އައްޑޫސިޓީން ފާއިތުވި 2 ދުވަހު 177 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިމަހުގެ ދެވަނަ ދުވަހު އެސިޓީން 104 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އިއްޔެ 73 މީހަކު ވަނީ ފައްސިވެފައެވެ.

މިމަހުގެ ދެވަނަ ދުވަހު ފައްސިވެފައިވާ މީހުންގެ ތެރެއިން 73 މީހަކު ފައްސިވެފައިވަނީ ހިތަދޫންނެވެ. އަދި ތިން މީހަކު މަރަދޫން ފައްސިވެފައިވާއިރު، މަރަދޫފޭދޫން 5، ފޭދޫން 13، ހުޅުދޫން އެކަކު އަދި މީދުން ނުވަ މީހަކު ހިމެނެއެވެ.

އިއްޔެ ފައްސިވެފައިވާ މީހުންގެ ތެރެއިން 46 މީހަކު ފައްސިވެފައިވަނީ ހިތަދޫންނެވެ. އަދި މަރަދޫން ފަސް މީހަކު ފައްސިވެފައިވާއިރު، މަރަދޫފޭދޫން އެކަކު، ފޭދޫން 12 މީހަކު، ހުޅުދޫން އެކެއްގެ އިތުރު މީދުން 8 މީހަކު ވަނީ ފައްސިވެފައެވެ.

މިއާއި އެކީ އައްޑޫން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 5،145 އަށް އަރާފައެވެ. އޭގެ ތެރެއިން 4،467 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިފައި ތިބީ 663 މީހެކެވެ. އޭގެ ތެރެއިން ދެ މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އައްޑޫން މި ބަލި ޖެހިގެން 15 މީހަކު ވަނީ ނިޔާވެފައެވެ.

އައްޑޫގެ ވަކިވަކި އަވަށްތަކަށް ބަލާއިރު، މިވަގުތު އެންމެ ގިނަ ވޭދަނަ އުޅެނީ ހިތަދޫގައެވެ. ހިތަދޫގައި ބަލި ޖެހިފައި ތިބި 358 މީހަކު ތިބިއިރު، މަރަދޫފޭދޫގައި 48، ފޭދޫގައި 116، މީދޫގައި 40، ހުޅުދޫގައި 18 އަދި މަރަދޫގައި 79 މީހަކު އެބަ ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެން

    އިއްޔެގަ 4 މީހަކު ކޮވިޱް ގަ ނިޔާވި އެޗްޕީއޭ 2 މީހެއް ނިޔާވި ކަމަށް އިއުލާން ކުރީ..