މުދައްރިސުން މޫނު ބުރުގާއިން މޫނު ނުފޮރުއްވައި ނުވަތަ އެއީ ކޮންބޭފުޅުންނެއްކަން ދަރިވަރުންނަށް ރަނގަޅަށް ސާފުވާގޮތަށް ތިއްބެވުމަށް ބޭނުންވާ ކަމަށް ވެރިކަން ކުރާ އެމްޑީޕީން ބުނެފިއެވެ.
ޓީޗަރުން ކިޔަވައި ދެއްވާއިރު ދަރިވަރުންނަށް މޫނު ފެންނަ ގޮތައް ހުންނަން ޖެހޭނެކަމަށް ގަވައިދުގައި ބަޔާން ކޮށްފައި އޮންނާތީ އެބަހުސް އަނެއްކާވެސް މިހާރު ވަނީ ބޮޑުވެފައެވެ.
އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއި ކުރައްވައި، އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީއަށް މިހަފްތާގައި ފޮނުއްވި ސިޓީއެއްގައި ވެސް ވިދާޅުވެފައި ވަނީ ރާއްޖޭގައި ހެދުން އަޅަން ޖެހޭނީ އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި އަދި ރާއްޖޭގައި ނިސްބަތުން ގިނަ އަންހެނުންނަކީ މޫނު ބުރުގާ އަޅާ ބައެއް ކަމަށެވެ. އަދި މީހަކު އަޅާ ހެދުމެއްގެ ސަބަބުން އެ މީހެއްގެ ގާބިލް ކަމަށް އަސަރު ނުކުރާނެ ކަމަށާއި އެހެންވެ، މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ފުރުސަތު ދޭންޖެހޭ ކަމަށް އެ ސިޓީގައިވެ އެވެ.
ސްކޫލުތަކުގައި މޫނު ބުރުގާ އަޅައިގެން ކިޔަވާދިނުމަށް ބައެއް ފަރާތްތަކުން ބާރުއަޅާ އެޅުމާމެދު އެމްޑީޕީގެ ވިސްނުން ހާމަކުރަން އެޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި މުޖުތަމަޢުގައި މައިންބަފައިންނާއި ބެލެނިވެރިންނާއި އަދި ދަރިވަރުންގެ ގިނަ ބަޔަކީ، އެ ދަރިވަރުންނަށް ސްކޫލު މަދަރުސާތަކުގައި އުނގަންނައިދެއްވުމަށް މުދައްރިސުން ކުރިމަތިލައްވާއިރު އެ މުދައްރިސުން މޫނު ބުރުގާއިން މޫނު ނުފޮރުއްވައި ނުވަތަ އެއީ ކޮންބޭފުޅުންނެއްކަން ދަރިވަރުންނަށް ރަނގަޅަށް ސާފުވާގޮތަށް ތިއްބެވުމަށް ބޭނުންވާ ބައެއް ކަމަށެވެ.
އަދި ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި މިގޮތަށް އާދަކާދަ އޮވެ، މުދައްރިސުންނާއި ސްކޫލު މަދަރުސާތަކުން މި މިންގަނޑު ވަރަށް ރަނގަޅަށް ނަގަހައްޓަވަމުން ގެންގޮސްފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. "ސްކޫލު މަދަރުސާތަކަކީ ދަރިވަރުންގެ މަސްލަޙަތު ނަގަހައްޓަންޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަން ވެސް އޮންނަންޖެހޭ ވަކި ޚާއްޞަ ތަންތަންކަމަށް ވާއިރު، ކިޔަވާދެއްވުމަށް ދަރިވަރުންނާ ބައްދަލުކުރައްވާއިރު މުދައްރިސުންގެ އައިޑެންޓިޓީ ޔަޤީންވާންޖެހޭނެކަމަށް މި ޕާޓީން ދެކެމެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެމްޑީޕީން ބުނީ މިކަމުގައި މި މޭރުމުން ވާހަކައެއް ދައްކާ މީހަކީ ވެސް ދީނުން ބޭރުވެފައިވާ އަދި ލޭ ހުއްދަވެގެންވާ މީހެއްކަމަށް ސިފަކުރާކުރުމާ މެދު އެމްޑީޕީން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އަދި މީގެކުރިން ވެސް އެފަދައިން ސިފަކޮށް މީހުންގެ ހަށިފުރާނަ ނައްތާލައި ގެއްލުންދީފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށާއި އެހެންކަމުން، އެފަދަ ކުށްތަކުގެ މައްސަލަތައް ބެއްލެވުމުގައި އިތުރަށް ސަމާލުވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެމްޑީޕީން ގޮވާލާގޮވާލުން ތަކުރާރުކުރާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
މޫނު ބުރުގާގައި ޓީޗަރުންނަށް ކިޔަވައި ދިނުމާއި ގުޅޭ ބަހުސް މީސް މީޑިއާގައި ފެށުމާއިއެކު ވަރަށް ގިނަ އިލްމުވެރިން ގެންދަވަނީ މޫނުބުރުގާ އަޅައިގެން ޓީޗަރުންނަށް ކިޔަވައި ދިނުމުގެ ފުރުސަތު ދިނުމަށް ގޮވާލައްވަމުންނެވެ.
އެމް.ޑީ.ޕީ އަށް އެއީ ކާކުކަން ނޭންގެނީ. އެހެންވަނީ ދީނާ ދުރުވީމަ އަދީ ދީނުގަ އޮންނަ ގޮތަށް ކަންކަން ދިޔަނުދޭންވެގެން. ދަރިވަރުންނަށް އަދި ސުކޫލުތަކުގެ އުޅޭ މީހުނަށް މޫނު ބުރުގާ އެޅި ޓީޗަރުންނަކީ ކޮން ބައެއްކަން ވ ސާފުކޮށް އެނގޭ.
ލާދީނީ ބައިގަނޑު،، އެމްޑީޕީ އަށް ނިސްބަތްވާ އެންމެންނަކީ ލާދީނީ މީހުން، އަދި އެމްޑީޕީ އަށް ތާއީދު ކުރާނީވެސް ލާދީނީ މީހުން.. މި ބަގަނޑުގެ ވިޔާނުދާ ކަންކަމުގެ ސަބަބުން މި ދިވެހިރާއްޖެއަށް ނިކަމެތިކަން މެދުވެރިވެ ޤައުމު ހަލާކުވެގެން މިދަނީ،، އެމްޑީޕީ އެންމެންނަކީ ލާދީނީ ގުންޑާއިން،،
ލާދީނީ ކަމެއްނަމަ އެމްޑީޕީއަށް ހެޔޮވާނެ. ނަޝީދު ރާބޯ މައްސަލަ އެމީހުނަށް ބޮޑެއް ނުވެއެންނު
މަގުމަތިން ހިނގާފަ އެދަނީ ކާކު ކަމެއް ނޭންގޭނެ މާސްކު އަޅާފަ ހުރީމަކާ… އެހެންވީމަ މާސްކު އަޅާނެ ކަމެއްނެތް..
ފުރަތަމަ ކަލޭމެން ލާދީނީ އެމް.ޑީ.އެން އާއި އުތެމަ އާއި އަދިވެސް ދީނަށް ފުރައްސާރަ ކުރާ މީހުންނަަށް ފިޔަވަޅު އަޅާބަލަ. މިރަށުގަވެސް ތިބޭ މޫނު ބުރުގާ އެޅި 2 ޓީޗަރުން. ދުވަހަކު ވެސް މިރަށުގެ ބެލެނިވެރިއަކަށް ވެސް ދަރިވަރަކަށް ވެސް މައްސަލައެއް ޖެހިގެން ނޫޅޭ...ދެން ކަލޭމެންނަށް ކޮންކަމެއްތަ އަޅެ....ކަލޭމެންނަކީ ހަމަ ލާދީނީ ބަޔަކީ...............
އިންޑިޔާ އައުޓް
ލާދީނީން އައުޓް
މޫނުބުރުގާ ކީމާ ޖެހިލުންވަނީ ހަމަ // މުދައްރިސުން މިހާރުވެސް ތިބެނީ މޫނުއަޅައިން އެއީ މާސްކް އަޅައިން // ތަފާތަކީ ކޮބާބާ ؟؟
މޫނު ބުރުގާ އަށް ވުރެ މާ މުހިއްމު މައްސަލަތައް ހައްލު ކުރަން ޖެހޭ ކަންކަން އެޑިޔުކޭޝަން ދާއިރާގެ ތެރޭގައި އެބަހުރި...ކީއްވެބާ އެފަދަ މާއްސަލަތައް ހައްލު ކުރަން ބަޔާންތަކާ ކަންކަން ނުކުރަނީ...b
ތީވަރަށް ބޯދާ ލޮޖިކެއް، ތިގާނޫނުން ކިހިނެއްތޯ ލޯފަން ކިޔަވާ ކުއްޖަކަށް ފައިދާކުރާނީ؟ ކަލޭމެން ތިއުޅެނީ ސުކޫލުތަކުގެ ވެރިންނަށާއި މިނިސްޓުރީގެ ބޭފުޅުންނަށް ޓީޗަރުންގެ އައުރަ ދައްކާނެ ގޮތެއްނޭނގިގެން. ކޮންމެހެން ދަރިވަރުންނަށް ޓީޗަރުގެ މޫނު ނުފެނިގެންނެއްނޫން. އިންޑިޔާ ޓީޗަރުން ސާޅީ އަޅައިގެން ދަރިވަރުންނަށް ބަނޑުދެއްކިޔަސް ކަލޭމެންގެ އަގީދާއަކަށް ލޮޅުމެއް ނާރާ، އެކަމަކު ދިވެހި ޓީޗަރަކު މޫނު ބުރުގާ އަޅައިގެން ކިޔަވާދިނުމުން ދަރިވަރުންނަށް ނުކުރާ އަސަރު ކަލޭމެންނަށް އެބަކުރޭ.
ސްކޫލު މުވައްޒަފުން ނޫން މުވައްޒަފުންނަށްވެސް ދާގޮތަށްގޮސް ކުލާހަށްވަދެ ކިޔަވައިދޭގޮތަށްތޯ ތިތަންތަން އިންތިޒާމުކުރެވިފައި އޮންނަނީ؟
އެމްޑީޕީއަކީ އަބަދުވެސް އިސްލާމްދީނާ ދުރު ބައެއް. ސަބަބުތައްވެސް ބައިވަރު. މިހާރު މި އަޅައިގަތީ މޫނު ބުރުގާއާ. އެމްޑީއެން އާއި އުތެމައިން ދީނާ ދެކޮޅަށް ހަޖޫޖަހާ ފުރައްސާރަ ކުރިއިރު ނޫސް ބަޔާންގަނޑެއް ކީއްކުރަން އަތު ލިޔުމެއްހާ ހިސާބުވެސް އެކަން ކުށްވެރިކޮށްލަން ނުކުރެނު ނުވެސް ކުރާނެ ކުރަން ބޭނުމެއްވެސް ނުވާނެ. މުޅި ގައުމު ފަސާދަވީ އެމްޑީޕީއާ ހެދި. އެކަންތައް މުޖުތަމައުން ފެންނަމުން މިދަނީ. ހެޔޮވިސްނޭ މަދު ބަޔަކު އެމްޑީޕީގެ މަޅިގައި ޖެހިފައިވާކަން މިއީ ހިތާމަހުރިކަމެއް. ﷲ ދެއްވި ސިނކުޑީގެ ބޭނުންކޮށް އެމްޑީޕީއާ ދުރުވޭ ރައްޔިތުންނޭ. އާޚިރަތަށް ވިސްނާ.
އެހެންވީމަ މޑޕ މޫނުބުރުގާ އަޅަން ރެޑީވޭ.
ޓީޗަރުން ކިޔަވައިދޭގަޑީގައި މޫނުނިވައިކޮށްގެން ނުވާނެ
ކާކު ބުނި ވާހަކައެއް އެއީ. ކަލޭމެން މާސްކްވެސް ނަގަިގެންތަ ކިޔަވާދެނީ. ލަދު
mask
2023 އިންތިހާބައްދާއިރު ތިއެއްޗެއްގަ ހުރިދިޔައެއް ރައްޔިތުންނައް ރައަގަޅަށް އޮޅުފިލުވަދޭންޖެހޭ އޭރުން ވޯޓްވޮޝިން ފެއްނާނެ ރާއްޖެއައްބޭނުން ލިކުއިޑެއްތޯ ކަޅުދަބަހުގަހުރީ މިއައްނަ އިންތިހާބުވާނެ އަވައްޓެރި ގައުމަކަޝާ އެމްޑީޕީ އައްލިބޭ އެއްމެފަހުގެފިލާވަޅަތް އައްނި ނަމެއްނޮއޮށްނާނެ އެގުރޫޕުން ހުރިހާސުވާލެއް މިއުފައްދަނީ ރައްޔިތުން މޫނުދައްކާނީ ވޯޓްފޮޝިން
ތިޔައީ 20 ވަރަކަށް ނުފޫޒުގަދަ ޕާޓީ ބައެއްގެ ނިންމުމެވެ. ދީން ފުރައްސާރަ ކުރާ ބަޔަކު އުޅޭ ޕާޓީ އެއްގެ މެމްބަރެއްގެ ގޮތުގައި ނުހުރެވޭނެ އެވެ. މިކަމާ ދިވެހީން ހޭލުންތެރި ކުރުވަން ވީ އެވެ.
މޫނުބުރުގާ އެޅުމަކީ ދިވެހިންގެ ހަލާކެއް. ދީނަށް އުޅެވޭނެ އެކަން ނުކުރިއަކަށް. މަގުތަކާ ، ދައުލަތުގެ މައާމުތަކުގާ އެއްގޮތަކަށްވެސް މިމީހުން ބައިތިއްގެންނުވާނެ.
ވެރިކަމަށް އަންނަން ވެގެން އުޅުން އިރު ދެއްކުނު ވާހަކަ މަތިން ހަނދާންނެތުނީދޯ އެއީ އެމްޑީޕީގެ ފަލްސަފާ
ކޮންމެ ދުވަހަކު ކިޔަވާދޭން ކިލާހަށްދާ ޓީޗަރު މޫނު ނިވާކުރިއަސް ނުކުރިއަސް އެއީ ކާކުކަން އެކުދިންނަށް އެނގޭނެ. މިހާރުވެސް މޫނުބުރުގާއެޅި ޓީޗަރުން އެބަ ކިޔަވާދޭ. އެއީ އެޓީޗަރުކަން ކިލާހުގެ ހުރިހާ ކުދިންނަށްއެނގޭ. އަޑުންވެސް އެނގޭނެ ހަރަކާތުންވެސް އެނގޭނެ. ދުވާލަކު މީހަކު ކިޔަވާދޭން ދަންޏަކާ ނޭގޭނެ. އެގޮތަށްތޯ މިހާރު ކިޔަވާދެނީ. މ ކިޔާގެންވެސް އިސްލާމީ އުސޫލުތަކާ ކިޔަވާކުދިން ދުރުކުރެވޭތޯ ބެލުމަކީ އެޖެންޑާ19ގެ ވައުދެއް.
މި އެމްޑީޕީ ބޮޑުމީހުން ވެރިކަން ނުލިބިގެން ޤައުމު ހަލާކުކުރަން އުޅުނުވަރު އެގޭނީ ކޮންބަޔަކަށްބާ ؟، ބޭރުގެ މީހުނާއިގުޅިގެން ކޮށްފަ ނުކުރަނީ ކޮންކަމެއްބާ ؟ޓުވަރިޒަމް ބޮއިކަޓް ކުރަން ގޮވާ ހެދި މުޅި ޔޫރަޕްގައި ، އިގިރޭސި ޕާލިމެންޓް މެމްބަރަކު ލައްވާ ރާއްޖެ ބަދުނާމް ކުރަން ކިތަކެއް މަސައްކަތް ކުރެވުނުތޯ ؟
އިސްލާލާމްދީނަށް އުޅޭ މީހުންދެކެ އެމްޑީޕީ ގެ އިސްވެރިން ކަންބޮޑުވާނެއެވެ.ރާބޯމީހުން ދެކެ ލޯބިވާނެއެވެ. އިސްލާމްދީނާއި ދެކޮޅަށް އުޅޭ މީހުން ދުނިޔޭގެ ޙަޔާތުގައިވެސް ނިކަމެތިވެ ކަންކަމާއި ހާސްވެ އުޅޭތަން މިދަނީ ފެންނަމުންނެވެ.އިސްލާމްދީންދެކެ ލޯބިވެ އެދީނަށް އުޅޭމީހުން އުޅެނީ އުފަލުގައެވެ.
މާސްކުއެޅުމުންވެސް ނޭގެ، މޫނު ބުރުގާ މީ ހާދަ ނުރައްކާއެއްޗެކޭ....ދޯ
ދީނަށް ފުރައްސާރަ ކުރުމަށާއި ލާދީނީއްޔަތު ފެތުރުމަށް މޑީޕީ އިން ދިވެހީން ގެ ބޮލަށް ސަވާރުވާން ގެންގުޅޭ އުކުޅުތަކަކީ. ހަރުކައްޓޭ. ލޭހުއްދަ ކުރަނީއޭ. ފުރާނަ ދުއވާލަން އުޅެނީއޭ. ނަފްރަތު އުފައްދަނީއޭ. އަދި މި ކަންކަމަށް ގާނޫނު ހަދައި އޭގެ ނިވަލަށް ވަދެތިބެ މި ވެރިންގެ ހަގީގައް އެނގި މިވެއްނާ ދެކޮޅަށް އަޑު އުފުލާ ދިވެހިންނަށް އެއިން ބިރުދެއްކިއެވެ. މިވެރިން ދީނަށް ފުރައްސާރަ ކޮށް ދީން ގަބޫލު ނުކުރާ ކަން ދިވެހީން ނަށް ފޮރުވަން ވެގެން ނަފުރަތޭ ލޭހުއްދަ ކުރަނީއޭ ކިތައްމެ ވަރަކަށް ކިޔަސް އިސްލާމް ދީނުގެ އެއްވެސް ކަމަކަށް ފުރައްސާރަ ކޮށްފީޔާ އަދި އިސްލާމް ދީނުގަ އައިސްފައިވާ އެއްމެ ކަމެއް ގަބޫލުނުކުރިޔަސް އިސްލާމީ ޝަރީޢަތުގައި އޭނަ މުސްލިމަކަށް ނުވާނެ. އިސްލާމްދީނުގަ އޮތްގޮތް ޝެއިހުން ބުނެދޭ ކޮއްމެ އިރަކު މޑޕ ގެ ދީން ނުކިޔަވާ ތިބި ޖާހިލު ބޮޑުން އެކަމާ ދެކޮޅުހަދާ އެކަމަށް ފުރައްސާރަ އެބަކުރޭ.
ޢަހަރެން ބިރުއެބަގަނޭ.
އެތައް ހާސް ޓީޝަރުންނެތް