މާލެ ފިޔަވައި އެހެން ރަށްރަށުގައި މަސައްކަތްތަކާއި ވިޔަފާރި ކުރަން ދޫކުރާ ބިންތަކުގެ އެންމެ ކުޑަ ކުލި ކަނޑައެޅުމުގެ ބާރު އެ ރަށެއްގެ ކައުންސިލަކަށް ދެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށް މިއަދު ނެރެފިއެވެ.

ދިރިއުޅުން ނޫން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު އިސްލާހުކޮށް، އެ ގަވާއިދުގައި ސަރުކާރުގެ ކަމާއި ބެހޭ މިނިސްޓްރީއަށް ދީފައިވާ ބާރުތަކާއި ޒިންމާތައް އުނިކޮށް ރަށު ކައުންސިލަށް ދީފައިވެއެވެ.

ގަވާއިދުގައި މިހާރު އޮތް ގޮތުން އެންމެ ކުޑަ ކުލީ އަގު ކަނޑައެޅުމުގައި ރަށް ނުވަތަ ސިޓީއެއްގެ ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ އަގުތަކަށް ރިއާޔަތް ކުރަން ޖެހެއެވެ.

އަގުތައް ކޮންމެ ދެ އަހަރަކުން އެއް ފަހަރު މުޖާރައާ ކުރަން ޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ. އަދި މި ކަމުގައި މީހުންގެ ތަނަވަސްކަމާއި ބިމުގެ ޑިމާންޑަށް ބަލަން ޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ.

މި ގަވާއިދަކީ ދިރިއުޅުން ނޫން ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރުމާއި ބެހޭ ގަވާއިދަކަށް ވާތީ، މީހުން ދިރިއުޅެން ދޫކުރާ ގެއާއި އެޕާޓްމަންޓްތަކުގެ އަގު ކޮންޓްރޯލް ކުރުމުގެ ބާރެއް ނޯންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަދުރޭ

    އެމްޑީޕީން ޑިމޮކްރެސީ މި ކިއަނީ ދުނިޔޭގެ އެހެން ޤައުމުތަކުން ކިއާ އެއްޗަކަށް ނޫން. އެމްޑީޕީ ޑިމޮކްރެސީ އެ ކިޔާ އެއްޗަކީ އެ މީހުން ބޭނުންވާ ގޮތަށް ވެރިކަން ކުރާ ނިޒާމް އަށް. ލާ މަރުކަޒީ ނިޒާމުގައި ރާއްޖޭގެ އެހެން ރަށްތަކަށް ވަކި ޤަވާޢިދެއް . މާލެއަށް ވަކި ޤަވާއިދެއް

    5
    1