ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބިއްޖެނަމަ އިސްލާމް ދީން ނޫން ދީންތަކަށް ޖާގަދެވޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ދެއްކެވި ވާހަކަފުޅަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ރައްދު ދެއްވައިފިއެވެ.

ދިިވެހި ޓީޗަރުން ކިޔަވައިދޭ ވަގުތު މޫނު ބުރުގާ އަޅައިގެން ހުރުން މަނާކޮށްފައިވާއިރު، އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ބައި އިލެކްޝަންގައި ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ދީފިނަމަ ރާއްޖޭގައި އެ ކަން ކުރުން މަނާކޮށް އެހެން ދީންތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށް ޝުޖާއު "ވަގުތު" އަށް ވިދާޅުވެފައިވެއެވެ.

ޝުޖާއުގެ ވާހަކަތަކާއި ގުޅިގެން "ވަގުތު" އާއި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ ޝުޖާއު ފަތުރަމުން ގެންދަވަނީ ބޮޑު "ބުހުތާނު ދޮގު" ކަން ދިވެހިންނަށް ސާފުކޮށް އެނގޭނެ ކަމަށެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީން ފުރަމުން ގެންދާތާ 13 އަހަރަށް ވުރެ ގިނަ ދުވަސްވީ ކަން ވައްޑެ ފާހަގަ ކުރެއްވިއެވެ.

"ދެން ބޮޑު ބުހުތާނު ދޮގެއްކަން އެންމެނަށް ވެސް އެނގޭ ނޫންތޯ؟ މިހާރު ވެސް ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީން ނަގާތާ ތިން ދައުރު. އެމްޑީޕީއަށް ގޮނޑި ލިބިގެން ދީން ބަދަލުވާނަމަ މިހާރު ވެ ނިމިފައެއްނުން އޮންނަން ވާނީ؟" އެމްޑީޕީގެ މެންބަރު ވައްޑެ ވިދާޅުވިއެވެ.

ނިސްބަތްވާ ޖިންސާއި ގިންތީގެ ގޮތުން ކުރެވޭ ތަފާތުކުރުމާއި ތުނބުޅި ބެހެއްޓުމާއި މޫނުބުރުގާ އެޅުންފަދަ ކަންކަމުގެ ސަބަބުން ދިމާވާ ތަފާތުކުރުންތައް ނައްތާލުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

ނަމަވެސް މޫނު ބުރުގާ އެޅި މުދައްރިސުންނަށް ސުކޫލުގައި ކިޔަވައިނުދެވޭ ގޮތަށް ނިންމުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރައްވަމުންނެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިން ވެސް ހިމެނެއެވެ.

"ލާދީނިއްޔަތު" ދައުލަތަށް ދިވެހި ދައުލަތް ބަދަލު ކުރުމުގެ ސިއްރު އެޖެންޑާއެއް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގެންގުޅުއްވާ ކަމަށް އެ ޕާޓީގެ ވާދަވެރިން އަބަދުވެސް ތުހުމަތު ކުރެއެވެ. އެކަމަކު މިއީ އެމްޑީޕީގެ އިސް ބޭފުޅުން ދޮގު ކުރައްވަމުން ގެންދަވާ ކަމެކެވެ.

ކިޔަވައިދޭ ވަގުތު މޫނު ބުރުގާ އަޅާ ޓީޗަރުން މާސްކް އަޅައިގެން ތިބޭ ގޮތަކަށް ގަވާއިދު އޮތް އިރު، މި ކަމަކީ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ އެޖެންޑާ ފުރިހަމަ ކުރަން ކުރާ ކުދި ކުދި ކަންކަން ކަމަށް އެ ފަރާތްތަކުން ސިފަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޞޮއްޓި

    ވައްޑޭ ކަލެޔަށް ތޔބިޑި ސަލާމް ބުނި.. ބުނި ވަރަށް މިސްވެޔޯ..

    13
  2. ކޭ ވިސްނުން

    ވައްޑެ މައްޑެ ތައްޑެ! އެއީ ދޮގެއްނޫން އެއީ ތެދެއް.
    ކޮމަންޑޫ ދާއި ރާ ވަގު މޑޕ އަށް ލިބިއްޖެނަމަ އެއީ
    ނުރ ރައްކަލުގެ ސިގްނަލެކެވެ މިހާ ރުވެސް މަޖިލީހަކީ
    ހިސޯ ރުކޮށްފައި އޮތް ތަނެކެވެ މޑޕ އޭ މިކިޔާ ގޭންގަށް
    މަޖިލީހުގެ މެޖޯ ރިޓީ ދިނުމަކީ ކު ރަން ހިޔޮވާވަ ރުގެ ކަމެއް
    ނޫނެވެ.

    17
  3. ހުސޭނުބޭ

    ދީނެއް ފުހެއެއްނުލެވޭނެ! އެކަމަކު ކަލޭމެން ދީނަށް ފުރައްސާރަކުރުން މެކުހަށްޖަހާނެ!

    18
    1
  4. ކުޑަވައްޑެގެދާރާ

    ވައްޑޭއައް އިނގޭތޯ ރެއަކާދުވާލް ކިތެއްނަމާދް ތޯކުރަންޖެހެނީ މީހަމަ ހިތައްއަރާ ސުވާލެއް ހަމަހޭގަ ހުރެވެނީ ކިތައްގަޑީއިރުތޯ ރެއަކަދުވާލް އޭރުން އނގިދާނެ ތިޔަކިޔާ އެއޗެއް ބައްޑޭ

  5. ޚޙގފފމ

    މިސޮރު ތެދެއް ހަދާނެތަ

  6. އަލީ

    އެއީ ވަރަށް ތެދުވާހަކައެއް ވައްޑޭ އަށްވެސް ވިސްނޭނެ ދުވަހެއް އަދި އަންނާނެ. އަދި ތި ހުންނަވަނީ އަންނިގެ ހަގީގަތް ނޭންގި

  7. ކޮއްޔާ

    މަޖްލިސް މެޖޯރިޓީ ދިނީމަވެސް ވީކަމެއް ނެތް // އިންޑިޔާ އަށް ގައުމު ވިއްކާދަށުވެއްޖެ // ދީނަކަށް ބެލުމެއް ނޯވޭ // ކުރަނީ ފުރައްސާރަ //
    ތިކަހަލަ މީހުން ގިނަވެ ގައުމު ހަލާކުވެ ނިމެނީ // އިންޑިޔާ އައުޓް //