ހދ. ހަނިމާދޫގައި އިންޑިއާ ސިފައިން އުޅޭ ސަރަހައްދުތަކުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާތައް މީހަކު ނެއްޓުވި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް އާއްމުކޮށްފިއެވެ.
ހަނިމާދޫ މީހުން ބުނާ ގޮތުގައި ވީޑިއޯ އިން ފެންނަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ހަނިމާދޫ އަތިރީގޭ އިބްރާހިމް އަލީ (ބީޗޭ) އިންޑިއާ އައުޓް ބެނާތައް ނައްޓުވާ މަންޒަރެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އިބްރާހިމް އަލީ ވަނީ ފާރުމައްޗަށް އަރައި ފުރަތަމަ ބެނާގެ އެއްކޮޅު ނައްޓުވާލާފައެވެ. އަދި އެއަށްފަހު ފާރުމަތިން ފައިބައިގެން ގޮސް ބެނާ ދަމައިގަނެގެން އޭނާ ދުވެފައިދާ މަންޒަރު ވީޑިއޯ އިން ފެނެއެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ހަނިމާދޫގެ އެއާޕޯޓް ސަރަހައްދުގައި ބެނާތައް ފުރަތަމަ ދެމީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ނަމަވެސް އެރޭ ވަނީ އޭގެ ތެރެއިން ބައެއް ބެނާތައް ހަލާކު ކޮށްލާފައެވެ. ބެނާތައް ހަލާކު ކޮށްލުމުން ޖެހިގެން އައި ދުވަހު ވެސް އިތުރު ބެނާތަކެއް ހަރުކުރިއެވެ. އެބެނާތައް ވެސް ހަލާކު ކޮށްލުމުން މިއަދު ވެސް ވަނީ ބެނާތަކެއް ދަމާފައެވެ.
Hdh hanimadhoo #indiaout gaharuraa benaathakadaa meeha
Iburaahim pic.twitter.com/nfdNAxvxde— Hdh Mode#HaramHukum #FreeRYnow (@HdhMoadu) February 15, 2022
ހަނިމާދުއަކީ ވެސް އިންޑިއާ ސިފައިން ތިބޭ ރަށެކެވެ. ހަނިމާދޫ ގައި އިންޑިއާ ސިފައިން ތިބެނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަމަށް ބުނާ ޑޯނިއާ ފްލައިޓް ދުއްވުމަށެވެ.
ހަނިމާދޫގެ އިތުރުން ރާއްޖޭގެ އިތުރު ދެސަރަހައްދެއްގައި ވެސް އިންޑިއާ ސިފައިން ތިބެއެވެ. އެއީ އައްޑޫ ސިޓީ ގަމާއި، ލ.ކައްދޫގައެވެ. ކައްދޫގައި ހުންނަ އިންޑިއާ ސިފައިންގެ ބޭސްގައި މަސައްކަތް ކުރާ އިންޑިއާ ސިފައިން ދިރިއުޅެނީ އެއަތޮޅު ގަމުގައެވެ. އައްޑު އާއި ލ.އަތޮޅުގައި އިންޑިއާ ސިފައިން ތިބެނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަމަށް ބުނާ ހެލިކޮޕްޓަރުތައް ދުއްވުމަށެވެ.
ރާއްޖޭގެ އެންމެ ދެކުނުން އައްޑު އާއި މެދުރާއްޖެތެރެއިން ލ.އަތޮޅުގައި އަދި އެންމެ އުތުރުން ހަނިމާދޫގައި އިންޑިއާ ސިފައިން ގާއިމުވެ ތިބިއިރު، އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތްތައް މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ.
އެމްޑީޕީ ގުންޑާއެއް ދޯ؟ ހުރިތަނަށް އެވަގުތު އޭނަ ބޮލަށް ކާއްޓެއް ނުވެއްޓޭތަ؟ ދެން ފަހަރަކުން ކާއްޓެއް ބޮލަށް ވެއްޓޭނެކަންނޭގެ އެހެން އުޅެނިކޮށް!
ކަލޭމެނެ ހީކުރަނި މީ ކުޅޭކުޅޭ ކަމެއްކަމައްތަ.
އެކަކު ނައްޓާތޯ އަޅުވާތޯ ބަލަން ދުވަނި...
ބުރާންޗަކައްވާނީ ފަތިހުތިކަންކުރަންދާނީ އޭނަދެންވާނީ ހަސަންޓެ ބުނިއެތި ޝިފާޒް ބުނިއެތިން ވެސް އިމްރާނުއައް ނޭގުނުއެތިން އިން ދެންވަރައްސަލާމް
މިދެން ވަރަށް ހަޑިދޯ! ފެންޑާ ކޯލިޝަނުން ހަޖަމު ނުވިޔަސް ގޭގޭ ފާރު މައްޗަށް އަރާގެން މީހުންގެ މުދަލަށް ގެއްލުންދީ، މިއަދު ތިމާމެން ބާރު އޮތީތީވެ މިޒާތަށް އުޅެވިދާނެ. ޙަނިމާދޫ އެން ޑީ ޕީ މީހުން ކެންޕޭން ތަކުގައި ދެން ބެނާ ނުދަމާނެތާދޯ! ޢިންތިޒާރުގައި މިތިބީ. މެންބަރު ގަފޫރު އަތުން ސުޕާރީ ކާގެންވެސް ހަޖަމުކުރަން ދަސްކުރަން ލަސްވެއްޖެ ބީޗޭމެން.
'ޔަާމީން މިހާރު ވެސް ކޯޓޯ
ގަޕޯ މެން ވެސް ކުރަނީ ވައްކަން ގާތް ބޮޓުން ލަވާވެސް ވައްކަން މީ ހަމަ ވަގުންގެ ސަރުކާރެއް ކަނަކޮށްފަ މަތި އަޅުވާނީ އިދޮކޮޅު ކޮންމެވެސް ވެރިއެއްގެ ބޮލުގަ ސަރިއްތް ކުރަން ތިބޭނީ ވެސް މޑޕ ގެ ބޮޓުން ރިޔާޒު އާ ޝަމީމް އާ ޝަކީލު ............
އެހިފައިގެން މޯދީ އަރިހައް ތޯއްޗެ އެ ދުއްވައި ގަތީ މިފަހަރު އިންޑިޔާގެ އެންމެމަތީ ސަރަފް ޗަކޮޔައް އަރުވާނެ
ދުނިޔަވީ ކުޑަ އަގަކަށް ގައުމު ވިއްކާލައި ގައްދާރުވާބަޔަކު ދިވެހިންގެ ތެރޭގަތިބިކަމީ ފުންހިތާމައެއް. ދަރިންގެ މުސްތަގުބަލް ބަނަކޮށްލަން ނޭގިނަމަވެސް ކުރެވޭކަންތައްތަކެއް.
5 އަހަރު ރާގޮނޑިއެއް މިގައުމުގެ ހުރިހާބަރެއްއޮވެމެ ނުކޮށްދޫކޮށްލި ކެމެއް މިހާރުވަކިވާނެބާ، ޕީޕީ ކުދިން ކޮޅު ހަމަގުނބޯ ހައްދާފަ ބަހައްޓާ، ސާބަހޭ ވާނުވާ މިލިޔަން ޑޮލަރުގެ ވެރިޔާ.
ތިއެއް ނޭގެ ބުރިޖު، ފްލެޓް، އެއަރޕޯޓް ދެން ގޮސް 5 އަހަރު ހާދަ ކަމެއް ކޮށްދީފި އޭ... މިސަރުކާރުގަ ކޮވިޑްގަ މީހުން ރިސޯޓުގަ ކަރަންޓީންގަ ބަހައްޓަން ވެސް އެހާ ގިނަ ފައިސާ ބޭކާރުކުރި... ކޮށްދިން ކަމެއް ނެތް، ކުރީ ވައްކަމާ ކޮރަޕްޝަން... ހަމަ ގައިމު މި ވެރިކަމުގަ ނިންމާފައި ހަވާލުކުރި ފްލެޓެއް ކޮބާ؟ އެޅި ހޮސްޕިޓަލް އެއް ކޮބާ؟ ޔާނު ރައްޔިތުންނަށް ކަންތައް ކޮށްދިން... މި ސަރުކާރުން ކޮށްދިންކަމެއް ނެތް... މިސަރުކާރަށް ވޯޓް ދެވުނީތީ މަ ހަމަގައިމުވެސް ދެރަވޭ... މި ސަރުކާރު ޑިފެންޑް ކޮށްދެނީ ކޮރަޕްޝަން ފައިސާ ލިބޭ މީހުން
ޤައުމުގެ ދާޚިލީކަންކަމުގެ ތެރެއަަށް އިންޑިޔާގެ ނުފޫޒުވައްދަފައިވަނީ އިންތިހާއަށް. މިޤައުމުގެ ރައްޔިތުން ހޭއަރަންވެއްޖެ.
މިއަދު މިއަދު ޖީބަށް ވަންނަ މަދު ފައިސާކޮޅަކަށް ހަމަޖެހިލައިގެން ތިއްބަސް މާދަމާ ޖީބަށްވަންނާނެ އެންމެ ރުފިޔާއެއްވެސް ނުލިބޭ މިންވަރަށް ޤައުމު އަޅުވެތިކުރަމުން މި ގެންދަނީ. އަދުގެ ސަރުކާރުގެ ވެރިން އެމީހުންގެ ބޭނުންތައް ފުދުނީމާ ނިމުނީ.
ހަރުކުރުމަކީ މައްސަލައެއްނޫން، ނެއްޓުމކީވެސް މައްސަލަެއްނޫން.
ޕިސް ޕިސް... އެމްޑީޕީން ކުޑަ އެއްޗެއް ދިނެއްނު
ޑޯނިއާ ދުއްވަނީ އިންޑިއާ މިލިޓްރީން.. އެ ބޯޓު އޮވެގެން ދިވެހިންނަށް ވަނީ ކޮންފައިދާ އެއް... ފައިދާ ނުކުރަންޔާ ކީއްކުރާ ބޯޓެއް
މިސަރުކާރުން ބެކާރު ގޮތުގަ ކޮވިޑްގަ އެހާ ގިނަ ފައިސާ ބޭކާރުކުރި... ކޮށްދިން ކަމެއް ނެތް، ކުރީ ވައްކަމާ ކޮރަޕްޝަން... ހަމަ ގައިމު މި ވެރިކަމުގަ ނިންމާފައި ހަވާލުކުރި ފްލެޓެއް ކޮބާ؟ އެޅި ހޮސްޕިޓަލް އެއް ކޮބާ؟ ޔާނު ރައްޔިތުންނަށް ކަންތައް ކޮށްދިން... މި ސަރުކާރުން ކޮށްދިންކަމެއް ނެތް... މިސަރުކާރަށް ވޯޓް ދެވުނީތީ މަ ހަމަގައިމުވެސް ދެރަވޭ... މި ސަރުކާރު ޑިފެންޑް ކޮށްދެނީ ކޮރަޕްޝަން ފައިސާ ލިބޭ މީހުން