ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގެ އިން ހިންގަމުން އަންނަ މެޑިސިން ސްކޫލުގައި ކިޔަވާ ދަރިވަރުންތަކަކަށް ގަނާ ކުރާ މައްސަލައެއް ފެންމަތިވެގެން އެކަން ބަލަން ފަށައިފިއެވެ.

އެމްއެންޔޫ އިން ނެރުނު ބަޔާނެއްގައި ބުނީ މެޑިސިން ސްކޫލްގައި ކިޔަވާ ދަރިވަރުންތަކަކަށް ގަނާ ކުރާ މައްސަލައެއް ޔުނިވަސިޓީގެ ވައިސް ޗާންސެލަރަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ގަނާ ކުރުމަކީ ދަރިވަރުންގެ ކޯޑް އޮފް ކޮންޓެކްޓްގައި މަނާ ކަމަކަށްވުމާއެކު މިކަން ޔުނިވަސިޓީގެ މައްސަލަ ބަލާ ކޮމިޓީއަކުން ބަލަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މައްސަލަ ނިމުނުހާ އަވަހަކަށް މިކަން ހިނގި ގޮތް ދަރިވަރުންނާ ހިއްސާކޮށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެއެވެ.

"ޔުނިވަސިޓީން އެދެނީ މި ތަހުގީގީ މަރުހަލާ ނިމެންދެން މިކަމާ ގުޅޭ ގޮތުން މީޑިއާތަކުގައި މައްސަލަ އޮޅޭ ގޮތަށް ވާހަކަތައް ނުފެތުރުމަށެވެ،" އެމްއެންޔޫގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

މީސް މީޑީއާގައި ހިޔާލު ފާޅު ކުރި އެމްއެންޔޫގެ ދަރިވަރަކު ބުނެފައި ވަނީ އޭނާ އާއި އޭނާގެ ރަހްމަތްތެރިޔާ ކޮޓަރިއަކަށް ގެންދިއުމަށް ފަހު ގަނާކޮށްފައިވާ ކަމަށެވެ. އެ ކޮޓަރީގައި އެއް ގަޑިއިރާއި 40 މިނެޓު ވަންދެން ބައިންދައިގެން ދެއްކީ އަނިޔާ ކުރުމުގެ ވާހަކަ ވެސް އޭނާ ކިޔައި ދިނެވެ.

އެކަކު ބުނީ އޭނާ އަށް ގަނާ ކުރަމުން އަންނަތާ މިހާރު ދެ އަހަރުވެފައިވާ އިރު، މި މައްސަލަ ބަލާފައި ނުވާ ކަމަށެވެ. އެކަން ކުރަނީ އެމްއެންޔޫގެ ދަރިވަރަކު ކަމަށް ވެސް ބުނެފައިވެއެވެ.

އެތަނުން އެކަކު ބުނި ގޮތުގައި އެމްއެންޔޫ ވެފައި ވަނީ ގަނާ ކުރާ މީހުންނަށް ތާއީދުކޮށް އެމީހުން ރައްކާތެރިކުރާ ތަނެއްގެ ގޮތުގައެވެ.

"ދެ އަހަރު ވަންދެން ކުރިމަތިވި ކަންތައްތައް ޓުވީޓުތަކުން ބަޔާންކޮށެއް ނުދެވޭނެ. ވާހަކައިގެ ބޮޑު ބައި އޮތީ. އަހަރެން މި ވާހަކަތައް ދައްކަން ފެށީ މިވަގުތު އެހީތެރިކަން ބޭނުންވާތީ ވަރަށް ބޮޑަށް،" އެމީހާ ކިޔައި ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރ

    ގަނާ ކުރުމާއި ޖިންސީ ފުރައްސާރަ މިހާރު އެއީ ކަމެއް ނޫން ޖެންޑަރ މިނިސްޓަރަށް ވެސް ކަމަކަށް ވާނީ މިސަރުކާރުގެ މީޙަކާ ދިމާ އަށް މީހަކަު ޗުއްޕު ވެސް ބުނެފިއްޔާ އިހަށް ދުވަހުަ ނޫންތޯ އަކުރަމް ކަމާލުއްދީންގެ ދިފާއުގައި ޖެންޑަރ މިނިސްޓަ ވާހަކަ ދެއްކީ ކިތައް ކަންތައް ހިނގައިފިތޯ އިމްރާން އަންހެނަކާއި ގަނާ ކޮށް ބެހުމުން މައްސަލަ ހިންދާލީ ޗުއްޕު ވެސް ނުބުނޭ މިފަހަރު ދައުލަތުގެ ރަސްމީ އިދާރާ އަކުން އެއޮތީ ބުނެފައި ގަނާ ކުރާ ވާހަކަ ނުބަލާ ކަން އެނގެނީ ދެ އަހަރު ފާއިތު ވީމާ ކޮބާ ޖެންޑަރ މިނިސްޓަރ ސިދާތާ ހުރިނަމަ އެމްޑީޕީ މީހުން ވަރެއް އަރުވާނެ

  2. އެއްނަމްބަރ ސައިންޓިސްޓް

    ރާއްޖޭގައި މިހާރު މިހިރަ މަތީ ތަޢުލީމުފޯރުކޮށްދޭނަމުގައިހުރި ތަންތަން ( އިސްލާމިކް ޔުނިވަރސިޓީ ، ވިލާ ކޮލެޖް ، ޤަވްމީ ޔުނިވަރސިޓީ ) ފަދަ ތަންތަނަކީ ބަރާބަރަށް ފީދައްކަންޏާ ދެބަހެއްނުވެ ބޭނުންސައިޒެއްގެ ސަޓިފިކޭޓްސް ލިބޭ ތަންތަނެވެ. އެސައިންމެންޓްތައް ނުނިންމާ ، ބަރާބަރަށް ކުލާސްތަކަށް ޙާޟިރުނުވެ ، އޮންލައިންކުލާސްތަކުގައިވެސް ބަރާބަރަށް ބައިވެރި ނުވިޔެއްކަމަކު ޑިގްރީ ، މާސްޓަޒް ސަޓިފިކެޓް ބަހަމުން ދާ ތަންތަނެވެ. މާސްޓަޒް ހިފައިގެން ނުކުންން މީހުންގެ %80 ތިބެނީ ވާނުވާގައެވެ. ތަނެއްދޮރެއް ނޭގެއެވެ. ޢަމަލީ މައިދާނުގައި އަމުދުން ކަމެއްކުރަން ނޭގެއެވެ. އެސައިންމަންޓްސްތައް ހުންނަނީ ކޮންމެވެސް އިރަކު މީހަކު ހަދާފައިވާ އެއްޗެއްގެ ކޮޕީއެކެވެ. ނުވަތަ އަގުދީގެން ހައްދާފައޮންނަ އެއްޗެކެވެ. މިކޮމެންޓް ޖަހާދީ

    6
    2
  3. ތިނަދޫ ކޮއްޔަ

    އެންމެން ދަންނަ ބޮޑު ސިއްރު.
    ތިޔަ ޔުނިވަރސިޓީގައި އޮންނަ ސުޓޫޑަންޓް ޔޫނިއަން އޭ ކިޔާ ޖަމިއްޔާ އަކީ، ސިޔާސީ މީހުންގެ ތުންފުއްސެއްގެ ގޮތުގައި އޮންނަ ފާޑެއްގެ ގޭންގެއް.
    ސީދާ ގޭންގެކޭ ނުބުންޏަސް މީހުންގެ ޅަދަރިން ހަލާކު ކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާ ކުރުވި އެއްބަޔަކީ އެ ބައިގަނޑު.

    އަދި ކުދިން ހަލާކު ކުރުމަށް އެމްޑީއެން އާއި އުތެމަ ބައިގަނޑު ބޭނުން ކުރަމުން ދިޔަ ޓޫލެއްގެ ގޮތުގައި ވެސް ބެލެވިފައި ވޭ.

    5
    1
    • އެކްސް ސްޓޫޑަންޓް

      ތިކަމެއް ނޭނގޭ. އެކަމަކު ކޮންމެ ސެމް އެއްގަ އެބަ ޖެހޭ ސްޓޫޑަންޓު ޔޫނިއަން އަށްށޭ ކިޔާފާ ވަކި ފީ އެއް ދައްކަން. ސްޓޫޑަންޓު ޔުނިއަން މީހުން އެލާރި ބޭނުން ކުރަނީ އެމީހުން ޕިކްނިކް ދާންށާ އެހެން ކަންކަމުގަ

  4. ޝާން

    ތީވެސް ކޮރަޕްޓް ހާއްޔެއް...
    ތިޔަ ހެލްތް ސައިންސްގައި ކުދިންނަށް ހުންނަ ކެންޓިންގެ ހާލަތު ހުންނަ ގޮތަކްތާ ތަންވެސް ހިނގާނީ..

  5. އަބުރުގެ ދަޢުވާ

    ގަނާ ކުރެޔޭ ކިޔައިގެން މައްސަލަ މީސްމީޑިޔާގައި ލިޔާއިރު އެނގޭތަ ކޮންމެކަމެއްގައިވެސް ދުފުއްވާކަން. ތިބާގެ ޓުވީޓް ކިޔައިފިން. އެޓުވީޓްތަށްލިޔުނީ ސްކޫލް އޮފް މެޑިސިންގެ ހެޑްގެ ނަންވެސް ބޭނުންކޮށް ފިޔަވަޅުނޭޅިއްޔޭ ކިޔާފަ. ބަލަ މައްސަލަ ބަލާފަދޯ ކަމެއްކުރެވޭނީ. އޭގެކުރިންމީހުންގެ އަބުރު ކަތިލުމަކީ ތިކިޔާ ގަނާކުރުމެއްނޫންތަ. ދާންވީއެއްނު ޑރ ކަށިގަނޑު ކަރުގައި އަޅައިގެން މާލޭ މަގުތަކުގައި ބުރުޖަހާ އިސްތިހާރުވާން.

    2
    1
  6. މާއިދާ

    ތި އަންހެން ކުއްޖާގެ އަގީގަތް އިނގޭ މީހަކަށް އިނގޭނެ ކާކު ކާކަށް ކަން އަސްލު ބުލީ ކުރަނީ.