ދެކުނުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް އެކިދުވަސް މަތިން އެރަށު ކައުންސިލްގެ ނައިބު ރައީސް ޖިންސީ ގޯނާކޮށް، އަދި ބިރުދައްކައި ބްލެކްމެއިލް ކުރި ކަމަށް ބުނާ މައްސަލައެއް ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ބަލަން ފަށައިފިއެވެ.
ކުއްޖާގެ އާއިލާގެ މެންބަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އެރަށު ކައުންސިލްގެ ނައިބު ރައީސް އަކީ އަންހެން ކުއްޖާގެ ގެއަށް ވަދެއުޅޭ އާއިލާގެ ރަހުމަތްތެރިއެއް ކަމަށެވެ. އޭނާގެ ފަރާތުން 2019 ވަނަ އަހަރުން ފެށިގެން ކުއްޖާ އަށް ޖިންސީ ގޯނާ ލިބެމުން ދިޔަ ކަމަށާއި އެކަން އާއިލާ އަށް އެންގުމާއިއެކު އަންގާރަ ދުވަހު ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އަށް މައްސަލަ ހުށަހެޅި ކަމަށެވެ.
"ފުލުހުން އައިސް ކުއްޖާގެ ބަޔާން ނަގާފައި ވަނީ. ނަމަވެސް އަދިވެސް ތުހުމަތު ކުރެވޭ މީހާގެ ބަޔާނެއް ވެސް ނެގިކަމެއް ނޭނގެ. އޭނާ އަދިވެސް ހައްޔަރެއް ނުކުރޭ. މިފަދަ ބޮޑު ތުހުމަތެއް ކުރެވޭ މީހަކު ހައްޔަރު ނުކޮށް ގިނަ ދުވަސްތަކެއް ވޭތުވެގެން ދިއުމަކީ އާއިލާ އިން ވަރަށް ކަންބޮޑުވާ ކަމެއް." އޭނާ ބުންޏެވެ.
ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް އަނެއްކާވެސް ވަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ކުޑަކުދިންނާއި ގުޅޭ ގޮތުން އެންމެ ގިނައިން ހުށަހެޅެނީ ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތެކެވެ.
މިކަން ކަން ހައްލުވާނީ އިންދިޔާ އައުޓް ވެގެން
ޔަގީނޭ އެމްޑީޕީގެ ބޭފުޅަކަށް ތިވާނީ
ބަންދުކުރުމަށް ގޮތެއް ނިންމޭނީ ކައުންސިލަރުގެ ކުލަޔަށާ ރާއްޖޭގެ ކޯވިޑްގެ ޙާލަތަށް ބަލާފަ!
2019 ވަނައަހަރުން ފެށުނުކަމެއް، މިހާރުތަ ރިޕޯޓްކުރަން އެނގުނީ؟ ތީ ހަމަ ދެފަރާތުގެ ރުހުމުގާ ކުރާކަމަކާ ވައްތަރީ، ކޮންމެވެސްކަމަކާ ހިތްހަމަ ނުޖެހުނީމަ ރިޕޯޓްކުރީކަމަށް ލަފާކުރެވެނީ...
ކޮބާކޮންރަށެއްގެސޮރެއްތަތިހެންސިއްރުކުރާތީއޭމަށްސަލަޔަކީ
ރަނގަޅު ދެން މާރިޔާ ދައިތަ ،ތިޔައީ ކުރީ ސަރުކާރުގެ ކަމެކޭ ނުބުނިއްޔާ. ބިރަކާ ނުލާ މަޖާކޮށް އެކިމާމަލުން ފޮނިބޯން ހިއްވަރުދޭ މުރައިދޫ ގަނޑުވަރު ރަސްގެފާނު ގެ ބަސް އަހާ ވެރިންގެ ހާލު ހުންނާނީ މިގޮތަށް.
ހަމަ ކުއްލިއަކަށް 14 އަހަރުގެ ބޮޑު އަންހެނަކު ކުޑަކުއްޖަކަށް ވެގެން ތިޒާތުގެ ވާހަކައެއް ދައްކާނީ ކޮންމެވެސް ހަސަދައެއް ފިލުވާލަން. މިހާރު އެންމެނަށްވެސް އެނގޭ ކުޑަކުއްޖެކޭ ކިޔާފަ ކޮންމެ މީހެއްގެވެސް ބޮލުގައި ކަމެއް އަޅުވާލަން ވާހަކައެއް ފަތުރާލާއިރަށް އެކަން ވާކަން. ޢުމުރުން 20 އަހަރު ވެފައި ހުއްޓަސް ތިމަންނަގެ ޢުމުރުން 17 އަހަރުގައި އެވެނި މިވެނި މީހަކު އެވެނިކަމެއް ކުރިޔޭ ކިޔައިގެން ކިޔާލިޔަސް ޕޮލިހުންނާއި ޖެންޑަރ އޮންނަނީ ހޭވައްލާ ތައްޔާރަށް. މީ ޙަޤީޤަތް. ކުޑަކުދިން ޙިމާޔަތް ކުރަން ޖެހޭ.، ދައްކާ ވާހަކަވެސް އަޑުއަހަންޖެހޭ. އެހެނަސް މިހާރުދެން މިއީ ބޮޑުވަރު.