ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ކުރިއަށް އޮތް ތަނުގައި ބޭރުގެ ގައުމުތަކަށް އިންޓަނެޓް އެކްސްޕޯޓްކުރާ ގައުމަކަށް ރާއްޖެވެގެން ދިޔުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

"ރާއްޖެއިން ބޭރަށް އިންޓަނެޓް އެކްސްޕޯޓް ކުރެވިދާނެ. މިއީ ވަރަށް ޝައުގުވެރިވާ ވާހަކައަކަށް ވެދާނެ" ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް "މޯލްޑިވްސް އައިއޭއެކްސް ސަބްސީ ކޭބަލް" އެޅުމުގެ މަޝްރޫއުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަން ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. ސަބަބަކީ ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން ކަމަށާއި، މި ސަރަހައްދުގެ ހަބަކަށްވެސް ރާއްޖެއަށް ވެވިދާނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓާ އިން މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ އިރު، އިންޓަނެޓް އަގުތައް އަދިވެސް އުޅެނީ ނިސްބަތުން ބޮޑުކޮށް ކަމަށެވެ. އަދި އިންޓަނޭޓްގެ ކަވަރޭޖްވެސް ރަނގަޅު ކަމަށް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އަގުހެޔޮ އިންޓަނެޓް ގެ ހިދުމަތް ދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށްޓަކައި، ވެވިގެން ދިޔަ އެއްބަސްވުމާއެކު އެންމެ ފަހުގެ ހައި ސްޕީޑް ކޭބަލް އަދި ޓެކްނޮލޮޖީ މެދުވެރިކޮށް މުމްބާއީ އާއި ސިންގަޕޫރުގެ ސަރަހައްދުގެ ރާއްޖެއާ ގުޅާލެވޭނެ ކަމަށެވެ. އަދި އެއާއެކު ހެޔޮ އަގެއްގައި އިންޓަނެޓް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މި މަސައްކަތް ނިމުމާއެކު އިންސާފުވެރި އަގެއްގައި އިންޓަނެޓް ލިބޭނެ. އަޅުގަނޑުމެންގެ އަމާޒަކީ އަގުހެޔޮ އަދި އެންމެ ހަލުވި އިންޓަނެޓް ގެ ހިދުމަތް ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ލިބޭނެ ގޮތް ހެދުން" ފައްޔާޒު ވިދާޅުވިއެވެ.

އަދި ހަމައެހެންމެ، ސަރުކާރުގެ ސިންދަފާތު ކުރުމުގެ ސިޔާސަތުގެ ދަށުން ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށާއި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ އޮތުން ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"އެއީ ސަރުކާރުގެ އެންމެ މުހިންމު އެއް ސްޓެޓިޖިކް ލަނޑުދަނޑި. މި މަޝްރޫއަކީ، އަޅުގަނޑުމެންގެ އިގްތިސާދު މިހާރަށްވުރެ ބޮޑަށް ސިންދަފާތުކުރަން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެއް" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރަކީ ޕްރައިވެޓް ސެކްޓާތަކާއި ވާދަކުރާ ބައެއް ނޫނެވެ. އޭގެ ބަދަލުގައި ސަރުކާރުން މަސައްކަތްކުރާނީ ޕްރައިވެޓް ސެކްޓާތަކާ އެކީގައި އިގްތިސާދު ކުރިއެރުވުމަށް މަގުފަހިކޮށްދޭ ބައެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ފަރީސް

    ސައުދިއަރަބިޔާ އަށް ކްރޫޑް އޮއިލް އެއް ނޫންތަ ވިއްކަނީ ؟؟

    28
  2. އާދަމް ނަވާޒު

    ކަލޭ ކޮން ވާހަކައެއްދަކާކައް . މޮޅުވާހަކަ ނުދައްކާ .
    ކަލޭތީކާކުތަ ؟ މިޕާޓީ ހަލާކުކުރަން
    ހޭބަލިނުވޭ .

    21
    1
  3. ހުސްކުރާސޭލް

    ހީ ހީ ހަލާކު ... އިންޓަނެޓް ތިވަރަށްތިޔާގިވެގެންއުޅޭއިރުވެސް އަހަރެމެންމިއުޅެނީ ބިލުންސަލާމަތްނުވެވިގެން !

    26
  4. ކިނބޫޫ

    ނޫނޭ! ހިނގާދާން ބަޞަރާ އަށް ކަދުރު ވިއްކަން!!

    31
  5. ގުނބޯ

    ތިޔައުޅެނީ މަކަރަކުން ބޭރަށް ޑުރަގުވިއްކަން އަހަރުމެންނަށް އޮޅުވާލިޔަސް ޕާޓޭމެންނަކަށް އޮޅުވައެއް ނުލެވޭނެ.

    15
  6. އެއްނަމްބަރ ސައިންޓިސްޓް

    ހާދަ އަމާޒުގިނަ ސަރުކާރެކޭމީ! އިބްރާހީމް ޞާލިޙް މިހާތަނަށް ފަސްދޮޅަހަކަށްފަހަރު "އަޅުގަނޑުމެންގެ އަމާޒަކީ" ބުނެފިއެވެ. އެއިން ކަމެއް ވާތަނެއް ނުފެނެއެވެ. ސަޢޫދީއަރަބިއްޔާއަށް ތެޔޮ ފޯރުކޮށްދިނުމާއި ، އިޓަލީއަށް ޑޮކްޓަރުން ފޯރުކޮށްދިނުމާއި ، ރަޝިޔާއަށް ކަރަންޓް ފޯރުކޮށްދިނުންވެސް އަމާޒަކަށް ހަދާބަލަ! ހެހެހެހެ

    21
  7. ސަލާމް

    ރާއްޖޭގައި ޑޭޓާ ސްޓޯރޭޖްތަކެއް ހެދިދާނެ. އެއިރުން ދުނިޔޭގެ އެއްމެ ކުޑައަގުގައި އިންވެސްޓަރުންނަށް "ސްޕޭސް ދެވިދާނެ. ނަމަވެސް އެހާ ބޮޑެތި ކުންފުނިތަކެއްގެ ޝައުގުވެރިކަމެއް ތިކަމަކަށް ނުލިބޭނެ.
    ސަބަބަކީ ރާއްޖޭގެ ނާޒުކު ކަމާއި ހެދިފައިވާ ގަވާއިދުތަކުން ލިބިދޭންޖެހޭ ރައްކާތެރިކަން ނުލިބުން.
    ވީމާ ތިވާހަކަ ޝައުގުވެރިވިޔަކަސް ތިކަން އެހާޝައުގުވެރިއެއްނުވާނެ.

    14
  8. ޖާނޭ

    ތިޔައީ އިންޑިއާއިން ދިރާގު ސާވަރ ބައްކލށްލަިގެން ޖާސޫސް ކުރުމަށް މަހުފަހި ކުރަން ޖަހާ ދަންތުރަ. ޚަބަރުދާރު. ޤަބޫލު ނުކުރާތި

    16
  9. ބޮޑުހިލަ

    މަސްވެރިންބާނާމަސް ބޭރުނުވާ ބަޔަކައް ދެންކުރެވެނީ ކޮންކަމެތް ކޮމަންޑޫ ދާއިރާގެ ރައްޔިތުންއޮޅުވާލިގޮތައް މިހާރުތިއުޅެނީ އަނެއްދިވެހިރާއްޖެ ކުދިންކޮޅުއޮޅުވާލާފަ ޕާޓީވޯޓްހޯދަން ޗެއާކަމުގެ ޖަޒީރާވަންތަބަޔަކު ނުކުމެ މިކިއަނީ ބޮޑެތިވިއަފާރިތަކުގެވާހަކަ ފުރަތަމަ އެތަނެއްގަ އޮންނައާބާދީއެއްގެ ނިސްބަތުން މިކުރެވެނީ ހުރިހާ ކަމެއްވެސް ދެކުނުގަ ހާޑްވެއާރް 4 ފިހާރަ އުތުރުގަ ތަރުކާރީމެވާ ވިއްކާ 3 ފިހާރަ މާލެއަތޮޅު 100މަތި މުޅިންވެސް ދިވެހިރައްޔިތުން އޮޅުވާލާން އޭރުން މިމީހުނައް ވައުދުވެވޭނެ 4 ފޫޓް ބަނދެރެއް 2 ކިލޯ ޖަނެރޭޓަރެއް 6 ހޮޅި ނަރުދަމާ ބައިޓަނުގެ ފެންފުލާންޓެއް ކޮއްމެރަޝެއްގަބަހައްޓަން ދެން އެއްމިލިއަން ހަރަދުކޮއްފަ ރިބަންކަނޑާ ވޯޓް ހޯދަންދުވަން ރާއްޖޭގެ އެއްމެބޮޑު އާބާދީ ދިރިއުޅޭ އަތޮޅައް މިވީތިންއަހަރު މިސަރުކާރައްކުރެވުނީ ކޮންކަމެއްތޯ މުޅިންވެސް ވެލިގަލައްދަނީ މިމީހުން ޖައްރާފު ބޭނުންކޮއްގެން ވެލިތަރައްގީ ބޮޑުހިލަ .

    12
  10. ޢަބުދުﷲ

    ކަނޑުކޮހާ ދުނިޔޭގެ ހުރިހާޤައުމެއްގަވެސް އިންޓަނެޓް މިޤައުމައްވުރެ އެތައްގުނައެއް އަގުހެޔޮ ދެން މިޤައުމުން އިންޓަނެޓް ގަނަނާނީ ކާކު؟

    20
  11. ރާއްޖެތެރެ

    އިންޑިޔާ އަޑީގަ އޮވެ ރައްޖެއަ ޖާސޫސުކުރަން ވެގެން މަގުފަހިކޮއްދެނީ. އެމްޑީޕީގެ ބޮޑުންގެ ޖީބު ޑޮލަރުން ފުރިދާނެ. ދިވެހިންނަ ލިބޭނީ ގެެއްލުން

  12. ޑޭޓާމޭން

    ދިވެހިރާއްޖޭގައި ކަނޑުއަޑީގެ ޑޭޓާ ސެންޓަރ ތަކެއް ޤާއިމުކިރެވިދާނެ، ނަމަވެސް ސުވާލަކީ ދިވެހި ރާއްޖެއަކީ އިންވެސްޓަރުންނަށް ރައްކާތެރި ތަނެއްތޯ؟ މާލީ ޚަރަދުތަކަށް ބަލާއިރު ރާއްޖޭގެ މާކެޓް އުޅެނީ ކޮން ހަރުފަތެއްގަތޯ؟ ސިޔާސީ މީހުންގެ ނުފޫޒު މިކަމަށް ފޯރުވާނީ ކިހާވަރަކަށްތޯ؟...

  13. ބަބޫ

    ފޫޅުދަނޑި ވިއްކަބަލަ. ކުޑަކުދިން ތަކެއްގެ ސިކުނޑިޔަށއވުރެ ކުޑަ މިމީހުންގެ ސިކުނޑި. ކުރިން ސޯލާޕރނަލް ޖަހައިގެން ސަޓެލްކޯއަށް ކަރަންޓުވެސް ވިއްކި ބޯހަމަނުޖެހޭ ސޮރެއް

  14. ސަފާ

    އެއްކަމެއްްވެސް ވާ މީހެއްނޫން

  15. ހުސޭނުބޭ

    ދުނިޔޭގައި އޮތް އެންމެ ކައްޕަޅި ތަނަކީ ކަލޭމެން އެމީހުންގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން ތިބޭ އިންޑިޔާ! އިންޑިޔާވެސް ތި އިންޓަނެޓަކާ ގާތްނުވާނެ! އެހައިވެސް އަވަސްވެފައި ޚިދުމަތް ރަގަޅުކަމުން. ލޮލް

  16. ސްޓާލިންކް

    ތިޔަ ފެންވަރެއް ނެތް މިގައުމަކު!
    އިހަކައް ދުވަހަކު އަދި 5އެމްބީ ޕީ އެސް އެއީ ކޯޗެއްކަން ދިވެހީންނައް ތި ދައްކާލެވުނީ. އެވެސް ވެރިކަމުން ބާލަފާނެތީ، ޗިޗަންޑާ 19 ނުވެސް ނެތް ކަމެއް ކޮއްލީ. އެހެން ގައުމެއްގެ އިންޓަނެޓް ސްޕީޑު ބަލާލީމުތަ؟
    ކަންޑުކޮސް ވާހަކަ ނުދައްކާ، ވާވަރު ކަންކަމައިގެން އުޅުނީޔާ މާ ތާހިރުވާނެ!!!!

  17. ކޮއްޔާ

    ހާސިލް ކުރެވުނީ މިހާތަނަށް ކޮންކަމެއްބާ ؟؟ އަސުރަށް އިރު ތިރިވެއްޖެ// ޕްލޭންތަށް އޮންނާނެ // ވާނީ ފެއިލް // ގައުމު ކައި ހުސްވެއްޖެ //

  18. ހަހަ

    އެކިޔާ އެއްޔެއް ނޭގުނު ދޯ ތިކިދިންނައް. ޓާޓާ ކުންފުނި އެކަމައް ގެންނަ ވާހަކަ އެކިޔަނީ. ޓާޓާ ޑޮކޮމޯ ދެން އަންނާނީ.

  19. Anonymous

    ކޯސްޓްކިރު ހުސްކުޅިބދަޅުގަތަ ވިއްކަނީ؟

  20. އިންޑިއާރަސިޔާ

    ބިސް ވިއްކަބަލަ ބިސް

  21. ސަޓޯ

    އަންނި ނެގިހާ ލަނޑާތައް ވިއްކަން ވީނު

  22. Anonymous

    ކަލޭ ޔޫއެސް އައް ހަތިޔާރާއި ރޮކެޓް ސައިންސާއި ވިއްކަންދޭބަލަ ކަލެއައްތިހިރީ ވަރއް ސައިޒު އޮޅިފަ

  23. އެލެކުސް

    އަތް އިސްކޮއްފަ ވާހަކަ ދައްކާމީހެއްދޯ؟؟ ރަގަޅުމީހެއް މިހެންނުވާނެ