މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ގާއިމް ކޮށްފައިވާ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގެ ތެރެއަށް ހުޅެލޭގެ ގްރިޑް އިތުރުކޮށްފިއެވެ.
ސްޓެލްކޯ އިން ބުނީ ބުނީ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގެ ތެރެއަށް ހުޅުލޭގެ ގްރިޑް އިތުރު ކުރެވިފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. މިއާއެކު އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުލެއަށް ކަރަންޓުދޭން ފަށާފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.
ހުޅުލޭގެ ގްރިޑާއި ސްޓެލްކޯގެ ކަރަންޓުގެ ގްރިޑް ގުޅާލާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއެކު ހުޅުލެއަށް ކަރަންޓު ފޯރުކޮށް ދިނުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހުއެވެ.
ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑަކީ ހަކަތައިގެ ސިނާއަތުގައި މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓްއެވެ.
މި ޕްރޮޖެކްޓްގެ ދަށުން ވަނީ ރާއްޖޭގައި މިހާތަނަށް ބަހައްޓާފައިވާ އެންމެ ބޮޑެތި ޓްރާންސްފޯމަރުތައްވެސް ބަހައްޓައިފައެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު ބަހައްޓާފައިވާއިރު، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓައިފައެވެ.
ޝުކުރިއްޔާ ރައީސް ޔާމިން