މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ސުޕަވައިޒަރެއްގެ މަގާމު އަދާ ކުރަމުން ދިޔަ އިސްމާއިލް ރަޝީދު (އިއްސެ) ވަޒީފާއިން ވަކި ކޮށްފައިވަނީ ސަރުކާރަށް ޖެއްސުން ކުރާތީ ކަމަށް އެމްޕީއެލުން ބުނެފިއެވެ.

އިއްސެ ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އޭރު އޭނާ ވަޒީފާއިން ވަކި ކުރި ސަބަބެއް ކަމަށް އެމްޕީއެލުން ބުނެފައިވަނީ އެތަނުގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވެގެން ކަމަށެވެ.

އިއްސެ ވަޒީފާއިން ވަކިކޮށްފައިވާ ސަބަބުގެ ތަފްސީލީ އެރިޕޯޓުގައި ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ސަރުކާރަށާއި އަދި ސަރުކާރުގެ އެކިއެކި ފަރާތްތަކަށް ޖެއްސުންކޮށް އެއްޗެހި ކިޔަމުންދާތީ ކަމަށެވެ. އަދި އެކަން އިސްލާހު ކުރުމަށް ތަކުރާރުކޮށް އަންގުމުން ވެސް އެކަން ހުއްޓާފައި ނުވާ ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

"މިފަދަ ޒިންމާދާރުވެރި މަގާމެއްގައިވާ ފަރާތެއް ސަރުކާރަށާއި ސަރުޚާރުގެ އެހެނިހެން ފަރާތްތަކަށް ޖެއްސުންކޮށް ޕަބްލިކް ޕްލެޓް ފޯމްތަކުގައި އެއްވެހި ލިޔެމުންދާ ހިނދު އެކަން ހުއްޓުވަން ނަސޭހަތްތެރިވެ އަދި ނުހުއްޓައިފިނަމަ އެކަމަށް އެކަށޭނެ ފިޔަވަޅު އެޅުމަކީ މަސައްކަތުގެމާހައުލުގައި އެހެން މުވައްޒަފުންގެ މަސްލަހަތު ގާއިމުކޮށް އެފަދަ ކަމަކުން މަސައްކަތަށް ބުރޫ އަރާފާނެ ހުރިހާ މަގެއް ހުއްޓުވުން އެއީ މައްސަލަ ރައްދުވި ފަރާތުން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެމެވެ" އެމްޕީއެލުން ބުންޏެވެ.

އިއްސެ ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކި ކުރުމުގެ ކުރިން ކޮވިޑްގެ ހާލަތުގެ ތެރޭގައި އެތަނުން ސަސްޕެންޑް ވެސް ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމްޕީއެލުން ވަޒީފާއާއި ބެހޭ ޓްރައިބިއުލަން އަށް ފޮނުވާފައިވާ "ވަޒީފާ އަދާކޮށްފައިވާ ގޮތުގެ ރިޕޯޓް" ގައި ވަނީ އޭނާ ސަސްޕެންޑް ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ލިޔުމުގައި އޭނާގެ ނަމަކަށް "އާދަމް އިސްމާއިލް ރަޝީދު" ޖަހާފައިވާކަން ވެސް އިއްސެ ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން އެ ލިޔުމުގައި އޭނާގެ ސޮއި ހުރި ނަމަވެސް އެ ލިޔުމަކީ ދުވަހަކު ވެސް އޭނާ ދުށް ލިޔުމެއް ނޫން ކަމަށާއި ލިޔުމުގައި ސޮޔެއް ވެސް ކޮށްފައި ނުވާނެ ކަމަށް އިއްސެ ބުންޏެވެ.

"ވަޒީފާއިން ވަކި ކުރީ އަޅަން ޖެހޭ ފިޔަވަޅު އަޅެމަށްފަހު ކަމަށް ބުނީ. އެކަމަކު އެޗްއާރް އަކުން ވެސް މެނޭޖްމެންޓަކުން ވެސް އެއްވެސް ނަސޭހަތެއް ވެސް ނުދޭ. ފަހުގެ އިންޒާރެއް ވެސް ނުދީ ވަޒީފާއިން ވަކި ކުރީ" އިއްސެ ބުންޏެވެ.

އެލިޔުންތަކުގެ އިތުރުން އެމްޕީއެލް މުވައްޒަފުންގެ ކިބައިގައި ހުންނަ ޖެހޭ ސުލޫކީ މިންގަނޑުތަކާއި ހިލާފަށް ވާހަކަ ފަތުރަމުންދާ ކަމަށް ބުނެ އެމްޕީއެލުން ފޮނުވި ލިޔުމުގައި އޭނާ ސޮއި ކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށް ވެސް އިއްސެ ބުންޏެވެ. އިއްސެ ބުނެފައިވަނީ އެއެންގުމުގައި ސޮއި ކުރަން ދެކޮޅު ހެދީ "ހިލާފުވެފައިވަނީ ކޮން ސުލޫކީ މިންގަނޑަކަށް ކަން ސާފު ކޮށްދީފައި ނުވާތީ އާއި އޭގެ ކޮޕީއެއް ހަވާލު ކޮށްފައި ނުވާތީ" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަނީމަނީ

    ސަރުކާރައް ޖެއްސުން ކުރަންޏާމު ހަމަ ވަކަކުރަންވީ

    29
    77
  2. އަފީ

    ގާނޫނު އަސާސީގައި އޮތް ހިޔާލްފާޅު ކުރުމުގެ މިނިވަންކަން އޮތް ބާބުގެ ބޭނުމެއް ނެތް.

    86
    7
    • ފާތުމަ

      ހިޔާލު ފާޅުކުރާނީ އޮފީހުން ބޭރުގަ އޮފީހުގަ އިފީސް މަސައްކަތް ކުރަންޖެހޭނީ. ސަރުކާރު

      1
      1
  3. ލޮލް

    ސަރުކާރުގައި އިޚުލާސްތެރި، ތެދުވެރި ވެރިން ނެތުނީމަ ސަރުކާރަށް ޖެއްސުންކުރާ މީހުން އުފެދޭނެ. އެއީކީ މީހަކު ހައިރާންވާންޖެހޭ ކަމެއްނޫން.

    75
    7
    • ސަނީ ސައިޑް ލައިފް

      ކޮރަޕްޝަނަށް ޝައްކުވާ މިނިސްޓަރުން ވަކި ނުކުރެވޭ އާދައިގެ މީހަކު ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅުވެ ހިޔާލު ފާޅުކޮށްލާއިރަށް ވަޒީފާ ގެއްލޭ. ދައުލަތަކީ ހަމައެކަނި ސިޔާސީ މީހުން ބޭނުންވަގޮތައް ބައްޓަންކޮށް އެމީހުން ފައިދާނަގަން އޮންނަ އެއްޗަކަށް ހަދާފަ މި އޮތީ މީވާ ގައުމެއް.

      68
      3
  4. ލަކްނައު

    ތީކީ އާކަމެއް ނޫން. އެމީހާ ސޯޝިއަލް މީޑިއާގަ ޚިޔާލު ފާޅު ކުރުމުން ވަޒީފާ އިން މި ސަރުކާރުން އެހެން މީހުން ވެސް ވަކިކޮއްފަވޭ. ވަށާގެ އަލިބެއްޔާ ގެ އިބުރާކީ ޑިމޮކްރަސީ އާ ވަރަށް ބީރައްޓެހި މީހެއް.

    29
    1
  5. އަނިޔާވެރިކަން

    އެމްޑީޕީ އަކީ ފެށުނީއްސުރެ ވަޒީފާއައް ބިރުދެއްކުމާއި ވަޒީފާއިން ވަކިކޮއް ނިކަމެތިން ހާލުގައި ޖައްސާ ޕާޓިއެކެވެ. އަބަދުވެސް ހަޖަމުގެ މައްސަލަ ހުއްނަ ބަޔެކެވެ. އެމްޑީޕީގެ ފިކުރަކީ އޮޓޯކުރަޓިކް ފިކުރެވެ.

    18
  6. ކޮބާ

    ކޮބައިތަ ދެން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން؟

    15
    1
  7. ކަސްޓަމްސްއެމްޕީއެލްއިމިގުރޭޝަން

    ސިޔާސީ ގޮތުން ފިކުރު ތަފާތު ވީމަ ، ކޮރަޕްޝަނޭ، އިޔާދަނުކޔރެވޭ ގެއްލުން ތަނަށް ލިބިދާނޭ ، ޑިސިޕްލިން އޭ ކިޔާފަ ކަޑާލާނެ. ކުޑަމިނުން ޑިސިޕްލިން ކަމަށް މިވަނީ ފޭސްބުކްގައި އެމީހެއްހެ ޚިޔާލު ފާޅުކޮށްލުން. މީހެއްގެ މުޅި އަބުރު ކަތިލާފަވެސް ސިޔާސީ މެޑަލް ޖަހަން މަތިން އަންނަ އޯޑަރުމުހިއްމު. އެހެން މީހެއްގެ އާއިލާ އެއް އޮތަކަމެއް ބެލެުމެއް އިންސާފެއްނެތް. އަނިޔާވެރިންގެ ނިމުން ހިތިވާނެ.އިންޝާﷲ. ތަންތަނުގެ ވެރިންނަށް އުޅޭމީހުން ހީ ނުކުރާތީ ފިރުއައުނު ހެދިގެން އަބަދު އުޅެވޭނެ. މިއަދު ބާރު އޮތީމަ ކަޑާލެވިދާނެ..ސަސްޕެންޑްވެސް ކުރެވިދާނެ..އެކަމަކު ރައްބު ބައްލަވާ ވޮޑިގެންވެޔޭ މިއުރާޒުގައި.

  8. ނާދިރާ

    ވަގު ވޯޓުން ވެރިކަން ފޭރިގަނެގެން އުޅޭ ބަޔަކު ތިބި ޞައްޙަ ނޫން ސަރުކާރަކަށް ޖެއްސުން ކުރެވޭނެ. ވައްޓާލަންވެސް ގޮވޭނެ

  9. ނުސް

    މާނައަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނެތޭ. ކަނޑާލާފަ މޮޅު އިބާރާތެއް ލިޔުމަކުނ ހަގީގަތެއް ނުފޮރުވޭނެ