އިންސާފު ނުލިބި ވެރިންނަށް އިތުބާރު ކުރަން ދަތިވެފައި ތިބި އެންމެން ވެސް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އަށް އިތުބާރު ކުރާ ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މި ގޮތަށް ވިދާޅުވެ ޓްވީޓެއް ކުރެއްވީ، ގެއްލުވާލައި މަރާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަންމައާއި ދައްތަ އެމްޑީޕީއަށް ސޮއިކޮށް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި އިންތިއަށް ތާއީދު ކުރަން ނިންމުމުންނެވެ.

ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް ކޮށްފައިވާ ޓްވީޓް ރީޓްވީޓް ކުރެއްވުމަށް ފަހު، ވައްޑެ ވިދާޅުވީ "އިންސާފަށް އެދިގެން ތިބި އެތައް ބަޔަކަށް އިންތިއަކީ އުއްމީދެއް، އިތުބާރު ކުރަންވީ ކާކަށް ކަން ދެނެގަންނަން ދަތިވެފައި ތިބި އެންމެން ވެސް، ގައިމު ވެސް އިންތިއަށް އިތުބާރު ކުރޭ،" ކަމަށެވެ.

އިންސާފަށް އެދޭ އެންމެން ވެސް އިންތިއަށް އިތުބާރު ކުރާކަމަށް ވައްޑެ ވިދާޅުވުމުން ބައެއް މީހުންގެ ފާޑުކިޔުން ވަނ އޭނާ އަށް އަމާޒުވެފައެވެ. ވައްޑެގެ ޓްވީޓަށް ރިޕްލައި ކުރި ބައެއް މީހުން ބުނީ އެމްޑީޕީން ކޮންމެ އިންތިޚާބަކާއި ދިމާކޮށް އިންސާފުގެ ވާހަކަ ދައްކާ ކަމަށާއި ނަމަވެސް އިންސާފު ލިބޭ މަންޒަރު ނުފެންނަ ކަމަށެވެ.

އެމްޑީޕީގައި ދެ ފެކްޝަނެއް އޮތް އިރު، ޗެއާޕާސަންގެ އިންތިޚާބުގައި ވެސް އޮތީ މި ދެކްޝަންގެ ވާދަވެރިކަމެވެ. އެއީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެވެ.

އިންތި ވާދަކުރައްވަނީ ނަޝީދުގެ ފެކްޝަނުންނެވެ. ރައީސްގެ ފެކްޝަނުން ވާދަކުރައްވަނީ ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ. މި އިންތިޚާބު އޮތީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަން

    ނަޝީދު ފެކްޝަނަކީ އިންސާފަށް އުޅޭ ބައެއްނޫން.

    12
    1
  2. ާާަަޢަލީ

    ޢަހަރެންނަކީ އެމް ޑީ ޕީގެމީހެެއް ހެޔޮނުވާނެ އިންތި ހޮވަން އިންސާފައް ލޯބިކުރަންޏާ ފައްޔާޒު ހޮވާ.

    7
    1
  3. ާާަަމޫސަބޭ

    ޢަހަރެންނަކީ އެމް ޑީ ޕީގެމީހެެއް ހެޔޮނުވާނެ އިންތި ހޮވަން އިންސާފައް ލޯބިކުރަންޏާ ފައްޔާޒު ހޮވާ. ވައްޑެއާ އިންތިއަކީ އެހެންފިކުރެއްގެ ދެމީހުން ރާއްޖޭގެ ގިނަރައްޔިތުން ގަބޫލުނުކުރާ ފިކުރު.

    6
    2
  4. އަބްދޫ

    ނަސީދު އާ ގުޅިފައިވާ މީހުނަކީ ގޯސް ބައެއް އެމްޑީޕީން ނަސީދު ބާކީކޮށްލާ.އިންތި ފެއިލް ކޮށްލާ.

    10
    1
  5. އަޙްމަދު

    ނަޝީދު ފެކްޝަނުގެ މީހުންނަކަށް ވޯޓެއް ދެވޭކަށްނެތް!

    7
    1
  6. ފަހަރި

    އިންސާފުދެނީއެނަތަ ތިޕާޓީތަ ނޫނީތިޕާޓީގަ ހިމެނޭވަކިބައެއްތަ އެހެންވެއްޖެނަމަ ތިބާޓީ ގެބޭނުމެއްނެއް އިންސާފުވަކިމެންބަރުންތިބޭނަމަ