީ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމުން ބޭއްވި ހާއްސަ ޖަލްސާއެއްގައި ޝުޖާއު ވަނީ މިހާރު ރާއްޖޭގައި އިންޑިއާގެ ނުފޫޒު އިތުރުވަމުން އަންނަ މިންވަރާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ޝުޖާއު ވިދާޅުވީ މި ސަރުކާރުން ކޮޗިން ފެރީ ވަރަށް ބޮޑަށް އިސްތިހާރު ކުރި ނަމަވެސް އާހިރުގައި އެ ފެރީން އެތެރެ ކުރީ އިންޑިއާގެ ސިފައިންނާއި ހަތިޔާރު ކަމަށެވެ.
"ޕީސީއާރް ޓެސްޓް ވެސް ހެދޭނެ ހިލޭ. މި ކޮޗިން ފެރީ އައީމަ. އަޅުގަނޑުމެން ދެންނެވިން ތީ ދިވެހިރާއްޖެ އަޅުވެތިވުމުގެ ބޮޑު ރަނގަބީލޭ ތި އަންނަނީ. ރައްޔިތުން ހޭވެރިވާށޭ. ކޮޗިން ފެރީން ދިވެހި ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތް. އެތެރެ ކުރީ ހަނިމާދޫއަށް ހަތިޔާރު. އިންޑިއާ ސިފައިން" ޝުޖާއު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ހަނިމާދޫ ރައްޔިތުން ވެސް ގުޅާލާފައި ޝަކުވާ ކުރާ ކަމަށާއި އެގޮތުން ރޭގަނޑު ނައިޓް ކުލަބުތައް ހަދައިގެން އުޅޭ ކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށް އޭނާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. އިންޑިއާ އައުޓް ހަރަކާތް ހިންގަނީ އެހެންވެ ކަމަށާއި އެއީ އިންޑިއާގެ ޓީޗަރުންނާއި އެގައުމުގެ ޑޮކްޓަރުންނާއި ދެކޮޅުވެރިވެގެން ހިންގާ ހަރަކާތެއް ނޫން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
"އިންޑިއާގެ ސިފައިން މިތަނުގައި ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތް އަޅުގަނޑުމެން މި ހިންގަނީ. އެއަށް ދިގުކޮށް ނަން ނުކިޔަން ވެގެން ކިޔާ ނަމެއް އިންޑިއާ އައުޓް މިއީ. އެކަމާ ރަށްރަށުގައި ތިބޭ ޓީޗަރުން ދެކޮޅުވަންޏާ އަޅުގަނޑުމެން އެއަށް ބުނާނެ އެއްޗެއް ނެތް." ޝުޖާއު ވިދާޅުވިއެވެ.
އިންޑިއާގެ އެމްބަސީން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަކަން ފާޙަގަ ކުރައްވާ ޝުޖާއު ވިދާޅުވީ ޓާޓާ ކުންފުންޏާއެކު އެއްބަސްވުން ހަދަން ޖެހުނީ އިންޑިއާގެ ސަރުކާރުން އެކަމުގެ ތެރެއަށް ވަނުމާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑުމެން ދޭދޭ ކުންފުންޏަކާ އެކުގައި ކުރާ މުއާމަލާތެއްގެ ތެރެއަށް އިންޑިއާގެ ސަރުކާރުން ވަނުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް އެއީ." އިންޑިއާ ސަރުކާރުން ރާއްޖޭގެ ހުރިހާ ކަމަކަށް ނުފޫޒު ފޯރުވާކަން ހާމަ ކުރައްވާ ޝުޖާއު ވިދާޅުވިއެވެ.
އެހެން ދީންތަކަށް ހަމައެކަނި ޖާގަދޭނީއެއް ނޫން. އިސްލާމްދީން ފޮހެލާނެ. ދިވެހި ގައުމިއްޔަތު ހަލާކުކޮށްލާނެ. ބުދު ބަހައްޓާނެ. ފައްޅި އަޅާނެ. އިސްލާމީ މަރުކަޒު ތަޅާލާނެ. މިސްކިތްތައް ބަންދުކުރާނެ.
ހެހެ. ކުރިންވެސް އޮތީ އެގޮނޑި އެމްޑީޕީގަ.. ތިހެންތަ ކަންތައް ވީ..
ޔާމިނު ކަޑުއަޑީގަ އެޅި ބުދުފައްޅި
ތިކަމާ މަވެސް ދެކޮޅު، ތިކަހަލަ ތާކުންތާކުނުޖެހޭ ބޮޑެތި ދޮގުނުހަދާ، 2008 ގަަވެސް ބޮން މުންދުބުނި އެމްޑީޕީއަށް ވެރިކަން ލިބިއްޔާ ފައްޅިއަޅާނޭ، އިސްލާމީ މަރުކަޒު ގޮށްވާލާނޭ، އެކަމަކު އެކަމެއް ނުކުރޭދެއްތޯ، ދިވެހިންނަކީ ތިހާ އަޤީދާބަލިކަށި ބައެއްނޫނޭ، އަޅުގަނޑުމެން އިސްލާމްދީނުގައި މިތިބެނީ ވަކިބަޔަކު ވެރިކަމުގަތިބީތީއެއްނޫން އަދި ވަކި ބަޔަކުވެރިކަމުގަ ނެތީތީއެއްވެސްނޫން. ސިޔާސީވިޔަސް ދީނާ އަޤީދާއާއި ނުބެހި ވޯޓް ހޯދަން ދަސްކުރަންޖެހޭ
މިހާރު ކިތައްދީނަށް ހުއްދަދީފިތޯ ސަރުކާރުން، ކޮމަންޑޫ ދާއިރާގެ ކުރިންވެސް ހުރީ އެމްޑިޕީ މެމްބަރެއް އެދާއިރާގެ ރައްޔިތުންތިބީ ކާފަރުންގެ ގޮތުގައިތޯ ! އަޖައިބުވެއްޖެ ، ބޮލަށް ބޭސްކުރަންޖެހިފަހުރި ސޮރެއްމީ،
މިދުވަސްކޮޅު ލާދީނީ ކަންކަން ހިންނގުން މަޑުޖައްސާލާފައި އުޅެނީ ކޮމަންޑޫދާއިރާގެ ގޮނޑި ހޯދަން ގޮނޑި ލިބިއްޖެނަމަ ދެން އަނެއްކާވެސް ލާދީނީ ފަތުރަން ފޫގަލައިގެން ދުވާނެ އިންޑިޔާއައުޓް
މިހާރު މަޖިލީހުގައި އެމްޑީޕީއަށް މަދީ އެއްމެ ގޮނޑިއެއް ، އިސްލާމްދީން މިޤައުމުން ފުހެލުމަށްޓަކައި ޤާނޫނު އަސާސީ ބަދަލުކުރަން. މި ގޮނޑިލިބުނީމަ އެމީހުންނަށް މުޅިމަޖިލިސްލިބި އިސްލާމްދީންނޫން އެހެން ހުރިހާ ދީންތަކަށް ޖާގަދޭނެ. އެހެންވީމާ މިގޮނޑި ދޭންވާނީ ޕީޕީއެމް އަށް.
ބުރޯ ތީ ވަރަށް މުސްކުޅި ސްޓަންޓެއް. އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބުނީމަވެސް އަދިވެސް އޮތީ އިސްލާމްދީން. ބުރޯމެންނަށް މަޖިލިސް މެޖޯރިޓީ ލިބުނީމަ ޕީޕީއެމްގެ ޚާޢިނުންނާ އެމްޑީޕީގެ ޚާއިނުން ގުޅިގެން އަރަބި ސައުދާގަރުންނަށް އަތޮޅުތައް ހުރިގޮތަށް ވިއްކާލަން އުޅުނީ
އިސްލާދީން އޮތީ ހަމައެކަނި ކޮމަންޑޫ ދާއިރާގަދޯ….ހެ ހެ ހެ ބޯގަޅި ކިޔޭ ނުކިޔޭވެސް ނޭނގޭ…
އެހެންވީމަ އިސްލާމް ދީން ނުފޮހެވިއޮތީވެސް ކުރިން ހުރި އެމްޑީޕީ މެމްބަރުގެ ސަބަބުންދޯ….
ތިހެން ތި އިދިކޮޅުން ލަވަކިޔާތާ ކިހާދުވަހެއްވެއްޖެ؟ އަދި މިހާތަނަކަށް ތިކަމެއް ފެނިފަކާ ނެތް ތިޔައުޅެނީ ތަމަންމެންގެ މަންފާއަށް ޖައްސާ ޝްޓަންޓް. ސުޖާތީ ދެން ކާކު؟
އެހެންވެތަ ކަލޯ މެން ތިތިބީ ވަގުން ނައް ތާއީދު ކޮއްގެން
ގައުމުގަ އޮންނަންފެންނަދީނެއްހޮވަން ބާއްވާއިންތިހާބެއްތަ 2008 ގަވެސް މޑޕ ވެރިކަންކުރި އަދި އެންމެފަހުންވެސް އެދާއިރާގަހުރީ މޑޕ މެމްބަރެއް ދީނުގެވާހަކަނޫން އެހެންއެއްޗެއް ރައްޔިތުންނަށް ވިއްކަންވެއްޖެއްނު ށ.އަތޮޅު ސިއްރުފެންފުށީ ކަނޑުގަ ބުދުފައްޅިއެޅީވެސް ތިޔަ ދީނީމީހުންގެވެރިކަމުގަ އެވެސް މޑޕ ވެރިކަމެއްގަ ނަމަ މުޒާހަރާއަށްނުކުންނާނެ އިންތިހާބުން ޕީޕީ އަށް ކާމިޔާބެއް ނުލިބޭނެކަމުގެ ބިރުހީވެގެން އެންމެބަރު ހަތިޔާރު ވިއްކަންއުޅޭހެން މިހާރު އެބަހީވޭ
ގަޅިބެ. ތި ނޫން އެއްޗެއް ކީނަމަ.
އަބަދު އެއް ލަވައެއް.
އަދިވެސް ދީނީކާޑުދޯ؟ މިމީހުނަށް އެހެން ކާޑެއް ކުޅެން ނޭނގެނީބާ؟ ދީން އަބަދުވެސް ހަތިޔާރަކަށް މިހަދަނީ! ކިހާ ބޮޑުވެއްޖެކަމެއްމީ!! މިހާރަކު ތިކާޑެއް ނުހިނގައޭ. މިހާރުހިނގަނީ ފެކްޓުކާޑު. އަމަލާއި ބަހުން ޖެހޭނީ ސާބިތު ކޮށްދޭން.
އެމްޑީޕީ އަށް ވެރިކަންލިބޭ ކޮންމެ ފަހަރަކު ދީނަށް ފުރައްސާރަ ކުރާ މީހުން ގިނަވޭ. މިސްކިތްތަކަށް ގެއްލުން ދޭ މީހުން ގިނަވޭ. އިރު އިރުކޮޅާާ މެޕުންވެސް ފައްޅިތައް ފެނޭ.
ގަރުނުގެ އެންމެ ޖޯކު ސުރުޙީ. މަ ހީ ހީ ހަލާކު
މިހިރީ މި ސުޖާމެންގެ ހާލަތު ހުރިގޮތަކީ. ޕޯޑިއަމް ކައިރީގައި ހުއްޓި ހުންނައިރު ކިޔޭނުކިޔޭއެވެސް ނޭގޭ. ތިވަރުވީމަ ޖޯކުވެސް މީހުން ޖަހާނެ، ލިބެން އޮތް ވޯޓްގަނޑުވެސް ގެއްލޭނި. ތަންކޮޅެއް އޮއްޓަރުހުރި ވާހަކަ ދައްކަބަލަ.
ހީހީ ހުރެބަލަ މި ގޮނޑި މިހާރު ދޭންޖެހޭ މީހާ އެނގިގެންދާނެ ވޯޓަށްފަހު
Thi meehun dhw mi gaumah Islam Dheen ge na ee . Ulhey faadeh dhn
ތިޔަނޫން ހަތިޔާރެއް ނެތްދޯ ތިގޮނޱި ޕޕ އައްދީފިއްޔާ ވަގަކައް ވޯޓްދެވުނީ
ކަލޭމެން ތިދައްކާވާހަކަ މިހާރު ދިވެހިން ގަބޫލެއް ނުކުރާނެ ކޮންމެ އިންތިހާބަކާ ދިމާކޮށް ތިވާހަކަ ދައްކާތާ މިހާރު 15 އަހަރު ވެއްޖެ އެހެން ދީނެއް ފަތުރާތަނެއް ނުފެނޭ
ތިވާހަކަ ބޮޑު ޖޯކަކަށް ވެއްޖެ
ތިދެން މާބޮޑަށް އިތުރުފުޅު ހައްދަވަނީ ސުޖާ އެއްވެސް ބަޔަކަށް ދިވެހިންގެ ދީނަކާ ނުކުޅެވޭނެ މިސްކިތް ނުތެޅޭނެ ގައިރު ދީން ނުގެނެވޭނެ