އެންމެ ރަނގަޅު އަހުލާގަކީ ދަރިންގެ މަސައްކަތާއި ސިޔާސީ ކަންކަމާއި ނުގުޅުވުން ކަމަށާއި އެހެންނަމަވެސް އެކަން މުޖުތަމައުގައި އާންމުކުރީ އެމްޑީޕީން އިސްވެ ކުރިޔަށް ގެންދިޔަ ސިޔާސީ ހަރާކާތުގެ ތެރެއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް(ސެންބެ) ވިދާޅުވެއްޖެއެވެ.
ސެންބެ މިގޮތަށް ވިދާޅުވީ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ ދަރިކަލުން އައްފާން އިނގިރޭސި ވިލާތުން 1.5 މިލިއަން ޕައުންޑަށް ގެއެއް ބައްލަވައިގެންފި ކަމަށް ބުނެ އެކަމުގެ ތަފްސީލް ހޯދަން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ދަރިންގެ މަސައްކަތާއި ސިޔާސީ ކަންކަމާއި ނުގުޅުވުމަށް މާރިޔާ ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވަމުންނެވެ.
މިގޮތުން އެންމެ ރަނގަޅު އަހުލާގަކީ ސިޔާސީ ކަންކަމާއި ދަރިންނާއި ނުގުޅުވުން ކަމަށާއި އެހެންނަމަވެސް އެކަން މުޖުތަމައުގައި އާންމު ކަމަށް ހަދާފައިވަނީ މާރިޔާ އިސްވެ ހުންނަވައިގެން އެމްޑީޕީން ކުރިޔަށް ގެންދިޔަ ސިޔާސީ ހަރަކާތްތަކުގައި ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ޕީޕީއެމްއަކީ އަބަދުވެސް ރަނގަޅު ތަރުބިއްޔަތަށް އިސްކަންދޭ ޕާޓީއެއް ކަމަށްވެސް ސެންބެ ވިދާޅުވިއެވެ.
"ޕީޕީއެމްއަށް ވޯޓު ދޭންވީ ރަނގަޅު ތަރުބިއްޔަތަށް އަބަދުވެސް އިސްކަންދޭ ޕާޓީއަކަށް ޕީޕީއެމް ވާތީ"
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ސިޔާސީ ކަންކަމުގައި އެންމެ ރަނގަޅު އަހުލާގަށް އިސްކަން ނުދޭ ކަމަށާއި އެހެންނަމަވެސް ޕީޕީއެމުން އެކަންކަމުގައި ބައްލަވާކަމަށް ސެންބެ ވިދާޅުވިއެވެ.
ފާހަގަ ކޮށްލެވޭގޮތުގައި މިނިސްޓަރ މާރިޔާގެ ދަރިކަލުން އައްފާން އިނގިރޭސި ވިލާތުން 1.5 މިލިއަން ޕައުންޑަށް ގެއެއް ބައްލަވައިގެންފި ކަމަށް ބުނެ މި ކަމުގެ ތަފްސީލް ހޯދަން ނޫސްވެރިޔަކު މިނިސްޓަރަށް ފޮނުއްވި ޖަވާބު މިނިސްޓަރ ވަނީ ޓްވީޓާގައި ހިއްސާ ކުރައްވާފައެވެ.
އެގޮތުން މާރިޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އޭނާގެ 40 އަހަރުގެ ދަރިކަލުންނަކީ އިނގިރޭސިވިލާތުގައި އެތައް ދުވަހެއް ވަން ދެން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ "ހަލާލު" އާމްދަނީއާއި މި ސަރުކާރާއި ގުޅުވައި އިންތިޚާބަކާއި ދިމާކޮށް ވާހަކަ ދެއްކުމަކީ ދެރަ ކަމެއް ކަމަށެވެ.
"ކޮރަޕްޝަންގެ ތުހުމަތެއް އަޅުގަނޑަށް ކުރައްވާނަމަ އެ ކަމެއް އޭސީސީއަށް ހުށަހަޅުއްވައިގެން ތަހުގީގު ކުރައްވާ، އަޅުގަނޑުގެ ދަރިފުޅަކީ އެމްޑީޕީ ހިމެނޭ ސަރުކާރެއްގެ ދައުލަތުގެ މަގާމެއް ނޫނީ ވަޒީފާއެއް އަދާ ކުރި ނުވަތަ އަދާ ކުރާ ކުއްޖެއް ނޫން، ފެށުނީއްސުރެން ރާއްޖެން ބޭރުގައި އަމިއްލަ މަސައްކަތް ކުރާ ކުއްޖެއް،" މިނިސްޓަރ މާރިޔާ ވިދާޅުވެފައިވެއެވެ.
40 އަހަރުގެ ދަރި އާއި އެއްކޮށް ބޭރުގެ ސިޔާސީ ފަރާތްތަކާއި އެކު ބައްދަލުވެމެއް ބޭއްވިންތޯ ؟
އެތައްފަހަރަކު ބޭއްވި. ލާރިވެސް ނަގާފަ ހުރީ. ދަރިއަކީވެސް ވަގެއް.
އަލަގަހަކުން ކެޔޮނިރެެެެއް ނުފަޅާނެއެވެ.
އަހަރެންގެ ބޭބެ އަޅުގަނޑުގެ ދަރިފުޅަށް ޗޮކްލެޓެއް ދިނުމުން ދަރިއަށާއި އަޅުގަނޑާއި ދެމީހުންނަށްވެސް ޗޮކްލެޓެއްލިބުމުގެ އިހްސާސްކުރެވޭ. އަދި އެދުވަހު ޗޮކްލެޓްނުގަނެ އެފައިސާ ރައްކާވެސް ކުރެވޭ.
މިއެންމެންގެ ދަރިންނާއި ެާއިލާމިތިބެނީ ބޭރުގަތާ ދެންމިމީހުންވެސް ގޮސްބޭރުގަތިބެންވީނު ނިކަމެތިދިވެހިރައްޔިތުން މިތިބެނީ މިގައުމުގަ އެއީ އެބައިމީހުންމުގަމުދެކެލޮބިވާތީ އަދިނުވާތާކައްބޭރުގަތިބޭއިރު އާސަންދަވެސް ވޯޓެއްލަންޔާ ވޯޓުފޮށިވެސް މިބައިމީހުންފޫބުޑައްގެންދަންޖެހޭ ގަެުމުދެކެލޮބިވާނަމަ މިގައުމުގަދިރިއުޅޭނެ ގައުމައް ހިދުމަތްކުރާނެ މި ތިޔަ ސިޔާސީމީހުންގެ ފެންވަރަކީ....
ސެންބެ......އަދުރެމެޓިސް ދަރިފުޅަށް ފުރާޑާސް އައިނުހެއްދީ ކޮންތާކުން ހޯދި ފައިސާކުން ތޯ ؟
މާރިޔާ އެމް އެމް ޕީ އާރު ސީގެ ފައިސާގައި ޖެހުނުކަމަށް ވޭތަ
މިހުރިހާމީހުންގެ ދަރިންއުޅެނީ ބޭރުގައުމުތަކުގަ މިމީހުން މިއުޅެނީ މިގައުމުގަ ގާނޫނުހަދާ ވެރިކަންކުރަން ދެންމިހަދާގާަނޫންތަކާ ގަވާއިދުތަކާމިހަދަނީ އެގައުމުތަކުގެ މިންގަނޑައްފެތޭގޮތައް އެމީހުނައްވެސްމުސްތަގުބަލްގަ ފެތޭގޮތައް ދޮންމީހުންއުޅޭގޮތައް ނިކަމެތިރައްޔިތުން މިކަމުގަތެޅެންޖެހެނީ މިސަރުކާރުގެ ސިޔާސީމަގާމު ތަކުގަތިބީ އަނބިން ފިރިން ދަރިން ޅީދަރިން ދަނބިދަރިން މައިދައިތަ ބަފާބެ ފަހަރި ޅިއަނު ބޮޑުބޭބެ ދައްތަ ބޭބެ ކޮއްކޮ އެކުވެރިން އަވައްޓެރިން ބަތްޔަތުހިފާމީހުން އިބޫއްބަލިއަސް ފައްޗެއް ނަޝީދުއައްބަލާލިއަސް އެވަރު ނާއިބު ފައިސަލްވެސް އެވަރު މައުމޫނިޒަމްނިމި ކިނބޫނިޒަމް މިއީމިހާރު
ބަލަ ނަޝީދުކިޔާމިހަކު އިލިޔާސް ކިޔާމީހަކާ ސުވަލްތަކެއް ކޮއްގެންނޫންތޯ މިގައުމުގަ ފުރަތަވެސް ސިޔާސީހަލަބޮލިކަމެއް އައީ އެފްޕީއައިޑީ އެއްގެވާހަކަ ދައްކާ މަސްދަޅަކައް ޖެހޭވަރާއި ފެލިވަރުންގެންދާ މަސްތައް ކަނޑައްއަޅަވަހަކަ ޔަކާއި އެފްޕީއއިޑިއެއްގެވާކަ ނޫސްތަކުގެ ފަލަ ސުރުޙިތަކުގަވެސް ހުރި ހަވާރޭކިޔާ ނޫސްވެސް އުވާލީ މިކަހަލަ މަސްއަލަތައް އެނޫހުގައި ލިޔެފަވާތީ އެކަންތައް ތައް ޒުވާންޖީލްތަކައް ފަޅާއަރާފާނެތީކަމައް ބެލެވެނީ މިހާރު މިހިނގާގޮތުން ވަރައްވެދުން