އިސްލާމް ދީނަށް ނިސްބަތްނުވާ ބޭރުގެ ލީޑަރުން، އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެކެ ނުރުހުން ވަނީ އެމަނިކުފާނަކީ ވަރުގަދަ އިސްލާމީ ލީޑަރަކަށް ވާތީ ކަމަށް ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީގެ ކެމްޕޭން ޖަލްސާއެއްގައި އަދުރޭ ވިދާޅުވީ، އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ އެ އިންތިޚާބު މުހިންމު ވަނީ ދިވެހިންގެ ސިޔާދަތީ ބާރާއި އިސްލާމީވަންތަކަމާއި ގުޅިފައި އޮތުމުން ކަމަށެވެ.

އަދުރޭއާއި ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕް ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސަތުތައް ހުންނެވި ގޮތުން އިންޑިއާގެ ބާރުގެ ދަށަށް ދިވެހިންގެ ސިޔާދަތީ ނިންމުންތައް ދާ ކަމުގައެވެ.

"ފެބްރުއަރީ ފަހެއް އެއީ ބޮޑު ދުވަހެއް، އެ ދުވަހަކީ ދިވެހިންގެ ސިޔާދަތީ ބާރު ދިވެހިންގެ އަތުގައި ބާއްވަން ނިންމަން ލިބޭ ދުވަސް، ރާއްޖޭގައި ތަފާތު ދީންތަކަށް ފުރުސަތު ދޭނީތޯ ނޫނީ އިސްލާމް ދީނުގެ މަތީގައި ތިބޭނީ ތޯ ނިންމަން ލިބޭ ދުވަސް، އެ ނިންމުން ނިންމުމުގެ ބާރު ދޫ މި ވަނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް،"

ފޯކައިދޫގައި ބޭއްވި އެ ޖަލްސާގައި، އަދުރޭ ވިދާޅުވީ، ދުނިޔޭގައި އާންމު ގޮތެއްގައި ވެސް ހިނގަމުން އައި ކަމަކީ އިސްލާމީ ވަރުގަދަ ލީޑަރެއް އުފެދިއްޖެނަމަ، ދީނުގެ އަދުއްވުންގެ ގޮތުގައި ތިބި ބޭރުގެ ލީޑަރުން އެ ލީޑަރަކާ ދެކޮޅަށް ނުކުންނަވާނެ ކަމަށެވެ.

"ރައީސް ޔާމީނަށް ކުރިމަތިވެގެން އުޅެނީ އެ މައްސަލަ، އިސްލާމް ދީން ކުރިއަރުވަން މަސައްކަތް ކުރާ ލީޑަރެއް، ބޭރުގެ ނުފޫޒުތަކަށް ޖާގަ ނުދީ ރާއްޖެ ތަރައްގީ ކުރި ލީޑަރެއް، އެހެންވެ މި ރާއްޖޭގައި އަމިއްލަ އެދުމުން ފޯވެފައި ތިބި ބަޔަކާއި ގުޅިގެން ރައީސް ޔާމީންގެ ވެރިކަން ފޭރިގަތީ،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ދުނިޔޭގެ ބައެއް ގައުމުތަކާއި ބައިނަލް އަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާއި ގުޅުން ކަނޑާލާފައިވެއެވެ. މި ގޮތުން ގަތަ ރުއާއި ކޮމަންވެލްތު ފާހަގަ ކޮށްލެވެއެވެ. މި ގުޅުންތައް ކަނޑާލީ ދިވެހިންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން އުޅޭތީ ކަމަށް ބުނެއެވެ.

އަވަށްޓެރި އިންޑިއާއާއި ވެސް އޭރު ގުޅުން ހީނަރުވެގެން ދިޔައިރު، އެންމެ ގާތް ގުޅުމެއް ބާއްވަމުން ގެންދެވީ ދުނިޔޭގެ ސިޔާސީ މަސްރަހުގައި އިންޑިއާއާއި އެންމެ ވާދަވެރިކޮށް އޮތް ޗައިނާއާ އެކުގައެވެ. މި ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވަނީ އިންޑިއާއާ އެކުގައެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅަށް ޕީޕީއެމް ޕީއެންސީން ގެންދަނީ "އިންޑިއާ އައުޓް" ނަމުގައި ބޮޑު ހަރަކާތެއް ވެސް ހިންގަމުންނެވެ.

މި ހަރަކާތް ފުޅާ ވެގެން ދިޔައީ، ރައީސް ޔާމީން ޖަލު ހުކުމުން މިނިވަންވި ފަހުންނެވެ. އެމަނިކުފާނު ގެންދަވަނީ "އިންޑިއާ އައުޓް" ޝިއާރުގެ ޓީޝާޓް ތުރު ކުރައްވައިގެން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރު ކުރައްވަމުންނެވެ. ކޮމަންޑޫ ދާއިރާއާއި ށ. އަތޮޅު ބައެއް ރަށްރަށަށް ވެސް ވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ގާދިރު

  އޭނަ ވައްކަން ކުރާތީވެ

  18
  9
 2. ާއަޙްމަދު

  އެހެންވެގެންތަ ނަމާދު ވަގުތު ތާސްކުޅެން އިންނަނީ؟

  20
  7
 3. ބޮކި

  ނަސީބެއްނު އެނާ ވަގަކަށްނުވިކަން ؟

  18
  1
 4. އިސްމާއިލް

  ޔާމީންވެރިކަމުގަ ގަތަރާ ގުޅުންކަނޑާލީ ލާދީނީބަޔަކަށްވީމަ

  13
  2
 5. ޤައިދީ ނަމްބަރު 420

  ކަލޭ އަށް ތިހުރީ އެނގިފައި؟ އެމަނިކުފާނު ދަންނަ ބޭރު މީހަކަށް ހުންނާނީ ހަމަ އެކަނި އަސޭލާ

  8
  4
 6. Anonymous

  ދީނީ ކާޑު ނުކުޅޭށޭ ކިޔާނެ.
  އެކަމަކު އެނޫން ކަމެއް ކުރަން އެނގެނީއަކީވެސް ނޫން.

  9
  1
 7. އިސްލާމީ ލީޑަރު

  ގައިމު ތިކިޔާ އިސްލާމީ ލީޑަރު އެއްވެސް ނަމާދު ގަޑިއެއްގައި އެއްވެސް މިސްކިތަކުން ނުފެނޭ.
  ކޮންވައްތަރެއްގެ އިސްލާމީ ޑީލަރެއްތަ ތީ؟

  13
  3
 8. މުހައްމަދު

  އަބުދުއްރްހީމްބެ ސިކުޑިއެއް އެބަހުރިތަ ކަލޭ ގަބޫލު ކުރަނީ އަހަރެމެން ދިވެހިން މިއުޅޭ ދީނެއް ނޫންހެން ހީވަނީ

  9
  4
 9. ޔަމަން

  އަބަދު މިސްކިތުގެ އޮންނަނީ އެހެންވެދޯ ؟ މިސޮރު ހުކުރުނަމާދަށްދަނީ ކޮންމިސްކިތަކަށް؟ ނުފެންނާތީ ހަމަ އަހާލީ.

  10
  3
  • އަދުރޭ

   ކިންގ ސަލްމާން މިސްކިތައްނޫނީ ނާރަން ހަމަ ބޮޑާހާކަނީ.

   3
   1
 10. ޖަބުލާނީ

  ބައެއް މީހުން މީހުން ދެކެވާ ލޯތްބެއްގެ ސަބަބުން އެމީހެއްގެ ގައިގަ ނެތް ސިފައެއް ހުއްޓަސް އެއީ ހުރި ސިފައެއް ކަމަށް ދައްކަން އެތަށް ތައުރީފަކާއި ސަނާއެއް ކިޔާ...އެވެސް ފޮނިތޮށި ކާފޫރުތޮޅި އަޅައިގެން ތައްޔާރު ކުރާ ފޮނި ފޯއް ޕެކެޓަކަށްވުރެ ފޮނިކޮށްލައިގެން.

 11. އެލެކްސް

  ވަގު އައިޑީ ހަދާގެން ދުލަށްއައިހާ އަވަގުރާނަ ކޮމެންޓްކުރަނީ ބޮޑެތިފިޑިން! އަދުރޭއަށް ސާބަސް.

  3
  2
 12. ސުދެލިހެއިން

  އާން އިސްލާމީލީޑަރުން އެންމެ ގިނައިން ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވަނީ އަދުރޭ ކަލޭ 2 ފްލެޓް ގަންނަން 9 މިލިއަން ރުފިޔާ ހޯދިގޮތް ކިޔައިދީބަލަ

 13. ޢާދަނުބެ

  ޢެހެންވެދޯ މޫނުބުރުގާ އެޅި މީހުން ވަޒީފާއިން ވަކިކުރީ ސިޔާސީ މީހުންވީމަ ކޮންމެ ފަދަ ވާހަކައެތްވެސް ދައްކަފާނެ ޔާމީނު މާލެއަތޮޅަށް ތަރަށްގީ ނުގެންނަ ވާހަކައެތް ނުބުނަން ބަލާލީ ކޮންމެދިމާލަކުން ތަރަށްގީ ފެންނަންއެބަހުރި އެކަމަކު ދީނީ ކަންކަމަށް އަމަލުކުރީ ރަނގަޅަކަށްނޫން ޔާމީނު ސަރުކާރުގަވެސް

 14. އެނޮނިމަސް

  ޔާމީނަށް ގުޅުން ބޭއްވުނީ އެންމެ އިސްލާމް ދީނާ ދެކޮޅު އެއް ގައުމަކަށްވާ ޗައިނާ އާއި އެކަނި. ދެން ވެރިކަމަށް އައިއްޔާ ގުޅުން ބާއްވާނީ އިސްރާއީލު އާއި ކަންނޭންގެ. މިހާރު އުޅެނީ ވެރިކަން ހޯދަން އިންޑިއާ އައުޓް ގޮވާ. ތިސަރުކާރު ވެރިކަމުގައި އޮތް އިރު ކޯލިޝަނުން ނޫޅޭ ޗައިނާ އައުޓް ގޮވަޔެއް

 15. ސިއްދީޤް

  އިސްލާމީ ލީޑަރުންތޯ ބުނަނީ

  # ބެންކޮކުންހޯދަނީ ހިލޭ އަންހެނުންނެއް ނޫނޭ
  # އަނބިމީހާވެސް ނާހައޭ ގެއަށްވަންނަނީ ހަލާލް ފައިސާތޯ ޙަރާމް ފައިސާތޯ
  # ރައްޔިތުންނަށް ވަރުގަދަ އަފިހުނެއް ދޭންވެއްޖޭ
  # 1ގ ގެ މަސްތުވާ އެއްޗެއް ފެނުނަސް ކުއްވެރިއެއްނުވާނޭ
  # އަމިއްލަގެއަށްވަނީ ހަލާލްނޫން ފައިސާއޭ
  # ދިވެހި ދަރިއެއް ގެއްލިގެން އުޅުނީމަވެސް ދެން އެކަމާބެހޭމީހުން އޭނާ ހޯދާނެޔޭ
  # ތިމާ އާއި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ކުޑަގޮޅިއަށްލަނީ
  # ފަސްއަހަރުގެ ދައުރެއްނިންމާލާފަ އަމިއްލަގެ ބުރިބުރިއަށްނަގާލަނީ
  # ވެރިކަމުގަ ހުރިއިރު ފުރަތަމަ %50 މުސާރަނަގާފަ ފަހުން ފުލް މުސާރަނެގީ ދަރިފުޅުގެ އެޕާޓްމަންޓަށް ލާރިދައްކާށޭބުނީ، ދެން ކޮންތާކުން ހޯދި ފައިސާއަކުންތޯ އަމިއްލަ ގެ ބުރި ބުރި އަށް އެނަގަނީ

 16. ސީލަބަލަ

  ބޭރު މީހުން އެކަންޔެއް ނޫން އަހަރުންވެސް ވަރަށް ނައްޓާ

 17. ވގ13

  އިސްލާމީ ލީޑަރުން ދިރި އުޅުމައް ކުރާ މަސައްކަތަކީ ވައްކަންތޯ އަދުރޭ ތިބުނާ ލީދަރު ދެވަނަކަމެއްނުކުރޭ