ކޮވިޑް-19 އިން ދިފާއުވުމަށް އެންމެ ގިނަ ބަޔަކަށް ވެކްސިން ދީފައި ވަނީ ޔޫރަޕްގައި ކަމަށް ވީނަމަވެސް މިހާރު ވެކްސިން ފުރިހަމަ ކުރާ ޔޫރަޕްގެ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.

ވެކްސިނާއި ދެކޮޅަށް ޔޫރަޕްގައި ކުރާ މުޒާހަރާތައް ވެސް އަންނަނީ ވަރުގަދަ ވަމުންނެވެ. އެހެންކަމުން ވެކްސިންގެ ލަނޑުދަނޑިތައް ހާސިލް ކުރުން ޔޫރަޕަށް ވަނީ ބޮޑު ގޮންޖެހުމަކަށެވެ.

ކޮވިޑް-19 ވެކްސިން ކޮންމެ ގައުމެއްގެ ވެސް މަދުވެގެން 70 އިންސައްތައަށް ދިނުމަށް ޑަބްލިއުއެޗްއޯ އިން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް މިހާރު މަންޒަރު ފެންނަ ގޮތައް ބަލާއިރު މިކަން ފަސޭހައިން ހާސިލް ވާނެ ކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަން ރީނދޫ

    ހުސް ޓެރަރިސްޓުން ދޯ ވަގުތު ނޫސް.

    5
    1
  2. ނަމީރާ

    2 ޑޯޒު ޖެހުމުމުން ކުރިންނުވާ އެތަށް އުނދަގުލެއް ތަޙައްމަލްކުރަމުން މިގެންދަނީ، ނޭވާލުމަށް އިތުރު ހާސްކަމެއްގެ އިތުރަށް 2 ވަނަ ޑޯޒާއި އެކީ ބޮޅުގައި ރިހުން އިތުރުވެއްޖެ. އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑޮކްޓަރ ވިދާލުވީ ބިރުން އުޅޭތީ ވާ ގޮތަކޯ، ތީ ވެކްސިންގެ ސަބަބުންވާ އުނދަގުލެއް ނޫނޭ،

  3. އަޙްމަދް

    ކޮވިޑް-19 ވެކްސިން ކޮންމެ ގައުމެއްގެ ވެސް މަދުވެގެން 70 އިންސައްތައަށް ދިނުމަށް ޑަބްލިއުއެޗްއޯ އިން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް މިހާރު މަންޒަރު ފެންނަ ގޮތައް ބަލާއިރު މިކަން ފަސޭހައިން ހާސިލް ވާނެ ކަމަކަށް ނުބެލެވެއެވެ.( ވަގުތުނޫސް )
    —————————————————-
    الحمدلله ކޮއްމެއަކަސް ނިކަމެތި އާއްމު ރައްޔިތުން ނަށް ތީ އުފާވެރި ޚަބަރެކެވެ. އެއީ މެޑިކަލް މާފީޔާއިން އާދައިގެ ރޯގާއެއް، ކޮވިޑް 19އޭ ކިޔާ ނަންދީގެން ސިއްޙީބިރުވެރިކަން އުފައްދައިގެން ވެކްސިނާއި ބޭސް ވިއްކަން ހިންގާ ޖަރީމާގެ ޙަގީގަތް ފަޅާއަރާ މިސްތަކުން އެކަމުގެ މައްޗައް ހޭލުންތެރިވަމުން އައްނަކަމީ މެޑިކަލް މާފީޔާއިން ގެ މުޑުދާރު ވިއަފާރި އަށް ހިޔަނި އެޅި އެވެރިން ހިތާމަކުރާނެކަމެކެވެ.

    • ލޮލް

      މަރުވި 5.8 މިލިޔަން މީހުނަކީވެސް ހިޔާލީ ފޮލާ ދޯ؟ ގަމާރުވިޔަސް ބޮޑުވަރު...ކަލޭ ޕޮޒިޓިވް ވީމަ އިނގޭނީ

    • ހާސިމް

      ކަލޯ ކިހާވަރެއް ފްރަންޓްލައިންސް އެލަވަންސް ލިބުނީ ތިޔަހާ ވަރަށް ރުޅިގަދަ ތިޔަވީ